Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަފަރީގައި ޕޮލިސް ޕޯސްޓު ގާއިމުކުރުން

ކުޑަފަރީގައި ޕޮލިސް ޕޯސްޓު ގާއިމުކޮށް ޚިދުމަތްދޭން ފަށައިފި

ރަށެއްގައި އަމަންއަމާންކަން ގާއިމުކުރެވި ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނެކަމެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2022 | ހުކުރު 08:14
ނ. ކުޑަފަރި ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނ. ކުޑަފަރި ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ނ. ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވައިފިއެެވެ.

އެކަމަށްޓަކައި ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން ކުޑަފަރި ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ރަށެއްގައި ހިނގަމުންދާ ކަންކަމާއި ވަގުތުން ވަގުތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި، ތަރުތީބުކުރެވިފައިވާ ފުލުހުންގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ ހިދުމަތް ލިބިދިނުން އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރަށެއްގައި އަމަންއަމާންކަން ގާއިމުކުރެވި ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނެކަމެއް ނޫންކަމަށާ އަދި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތަކާ ހަމައަށް ދިއުމަށްޓަކައި މުހިންމު މަރުހަލާތަކެއް ކަޑައްތުކުރަންޖެހޭ ބައެއްކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކަށްވާއިރު ދިވެހިންގެ ތެރޭގައި ފާހަގަކުރެވޭވަރުގެ ބޮޑެތި ކުށްތައް ހުުރުމަކީ އެންމެ އެކަށީގެންނުވާ ކަންތައްކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ސުލްހަވެރިކަމަށް ލޯބިކުރާ އަދި އެކުވެރިކަމުގައި އެންމެ މަތިވެރި ނަމޫނާއެއް ދައްކަންޖެހޭ ބަޔަކީ ފުލުހުންކަމާއި، އެކަމުގެ އެންމެކުރީގައި ފުލުުހުން ތިބެގެން ނަމޫނާ ދައްކާނަމަ ކޮންމެ ރަށެއްވެސް ދުވަހެއް ދުވަހަކަށްދާނީ ހިތްހަމަޖެހުމާއި އުފާވެރިކަމާއި ފާގަތިކަން ލިބެމުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގައި ކަންބޮޑުވާންޖެހޭ ކުށްތައް ހިނގާކަމަށާއި، އެ ކުށްތަކަކީ މަސްތުވާތަކެއްޗާއި އެކަމާ ގުޅިފައިހުރި ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ހިނގާ މިފަދަ ކޮންމެ ކުށަކަށް ބަލާއިރު އެ ކުށުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ހުރިހާ މީހުންނަށްވެސް އިހުސާސްކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ކުށްތަކަކީ ރާއްޖޭގައި ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، ރާއްޖޭގެ ހުރިހާ މުއައްސަސާތަކާއި އަފުރާދުން ގުޅިގެން މިކަމުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި މިއަދަކީ، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ދުުވަހެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަފަރީގައި ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި އެކިގޮތްގޮތުން ދިވެހި މުޖުތަމައަށް އަންނަ ބަދަލާއެކު ކުޑަފަރި ފަދަ ކުށްތައް ފެތުރިފައިވާ މިންވަރު މަދު ރަށްތަކަށްވެސް ބޮޑެތި ކުށްތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި، އެ ކުށްތަކުން ރަށުގެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ގުޅިގެން ކުށުގެ މާހައުލަށް ކުރާ ނޭދެވޭ އަސަރު މުޅި ރާއްޖޭގައި ފެތުރެމުން އައިސް އޭގެ ސަބަބުން ތަފާތު ކުށްތައް އިތުރުވަމުންދާ ކަމަށާއި، ޒަމާންތަކެއްވެފައިވާ އެ މައްސަލަތަކަށް ފުލުހުންގެ މަގުސަދުތަކާއި، މުޖުތަމައުގައި ފުލުހުން އަދާކުރާ ދައުރުގެ ތެރެއިން ހައްލު ހޯދުމަށް އިސްކަމެއް ދެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުމަކީ މުޖުތަމައުގެ ރައްކާތެރިކަން ދަމަހައްޓައި، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށާއި ދާހިލީ ސަލާމަތް ވަރުގަދަކުރުމަށް ރާވައި ކުރަންޖެހިފައި އޮތް ކަމެއް ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، 2022 އަދި 2023 ވަނަ އަހަރުގެ ފުލުހުންގެ އޮޕަރޭޝަނަލް ޕްރައޯރިޓީސް އަދި ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނިފައިވާ ހަރަކާތްތަކުގެ އެހީގައި ރަށްރަށުގައި ފުލުހުން ގާއިމުވެ ތިބޭތިބުން ހަރުދަނާކުރެވި ރައްޔިތުން އެދޭގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުޑަފަރި ޕޮލިސް ޕޯސްޓު ބައްލަވައިލެއްވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދުނ. ކުޑަފަރި

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު