Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަން

އިންޑިޔާގެ ފުޓްބޯޅަ ރައީސަށް ކުރި ކޮރަޕްޝަންގެ ތުހުމަތު އޭއެފްސީން ބަލަނީ

ޗައުބޭ އަށް ތުހުމަތުކޮށް އިންޑިޔާގެ ބޮޑުވަޒީރަށް ސިޓީ ވަނީ ފޮނުވާފައި

ރާއްޖެ އެމްވީ | 13 މާރިޗު 2024 | ބުދަ 09:46
އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަލްޔާން ޗައުބޭ (ވ) އާއި ފީފާގެ ރައީސް އިންފަންޓީނޯ

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަލްޔާން ޗައުބޭ (ވ) އާއި ފީފާގެ ރައީސް އިންފަންޓީނޯ

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަލިއާން ޗައުބޭ އަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (އޭއެފްސީ)އިން ބަލަން ފަށައިފި އެވެ.

ޗައުބޭ އަށް މި ތުހުމަތުކޮށްފައިވަނީ އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ލީގަލް ހެޑް ނިރަންޖަން ބައްޓަޗަރްޖީ އެވެ. އޭނާ ވަނީ ރައީސް ޗައުބޭ ގަވާއިދުތަކާ ހިލާފަށް ޕްރޮޖެކްޓްތައް ޓެންޑާކޮށް ފެޑަރޭޝަނުގެ ފައިސާއަށް ހިޔާނާތްވަމުންދާ ކަމަށް ބުނެ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ސިޓީއެއް ފޮނުވާފަ އެވެ. މި ވާހަކަ ނޫސްތަކުގައި ޝާއިއު ކުރުމުން އޭއެފްސީން ބައްޓަޗަރްޖީގެ ކިބައިން އެދިފައިވަނީ އެކަމުގެ ތަފްސީލް ދިނުމަށެވެ. މި މައްސަލަ ބަލަނީ އޭއެފްސީގެ އެތިކްސް ކޮމިޓީއިންނެވެ.

މިކަމާ ގުޅިގެން ބައްޓަޗަރްޖީ ބުނީ އޭނާގެ ތުހުމަތުތައް އޮޅުން ފިލުވަން އޭއެފްސީން އުޅުމުން އެކަމާ އުފާކުރާ ކަމަށާއި އެދިފައިވާ ގޮތަކަށް ލިޔުމުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އޭއެފްސީ އަށް ތަފްސީލް ފޮނުވާނެ ކަމަށެވެ.

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިސްތިއުފާ ދިނުމަށް ކުރީގެ އެއްވަނަ ފޯވަޑް ބައިޗުން ބުޓިޔާ ވެސް ވަނީ މިދިޔަ ޖެނުއަރީ މަހު ގޮވާލައިފަ އެވެ. އޭނާ ވަނީ ވަނީ ފެޑަރޭޝަނުގައި ގޯސް އެތައްކަމެއް ހިނގައި އެކި ފަރާތްތައް ސަސްޕެންޑްކުރަމުންދާ ކަމަށާއި މިކަންކަން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ. ބުޓިޔާގެ ފާޑުކިއުން އެންމެ ބޮޑުވީ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރުމުންނެވެ.

އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ

އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ

03 އެޕްރީލު 2024
އިންޑިޔާގެ ސްޕައިޑަރމޭން، ކުޅުން ހުއްޓާލައިފި

އިންޑިޔާގެ ސްޕައިޑަރމޭން، ކުޅުން ހުއްޓާލައިފި

09 ޑިސެމްބަރު 2023
އެކެޑަމީއެއް ހަދަން ފީފާގެ ފަރާތުން އާސެން ވެންގާ އިންޑިޔާ އަށް

އެކެޑަމީއެއް ހަދަން ފީފާގެ ފަރާތުން އާސެން ވެންގާ އިންޑިޔާ އަށް

02 ނޮވެމްބަރު 2023
އިންޑިއާ ދުނިޔޭގެ ގަދަ 100 އަށް، އޭއެފްސީ ރޭންކިންގައިވެސް ކުރިއެރުމެއް

އިންޑިއާ ދުނިޔޭގެ ގަދަ 100 އަށް، އޭއެފްސީ ރޭންކިންގައިވެސް ކުރިއެރުމެއް

30 ޖޫން 2023
ސްޓިމަކްގެ އެއްބަސްވުން އިންޑިއާއިން އައުކޮށްފި

ސްޓިމަކްގެ އެއްބަސްވުން އިންޑިއާއިން އައުކޮށްފި

05 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު