Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

އެމް.ސީ.އެސް.ސީ އިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމާލައިފި

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ޤައިދީން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޯގަސްޓު 2022 | އަންގާރަ 12:53
އެމް.ސީ.އެސް.ސީ. އިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު

އެމް.ސީ.އެސް.ސީ. އިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ހިންގި ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިއްމާލައިފިއެވެ.

މާފުށީ ޖަލުގައި މި ޕްރޮގްރާމް ނިއްމުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ. ޝަރަފްވެރި މެހެމާންގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ޙެލްތް އަޙްމަދު ނަސީމް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން، ޑެޕިއުޓީ މިނިސްޓަރ ފޮރ ހެލްތް ޝަމާއު ޝަރީފް އާއި ދެ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

ނިމިގެންދިޔަ މި ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢު އަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. މަސްތުވާތަކެއްޗާއި ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއި އެކު މި ޕްރޮގްރާމް ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ޤައިދީންނެވެ.

މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ދެވަނަ މަރުހަލާގެ ތެރެއިން ކުރިއަށްގެންދިޔަ ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯހުގެ ސެޓްފިކެޓާއި ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ބައިވެރިންނަށް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ފައިސަލް ނަސީމް މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި 32 ޤައިދީންނަށް މަރުހަބާ ދަންނަވަމުން މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމަކީ ކުޑަކަމެއް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. އެއްވެސް މީހަކާމެދު ތަފާތުކުރުން މި މުޖްތަމަޢުގައި ގެންގުޅެގެން ނުވާނެކަމަށާއި އެންމެންގެ އަމާޒަކަށް ވާންޖެހޭނީ، ޖަލުގައި ތިބި ޤައިދީންނާއި ދޭތެރޭގައި އިޙްތިރާމާއި އިޙްސާންތެރިކަމާ އެކު ޢަމަލު ކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އާއިލާތަކާ އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުންކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޙެލްތް އަޙްމަދު ނަސީމް ބައިވެރިންނަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ މިއީ ނިމުމެއް ނޫންކަމަށާއި މިއީ އައު އުއްމީދީ ދިރިއުޅުމެއްގެ ފެށުންކަމަށެވެ. މަސްތުވާތަކެއްޗަކީ ދިވެހިރާއްޖެއަށް ޖެހިފައިއޮތް އެންމެ ބޮޑު އެއް ވަބާ ކަމަށެވެ. ޑްރަގްސް ރާއްޖެއަށް އެތެރެކުރާހާ ހިނދަކު މިކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން މިކަމުގެ ބޮޑުން އަތުލައިގަންނަން މަސައްކަތްކުރުމަށާއި އެންމެން ސަމާލުވެ ތިބެ ތެދުވެރިކަމާއެކު މިކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވާހަކަދައްކަވަމުން ވިދާޅުވީ ވަރަށް ދަތި އުނދަގޫތަކާއެކު ނަމަވެސް މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމަކީ ކުޑަކަމެއް ނޫންކަމަށެވެ. ރާއްޖޭގައި މަސްތުވާތެކެތީގެ ވަބާ މުޖްތަމަޢުގައި ފެތުރިފައި އޮތް މިންވަރަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޤާނޫނީ އިސްލާހު ގެނެސް އިންސާފްވެރިކަމާއި ހަމަހަމަކަމާއެކު ޤާނޫނު ތަންފީޛްކުރައްވާނެކަމަށާއި ފުރިހަމަ ރިހެބިލިޓޭޓިވް މެކޭނިޒަމްއެއް އެކުލަވާލައްވާނެކަމަށެވެ. ކަރެކްޝަންސްގެ މިސްރާބް ރިހެބިލިޓޭޝަނަށް ބަދަލުކޮށް ވަކިން ރިހެބިލިޓޭޝަން ކޮމާންޑެއް އޮނިގަނޑުގައި އެކުލަވާލެވިފައި ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައިވެރިންނަށް މުޙާތަބްކުރައްވާ ވިދާޅުވީ މިއަދު ލިބުނު ސެޓްފިކެޓް ހިތްވަރެއްގެ ގޮތުގައި ބޭނުންކޮށް ޖަލަށް އެނބުރި ނާންނާނެކަމަށް އަޒުމް ކަނޑައެޅުމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އެމްސީއެސްއިން ފުރަތަމަ ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާކޮށް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކީގައިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާ ނާއިބު އަދި މިނިސްޓްރީ އޮފް ހެލްތާއި އެންޑީއޭއިން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އެންޖީއޯ ޖަރނީއިންނާއި އިންޑިއަން ކަލްޗަރަލް ސެންޓަރ އިން ދެއްވި އެހީތެރިކަމާއި މިކަމުގައި ބައިވެރިވި އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. މި ޕްރޮގްރާމް ހިންގުމަށް ވަރކިންގ ގްރޫޕެއް އެކުލަވާލެވުނު ކަމަށާއި އެ ގްރޫޕްގެ މަސައްކަތުން އެސްއޯޕީ އެކުލަވާލައި، މި ޕްރޮގްރާމް ހިންގުމުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް އެކި ޓްރޭނިންތަކާއި ފަންނުވެރިން ހޯދުމަށް އެންޖީއޯތަކާ ގުޅިގެން ޓްރޭނިންގ ކްލާސްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް މިހާރަށްވުރެ ފުޅާކޮށް، ބައިވެރިންގެ އަދަދު ގިނަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި އަދި އައްސޭރި ޖަލުގައި ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންދާޒާއަކީ މިއަހަރު ނިމުމުގެ ކުރިން އިމާރާތްތައް ނިމި، އެތަން ބޭނުންކުރަން ފެށޭނެކަމަށް ސީޕީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު