Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމު

އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

30 އޮގަސްޓް ވާ އަންގާރަ ދުވަހުގެ މެންދުރު 2ށް ވަނީ މުއްދަތު އިތުރުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 އޯގަސްޓު 2022 | ހުކުރު 01:48
ނޫސްވެރިކަމުގެ އިނާމު 2020

ނޫސްވެރިކަމުގެ އިނާމު 2020

މޯލްޑިވްސް މީޑިއާ ކައުންސިލު(އެމްއެމްސީ)އިން ދޭ، ނޫސްވެރިކަމުގެ އިނާމު 2021 އަށް ނަން ހުށަހެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެމްއެމްސީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހަށް ހަމަވާގޮތަށް ކުރިން އޮތް މުއްދަތު، 30 އޮގަސްޓް ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2އަށް އިތުރުކޮށްފައިވާކަމަށެވެ. އިނާމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އޮތް ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ސަޤީފް ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. 18 ވަނަ ދުވަހާއި ހަމައަށް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ނޫސްވެރިންނާއި ނޫސްތަކުން އެގޮތަށް އެދުމުން ކަމަށާއި މިފަހަރު ދެ ކެޓަގަރީ ވަކިން އޮތުމުން ގިނަ ފަރާތްތަކުން އެވޯޑަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަޤީފް ވިދާޅުވެފައިވެއެވެ.

އެމްއެމްސީ އިން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންދާއިރު، މިއަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ވަނީ ނިންމާފައެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިންގ ކެޓަގަރީއެވެ.

އެމްއެމްސީ އިން ވަނީ މައިގަނޑު 12 ދާއިރާއަކުން މިއަހަރު އެވޯޑު ދިނުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ:

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވަނީ އާންމުކޮށްފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ އެސްޖީ ޑރ. އިބްރާހިމް ސަމީރު ވިދާޅުވީ މިފަހަރު ދެ ކެޓަގަރީ (އެއީ ބްރޯޑްކާސްޓިންގ އަދި އޮންލައިން ކެޓަގަރީ) އަށް ވަކިން އެވޯޑު ދިންނަމަވެސް އުންމީދީ ނޫސްވެރިޔާ އާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއަށް އިނާމް ދެވިގެންދާނީ ދެ ކެޓަގަރީ އެއްކޮށް ކަމަށެވެ.

ސަމީރު ވިދާޅުވީ ކުރިން އެވޯޑް ދެމުން އައި އުސޫލަށް ބަލާއިރު ޕަސަންޓޭޖް ވަކިވަރަކަށް ވުރެ މަތިވާނަމަ އެވޯޑް ދެވިގެންދާ ކަމަށާއި އެހެންނަމަވެސް މިފަހަރު ޕަސަންޓޭޖް ދަށްކޮށްފައިވާ ކަމަށެވެ. އެގޮތުން މިފަހަރު 65 ޕަސަންޓަށްވުރެ މަތިނަމަ ނޮމިނޭޝަން އަށް ދާނެ ކަމަށާއި އެންމެ ރަނގަޅު ތިން ހުށަހެޅުން ހޮވާނެ ކަމަށެވެ. ސަމީރު އިތުރަށް ވިދާޅުވީ އެތިން ހުށަހެޅުމުން އެންމެ މަތިން މާރކްސް ލިބޭ ހުށަހެޅުމަކަށް އެވޯޑް ދެވިގެންދާނެ ކަމަށެވެ.

އިނާމު ދިނުމުގެ އުސޫލު އެކުލަވާލުމުގައި އިނާމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކޮންމެ ދާއިރާއެއްގެ ޖަޖުކަން ކުރަން ޚާއްސަ ރުބްރިކް އެއް ތައްޔާރުކޮށްފައިވާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އިނާމު ދިނުމުގައި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މިކަން ކުރުމަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށާއި، އިނާމުގެ ކަންކަން ބެލުމަށް އޮޑިޓް ފަރމް އެއްވެސް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްސީނޫސްވެރިކަމުގެ އިނާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ

ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ

17 ޖުލައި 2023
ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު