Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން

އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ބުޓިއާ ވާދަކުރަނީ

ބުޓިއާއަކީ 1995 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަަމައަށް އިންޑިއާގެ ގައުމީ ޓީމަށް ކުޅެފައިވާ، އެ ގައުމުގެ ލެޖެންޑެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2022 | ހޮނިހިރު 04:05
ބައިޗުން ބުޓިއާ

ބައިޗުން ބުޓިއާ

ސަސްޕެންޑުކޮށްފައިވާ އޯލް އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސްކަމަށް އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިއާ ވާދަކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ނޫސްތަކުގައެވެ. ބުޓިއާއާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފައިވަނީ، އެ މަގާމަށް ވާދަކުރަން އޭނާ ނިންމީ އިހްތިރާމް ލިބިފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ ބުނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުން އަރައިގަނެ، ހައްލެއް ހޯދައި އިންޑިއާގެ ކުޅުންތެރިންނަށް އެ ގައުމުގެ ފުޓުބޯޅައަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އިންޑިއާ ރަނގަޅީ ކުޅުންތެރިންގެ ގޮތުން އެކަނި ނޫންކަން ސާބިތުކޮށްދޭން ބޭނުންވާކަމަށެވެ. އޭގެ އިތުރުން އިދާރީ ހިންގުމުގެގޮތުން ވެސް އިންޑިއާއަކީ ރަނގަޅު ގައުމެއްކަން ދައްކައިދޭން ބޭނުންވާކަމަށެވެ.

ބުޓިއާއަކީ 1995 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަަމައަށް އިންޑިއާގެ ގައުމީ ޓީމަށް ކުޅެފައިވާ، އެ ގައުމުގެ ލެޖެންޑެކެވެ. އިންޑިއާއާއެކު އޭނާ ވަނީ އޭއެފްސީ ޗެލެންޖް ކަޕް އެއްފަހަރު، ސާފް ޗެމްޕިއަންޝިޕް ތިންފަހަރު، ނެހްރޫ ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑަލްވެސް ހޯދާފައިވެއެވެ.

އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރުމުގެ މުއްދަތު ވަނީ ހުކުރު ދުވަހު ހަމަވެއެވެ. މި މުއްދަތުގެ ތެރޭގައި އެކި ފަރާތްތަކުން އެ މަގާމަށް ކުރިމަތިލާފައިވާކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ގޯލް ކީޕަރު ކަލްޔަން ޗައުބޭވެސް ހިމެނެއެވެ.

ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާކަމަށް ބުނެ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ވަނީ އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފައެވެ. އެއީ އެ ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުރި ޕްރަފުލް ޕަޓޭލް މަގާމު ދުރުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ. އެއަށްފަހު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެ އިދާރާގެ ހިންގުން އެޑްމިނިސްޓްރޭޓިވް ކޮމެޓީއަކާ ހަވާލުކޮށްފައެވެ. އެ ކޮމެޓީވެސް އެކުލަވާލީ ސުޕްރީމް ކޯޓުންނެވެ. ފީފާގެ އުސޫލު ބުނާގޮތުން، ފީފާގެ މެމްބަރު ފެޑެރޭޝަންތައް ވާންޖެހޭނީ ސިޔާސީ އަދި ގާނޫނީ ނުފޫޒުން އެއްކިބާވެފައިވާ ތަންތަނަށެވެ.

އޭއިއެފްއެފްގެ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 15ގެ ކުރިން ބާއްވަން ޖެހެއެވެ. ފީފާއިންއިން ވަނީ އޭއައިއެފްއެފްއިން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލައަށް ހިންގަން ފެށުމާއެކު ސަސްޕެންޝަން އުވާލާނެކަމަށް ބުނެފައެވެ.

ފީފާގެ މި ސަސްޕެންޝަނުގެ ސަބަބުން، އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕެއް ނުބޭއްވޭނެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތެއްގައި އިންޑިއާއަށް އަދި އެ ގައުމުގެ ކުލަބަކަށް ވެސް ބައިވެރިނުވެވޭނެއެވެ.

އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން ބައިޗުން ބުޓިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ގައުމީ ކޯޗު ނެގި ގޮތާމެދު ހިތްހަމަނުޖެހި ބުޓިޔާ އިސްތިއުފާދީފި

އިންޑިއާގެ ގައުމީ ކޯޗު ނެގި ގޮތާމެދު ހިތްހަމަނުޖެހި ބުޓިޔާ އިސްތިއުފާދީފި

22 ޖުލައި 2024
އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ

އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ

03 އެޕްރީލު 2024
އިންޑިޔާގެ ފުޓްބޯޅަ ރައީސަށް ކުރި ކޮރަޕްޝަންގެ ތުހުމަތު އޭއެފްސީން ބަލަނީ

އިންޑިޔާގެ ފުޓްބޯޅަ ރައީސަށް ކުރި ކޮރަޕްޝަންގެ ތުހުމަތު އޭއެފްސީން ބަލަނީ

13 މާރިޗު 2024
އިންޑިޔާގެ ސްޕައިޑަރމޭން، ކުޅުން ހުއްޓާލައިފި

އިންޑިޔާގެ ސްޕައިޑަރމޭން، ކުޅުން ހުއްޓާލައިފި

09 ޑިސެމްބަރު 2023
އެކެޑަމީއެއް ހަދަން ފީފާގެ ފަރާތުން އާސެން ވެންގާ އިންޑިޔާ އަށް

އެކެޑަމީއެއް ހަދަން ފީފާގެ ފަރާތުން އާސެން ވެންގާ އިންޑިޔާ އަށް

02 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު