Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިޔާ ފުޓްބޯޅަ

އިންޑިޔާގެ ސްޕައިޑަރމޭން، ކުޅުން ހުއްޓާލައިފި

އޭނާ ގިނަ ދިވެހިންނަށް އޭނާ އެނގޭނީ 2008ގެ ސާފް ޗެމްޕިއަންޝިޕުގައި ހުރި ކީޕަރުގެގޮތުގައި

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2023 | ހޮނިހިރު 07:05
އިންޑިޔާގެ ގޯލްކީޕަރު ޝުބްރަތާ ޕައުލް (ކ) ބޯޅަ ހިފަނީ

އިންޑިޔާގެ ގޯލްކީޕަރު ޝުބްރަތާ ޕައުލް (ކ) ބޯޅަ ހިފަނީ

އިންޑިޔާގެ ސްޕައިޑަރމޭންގެ ނަމުން މަޝްހޫރުވެފައިވާ ގޯލްކީޕަރު ޝުބްރަތާ ޕައުލް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 37 އަހަރުގައި އޭނާ ކުޅުން ހުއްޓާލިއިރު ވަނީ ގައުމީ ޓީމަށް 67 މެޗު ކުޅެދީ، 6 ތަށި ހޯދައިދީފައެވެ. އެއީ 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕާއި، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި، 2017 ވަނަ އަހަރުގެ ޓްރައި ނޭޝަންސް ކަޕުގެ އިތުރުން، 2007، 2009 އަދި 2012 ވަނަ އަހަރުގެ ނެހުރޫ ކަޕެވެ.

ގިނަ ދިވެހީންނަށް ޝުބްރަތާ ޕައުލް ގިނަ ބަޔަކު ދަންނަނީ، 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާގެ ގޯލް ބެލެހެއްޓި އިސްކޮޅުން ދިގު ކީޕަރުގެ ގޮތުގައެވެ. ރާއްޖޭގެ މުޚްތާރު ނަޞީރު (ޓޫކިލޯ) މެޗު ނިމިނިމި އޮއްވައި ގޯލު ޖަހައިގެން ރާއްޖެ ތަށި ހޯދީ ތަޖުރިބާކާރު އަދި އިސްކޮޅުން ދިގު މި ކީޕަރު ގޯލުގައި ހުއްޓައެވެ. އެ މެޗަށްފަހު އޭނާ ރާއްޖެ އައީ އިންޑިޔާގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗަކަށް އެކަންޏެވެ.

އޭނާއަށް ސްޕައިޑަރމޭންގެ ނަމުން މުޚާޠަބުކުރަނީ 2012 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ގްރޫޕް ސްޓޭޖުގައި އިންޑިޔާ ކުޅުނު ތިން މެޗު ކަމަށްވާ؛ އޮސްޓްރޭލިޔާއާއި ބަހުރޭން އަދި ސައުތު ކޮރެޔާއާ ކުޅެ ބަލިވިއިރު އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ކޮރެޔާ މެޗުގައި ކުރި 16 ސޭވް ހިމެނެއެވެ. އިންޑިޔާގެ މޯހަން ބަގާންއިން ކެރިއަރު ފެށި ޝުބްރަތާ ޕައުލްއަކީ ޔޫރަޕުގެ ކުލަބަކަށް ދިޔަ އިންޑިޔާގެ ފުރަތަމަ ކީޕަރެވެ. ނަމަވެސް ޑެންމާކް ލީގުގައި ކުޅެން ލިބޭ ފުރުސަތު މަދުވުމުން އެނބުރި އައީއެވެ.

އޭނާ ވަނީ، އިންޑިޔާގައި ދޭ ދެވަނައަށް އެންމެ މަތީ އެވޯޑް ކަމަށްވާ އަރްޖުނާ އެވޯޑް 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ. އޭނާއަކީ މިއެވޯޑް ލިބުނު 24 ވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ޝުބްރަތާ ޕައުލްއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ހުއްޓާނުލައި ކުޅެމުން އައި އެއް ކުޅުންތެރިޔާއެވެ. އަނެއް ކުޅުންތެރިއަކީ އިންޑިޔާގެ ކެޕްޓަން 38 އަހަރުގެ ސުނިލް ޗެތުރީއެވެ.

އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ

03 އެޕްރީލު 2024
އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ
13 މާރިޗު 2024

އިންޑިޔާގެ ފުޓްބޯޅަ ރައީސަށް ކުރި ކޮރަޕްޝަންގެ ތުހުމަތު އޭއެފްސީން ބަލަނީ

13 މާރިޗު 2024
އިންޑިޔާގެ ފުޓްބޯޅަ ރައީސަށް ކުރި ކޮރަޕްޝަންގެ ތުހުމަތު އޭއެފްސީން ބަލަނީ
02 ނޮވެމްބަރު 2023

އެކެޑަމީއެއް ހަދަން ފީފާގެ ފަރާތުން އާސެން ވެންގާ އިންޑިޔާ އަށް

02 ނޮވެމްބަރު 2023
އެކެޑަމީއެއް ހަދަން ފީފާގެ ފަރާތުން އާސެން ވެންގާ އިންޑިޔާ އަށް
30 ޖޫން 2023

އިންޑިއާ ދުނިޔޭގެ ގަދަ 100 އަށް، އޭއެފްސީ ރޭންކިންގައިވެސް ކުރިއެރުމެއް

30 ޖޫން 2023
އިންޑިއާ ދުނިޔޭގެ ގަދަ 100 އަށް، އޭއެފްސީ ރޭންކިންގައިވެސް ކުރިއެރުމެއް
05 އޮކްޓޯބަރު 2022

ސްޓިމަކްގެ އެއްބަސްވުން އިންޑިއާއިން އައުކޮށްފި

05 އޮކްޓޯބަރު 2022
ސްޓިމަކްގެ އެއްބަސްވުން އިންޑިއާއިން އައުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު