Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލްގެ ފްލެޓްތައް

ފްލެޓްތަކަށް އަންނަ އަހަރުގެ ކުރީކޮޅު ވަދެވޭނެ: އެމްޕީއެލް

ފްލެޓްތައް ނިންމާލެވޭނެކަމަށް ލަފާކުރަނީ މި އަހަރުގެ ފަހުކޮޅު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 އޯގަސްޓު 2022 | ބުދަ 13:40
އެމްޕީއެލް ފްލެޓް

އެމްޕީއެލް ފްލެޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޕީއެލްއިން އަޅަމުން އަންނަ ފްލެޓްތަކަށް އަންނަ އަހަރުގެ ކުރީކޮޅު ވަދެވޭނެކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ފްލެޓްތައް ލިބުނު ފަރާތްތައް މިހާރު އިއުލާންކޮށްފައިވާއިރު އެ ކުންފުނިން މިހާރު މަސައްކަތްކުރަމުން އަންނަނީ ވީހާވެސް އަވަހަށް ފްލެޓްތައް ނިންމައި މުވައްޒަފުންނާ ހަވާލު ކުރުމަށެވެ. ފްލެޓް ލިބުނު މުވައްޒަފުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތާއި އެ މުވައްޒަފުންނަށް މޮކް އެޕާޓްމަންޓުތައް ދައްކާލުމުގެ ކަންކަންވެސް މިހާރު ދަނީ ކުރިއަށެވެ.

މި މަސައްކަތްތައް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ކުރިން ތާވަލުކޮށްފައި އޮތް ތާރީޚަށް ނުނިމުނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެންކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރާ ބައްދަލުކޮށް، މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، މިއަހަރު ނިމޭއިރު މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އޮތްގޮތުން އެ އެޕާޓްމަންޓުތައް ނިންމަންޖެހެނީ އަންނަ އޮކްޓޯބަރު މަހުގެ 31އަށެވެ. ނަމަވެސް މަސައްކަތް ލަސްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޝާހިދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން ޕޭމަންޓް ދެއްކުމަށް ދެ އޮޕްޝަނެއް ކުރިން އޮތް ނަމަވެސް މިހާރު ތިން އޮޕްޝަނެއް ދީފައިވާ ކަމަށެވެ. އެގޮތުން، އެއްފަހަރާ ފައިސާދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީފައިވާއިރު، ބޭންކް މެދުވެރިކޮށް ފައިސާ ދެއްކުމާއި އެމްޕީއެލްގެ ސްކީމްގެ ދަށުން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑައުންޕޭމަންޓް ދެއްކުމަށް މުވައްޒަފުންނަށް ލުއިގޮތެއް ހޯދައިދިނުމަށް، 9 މަހަށް ބަހާލައިގެން ޑައުންޕޭމަންޓް ދެެއްކޭނެ ގޮތް ހަދައިދީފައިވާ ކަމަށާއި، ބާކީ ޕޭމަންޓް ނަގަންފަށާނީ ޑައުންޕޭމަންޓް އެއްކޮށް ދައްކައި ނިމުމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށްފަހު އިންސްޓޯލްމަންޓް ދެއްކުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ 20 އަހަރުގެ މުއްދަތެއް ދީފައެވެ.

އެ ކުންފުނީގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް ވިދާޅުވީ، ފްލެޓްތައް ވީހާވެސް އަވަހަށް ނިންމުމަށް ބޯޑުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ބޭނުންވަނީ އެ ފްލެޓްތަކަކީ ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކަކީ ޖާގައިގެ ގޮތުން، އެ ސަރަހައްދުގައި ހަދަމުން އަންނަ އެހެން އެޕާޓްމަންޓުތަކާ އަޅައިބަލާއިރު ބޮޑެތި އެޕާޓްމަންޓުތަކެކެވެ. އެ އެޕާޓްމަންޓުތައް ޑިޒައިންކޮށްފައިވަނީ ވީހާވެސް ފަސޭހަކަމާއެކު ދިރިއުޅެވޭ ގޮތަކަށް ބަލައިގެންކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އެ ކުންފުނިން އަންނަނީ 15 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނޭއިރު އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލްއިން ވަނީ ޖާގައަށް ބަލައި، އެއްކޮޓަރިއާއި، 1+2 ކޮޓަރީގެ ފްލެޓްތައް ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. 1 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭ ފްލެޓުތަކުގައި 454 އަކަފޫޓު ހުންނައިރު، ޓައިޕް ބީގައި 471 އަކަފޫޓު ހުރެއެވެ. އަދި 1+2 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭގައި 670 އަކަފޫޓު ހުންނައިރު ޓައޕް ބީގައި 686 އަކަފޫޓު ހުރެއެވެ.

އެމްޕީއެލްފްލެޓްޝާހިދު އަލީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު