Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބިން ހިއްކުން

އައްޑޫގައި ބިން ހިއްކަން ބޭނުންވާ ވެލި ހޯދަން ކުރި ސަރވޭ ނިންމާލައިފި

19 އޯގަސްޓު 2022 | ހުކުރު 07:48

ތިމާވެއްޓަށް ގެއްލުންނުވާނެހެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތެއް ބަލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2022 | ހުކުރު 07:48
އައްޑޫ ސިޓީ - ބިން ހިއްކުމަށް ވެލި ހޯދުމަށް ކުރާ ސަރވޭ ވަނީ ނިމިފައި

އައްޑޫ ސިޓީ - ބިން ހިއްކުމަށް ވެލި ހޯދުމަށް ކުރާ ސަރވޭ ވަނީ ނިމިފައި

އައްޑޫ ސިޓީގެ 194 ހެކްޓަރ ބިން ހިއްކުމަށް ބޭނުންވާ ބެލި ހޯދަން ކުރި ސަރވޭ ނިންމާލައިފިއެވެ.

އެ ސަރވޭ ނިންމާލާފައިވާކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

Advertisement - newsAdvertisement

މަރަދޫ ދާއިރާގެ މެންބަރު ސުވާލުކުރެއްވީ އައްޑޫ ސިޓީގެ ބިން ހިއްކުމަށް ޔޫރަޕްގެ ކުންފުންޏަކާއި ހަވާލުކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އަމަލީ މަސައްކަތް ފެށޭތަން ނުފެންނާތީ އެކަން ފެށޭނީ ކިހާ ހިސާބެއްގައިތޯއެވެ.

ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ އައްޑޫ ބިން ހިއްކުމަށް ކޮންޓްރެކްޓްގައި ސޮއިކުރެވި ބިން ހިއްކަން ފެށުމުގެ ކުރިން ކުރަން ހުރި ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑުކަމަކަށް ހުރީ އައްޑޫގައި ވެލި ހޯދުމުގެ ސަރވޭއެއް ކުރުން ކަމަށާއި، އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއް ނުލިބޭ ކަމަށާއި، އެ ނަތީޖާއާއި އެކީގައި ވެލި ނެގެންހުރި ތަންތަން ފާހަގަކުރެވިގެން އެ މަސައްކަތް ކޮންޓްރެކްޓްގައި އޮތްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ 27 މާޗްގައި އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާއެވެ. މި މަޝްރޫޢޫގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

މި މަސައްކަތް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު މިއަދު މިސޮއިކުރާ އެއްބަސްވުމުގެ ދަށުން އައްޑޫސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ. އެގޮތުން ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރާމި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެކަމަށް ޑޮމެސްޓިކް ބަޖެޓުން 6.69 މިލިއަން ރުފިޔާ އަދި އިންޑިއާ އެޒްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދު ކުރުމަށް ވަނީ ހިމަނާފައެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުދެމުން ވެން އޫޑް ކުންފުނިން ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންކުރާނީ އެ ކުންފުނީގެ އަމިއްލަ ޑްރެޖަރެއް ކަމަށްވާ އެޗްއޭއެމް 318 ކަމަށެވެ. އަދި އެ ޑްރެޖަރު ވަރަށް އަވަހަށް މަސައްކަތްކުރާ ސަރަހައްދަށް ގެންދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ވެން އޫޑް ކުންފުނިން ބުނީ މި މަސައްކަތަށް ވެލި ނަގަން އައްޑޫގެ ފަޅު ތެރެއިން ދެ ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައި ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ބިން ހިއްކުމުގެ އިތުރުން ކޯސްޓަލް ޕްރޮޓެކްޝަންގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތުން ގަލާއި ޖިއޯޓެކްސްޓައިލް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެއެވެ.

މި މަސައްކަތުގެ ތެރެއިން އައްޑޫގެ ތިމާވެއްޓަށް ގެއްލުންވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިކަމާއި ގުޅިގެން ވެން އޫޑް ކުންފުނިން ބުނީ މި މަސައްކަތުގެ ތެރެއިން އައްޑޫގެ ނާޒުކު ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބަލަމުންގެންދާ ކަމަށެވެ. މީގެ ތެރެއިން މި މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ހުރި މުރަކަތައް އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ވެން އޫޑް ކުންފުނިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރާއްޖޭގެ ތަރައްގީއާއި އިގްތިސާދަށް ހެޔޮ އަސަރު ކުރާނެ އެތައް ޕްރޮޖެކްޓެއް އެކުންފުނިން ހިންގާފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ރިކްލެމޭޝަން ޕްރޮޖެކްޓްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް