Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޮރީޝަސް ބެޑްމިންޓަން ސީރީޒް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތަކުން ރާއްޖެ ފުރަތަމަ ފަހަރަށް ސެމީއިން ޖާގަހޯދައިފި

ރާއްޖެއިން ސެމީިއިން ޖާގަހޯދީ، މިކްސް ޑަބަލްސް އަދި އަންހެން ޑަބަލްސް އިންވެންޓުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 12:48
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިން

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިން

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިން ޖާގަ ހޯދައިފިއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ޕެއާއެއް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަންހެން ޑަބަލްސް އިން ރާއްޖެގެ ދެ ޕެއާ ކަމަށްވާ ނަފްހާ ނަސްރުﷲ އާއި މައިސާ ފަތުހުﷲ ގެ ޕެއާ އާއި ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާގެ ޕެއާ ވަނީ ސެމީ އިން ޖާގަ ހޯދާފައެވެ. މީގެ އިތުރުން މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ ވަނީ ސެމީ އިން ޖާގަ ހޯދާފައެވެ.

ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ ސެމީއިން ޖާގަ ހޯދީ މޮރީޝަސްގެ ސެންޑިލާ މޫރަތް އާއި ތެޖުރާޖު ޕުލްތޫ ބަލިކުރުމަށްފަހުގައެވެ. މި މެޗް ރާއްޖޭގެ ކުޅުންތެރިން ގެންދިޔައީ 21-17 ، އަދި 23-21 އިންނެވެ.

އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާގެ ޕެއާ ސެމީއަސް ދަތުރުކުރީ ރީޔޫނިއަންގެ މާތޭ ގުޗާޑާ އާއި ލޮއިސް ލޯކުވައި ގެ ޕެއާ ބަލުކުރުމަށްފަހުގައެވެ. މި މެޗް ދެބެން ކާމިޔާބުކޮށްފައިވަނީ 21-17 އަދި 21-18 އިންނެވެ. ހަމަ މިބައިން ރާއްޖޭގެ މައިސާ އާއި ނަފްހާގެ ޕެއާ ޖާގަ ހޯދީ ރީޔޫނިއަންގެ ސްޓެފާނީ ބިލަން އާއި އިސަބެއްލާ ލަޗެންގް ގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗް ރާއްޖޭގެ ކުޅުންތެރިން ކާމިޔާބުކުރީ 21-12 ، 21-16 އިންނެވެ.

ސެމީގެ އިތުރުން ރާއްޖޭގެ ކުޅުންތެރިން ވަނީ ކުއާޓާގައިވެސް ވާދަކޮށްފައެވެ. އެގޮތުން އަޖްފާން އާއި ނީލާގެ ޕެއާ އާއި ނިބާލް އާއި މައިސާގެ ޕެއާ ވަނީ މިކްސް ޑަބަލްސްގެ ކުއާޓާގައި ވާދަކޮށްފައެވެ. ނިބާލް އާއި މައިސާގެ ޕެއާ ބަލިވީ މޮރީޝަސްގެ މޭރީ އެލީސާ އާއި ސާހިރު އަބްދުލް އާއި ވާދަކޮށްގެންނެވެ. އަޖްފާން އާއި ނީލާ ބަލިވީ ޔޮގެންދްރަން އާއި ޕުރަޖަކްޓާ އާއި ވާދަކޮށްގެންނެވެ.

މި މުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިއަކު ވާދަކުރާއިރު، ރާއްޖެއިން މުބާރާތުގައި ބައިވެރި ވެފައިވަނީ މެޑަލް އަކަށް އަމާޒު ހިފައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު