Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކޮންގްރެސް

އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރީ 1178 މީހުން

ކޮންގްރެސްގައި ބައިވެރިވުމުގެ ހައްޤު 1365 މީހުންނަށް ލިބިގެންވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޯގަސްޓު 2022 | ހުކުރު 11:49
ކޮންގްރެސްއާއި ގުޅޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮންގްރެސްއާއި ގުޅޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1178 މީހުން ކަމަށް ކޮންގްރެސްގެ ޗެއަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްޤު 1365 މީހުންނަށް ލިބިގެންވާ ކަމަށެވެ. ކޮންގްރެސްގައި ބައިވެރިވާ މީހުންނަށް ފާސްތައް ދޫކުރަމުން އަންނައިރު 1708 މީހުންގެ ތެރެއިން 900އަށް ވުރެ ގިނަ މީހުން ފާސް ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންގްރެސްބާއްވާ މައި ހޯލަށް ވަދެވޭނީ ވަކި ބަޔަކަށް ކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް ސޯޝަލް ސެންޓަރުގެ މަތީ ފަންގިފިލާއިން ހަމަޖެހޭނެ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޗެއާޕަސަންގެ ނައިބު މާލީ އަހުމަދު އަބްދުﷲ ވިދާޅުވީ ކޮންގްރެސްއަށް އަންނަ މީހުން ވަންނަންޖެހޭނީ މާފަންނު މަދަރުސާ ކުރިމަތީގައި ހުރި ގޭޓުން  ކަމަށެވެ. އަދި ސެކިއުރިޓީ ޗެކިންގ ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ފާސް އޮތްތޯ ވެސް ބަލާނެ ކަމަށް ވިދާޅުވިއެވެ.

ޖަލްސާ ފެށުމުގެ ކުރިން ވަގުތު އޮއްވާ މެމްބަރުން އައުމަށް އެމްޑީޕީން ވަނީ އެދިފައެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމަށް 200 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ރަށްތަކުން މާލެ އައިސްފައެވެ.

މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ ފަރާތްތައް ބައިވެރިވާނެ ކޮންގްރެސް ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން، ޤައުމީ މަޖިލީޙުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން މީގެ ތެރޭގައި ހިމެނެއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އެއީ އެ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހަޅައި މަޝްވަރާ ކުރުމެވެ. ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާ ގުޅޭ ބަހުސް އަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށް، ރަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކާއި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ފުރުސަތެއް ލިބޭ ފުރަތަމަ ކޮންގްރެސްއެވެ.

އެމް.ޑީ.ޕީ ކޮންގްރެސް

އިތުރަށް ކިޔާލަން

20 އޯގަސްޓު 2022

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

20 އޯގަސްޓު 2022
މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ
19 އޯގަސްޓު 2022

ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

19 އޯގަސްޓު 2022
ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު
19 އޯގަސްޓު 2022

އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް
19 އޯގަސްޓު 2022

އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

19 އޯގަސްޓު 2022
އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު
19 އޯގަސްޓު 2022

ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު