Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވުން

ރައްޔިތުންގެ އަތުގައި ވެރިކަމުގެ ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމު އޮވެގެން: ގާސިމް

16 އޯގަސްޓު 2022 | އަންގާރަ 23:57

ބަރުލަމާނީ ގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބުކުރާ ފަރާތްތަކެއް ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އޯގަސްޓު 2022 | އަންގާރަ 23:57
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމު އޮވެގެންކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިމޭރުމުން ޓްވީޓްކުރައްވާފައި މިވަނީ ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސްއަށް، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނާނެ އިސްލާހުތަކާއި ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވާފައިވަނިކޮށެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސާއި މަޖިލިސް މެމްބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެއްކަމަށެވެ. ބަރުލަމާނީ ގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބުކުރާ ފަރާތްތަކެއް ނޫންކަމަށެވެ.

ގާސިމް މިމޭރުމުން ޓްވީޓްކުރައްވާފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބަރުލަމާނީ ނިޒާމަކީ މިރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަމަށް ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވައި އިމްރާން ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވާނެކަމަށެވެ. އަދި ރައްޔިތުން ބައިބައިވެ ހާލުގައިޖެހުން ފިޔަވައި އިތުރު މޮޅުކަމެއް ނުވާނެކަމަށް އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ބަރުލަމާނީ ނިޒާމު ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވާއިރު ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސްގައި ނިޒާމީ މައްސަލަޔާ ގުޅޭގޮތުން ވަކިގޮތެއް ނިމިގެންދާނެއެވެ.

"ރާއްޖެ ޓީވީ" އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަރވިއުގައި، އެމްޑީޕީގެ އެންމެ އިސް ލިޑަރު، ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހެޅިފައިވާ ގަރާރާއި ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ ގަރާރުގައި އެންމެ ބޮޑުކަމަކަށް ފާހަގަކުރެވިފައި މިއޮތީ ސަރުކާރެއް އެކުލަވާލާ އިރުގައި ކޯލިޝަނެއް ހެދީމާ، ވައުދުތައް ފުއްދުމުގައި ދަތިތަތަކާއި އުނދަގޫތައް ކުރިމަތިވާ ވާހަކަ ކަމަށެވެ. އަދި ސަރުކާރު ހަރާބުވެގެންދާ ވާހަކަ ކަމަށެވެ. އެހެންކަމުގައިވާނަމަ މި ގަރާރުގައި ގެންނަ ބަދަލުގައި ރަނގަޅު ގޮތެއް އަދި ހައްލެއް ހޯދައިދެވެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު މި އޮތް ނިޒާމްގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ، ކޮންކަމެއްތޯ ނުކުރެވިގެން މިއުޅެނީ ކިޔައިދެއްވަންޖެހޭ ކަމަށެވެ. ހަމައެއާއެކު މިހާރު މި ގެންނަން އުޅޭ ބަދަލުގެ ތެރޭގައި ފައިދާއެއް އޮތިއްޔާ، ފައިދާ ކިޔައިދެއްވަން ޖެހޭ ކަމަށެވެ. އެއަށްފަހު ނޫނިއްޔާ މިފަދަ ގަރާރެއް ފާސްކޮށްގެން ރައްޔިތުންނާ ހަމައަށް ދާކަށެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން މި ފާސްވެގެންދާތަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޕާޓީގެ ތެރެއިން ފާސްކުރިޔަސް އަދި މަޖިލީހަށް ދާންޖެހޭ ކަމަށާއި، މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންޔާ އެ ފާސްކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު ރިފަރަންޑަމްއަކަށް ދާންޖެހޭނެ ކަމަށާއި، ގާނޫނުގެ ތެރެއިން ކުރަންޖެހޭ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މިއީ މިވަގުތު ކުރިއަށްގެންދަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނަށް ގަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ބަރުލަމާނީރިޔާސީ ނިޒާމުގާސިމް އިބްރާހީމް

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!
22 އޯގަސްޓު 2025

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
18 ފެބުރުއަރީ 2025

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް
04 އޮކްޓޯބަރު 2023

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

04 އޮކްޓޯބަރު 2023
އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް
03 އޮކްޓޯބަރު 2023

ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

03 އޮކްޓޯބަރު 2023
ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު
03 އޮކްޓޯބަރު 2023

ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި
03 އޮކްޓޯބަރު 2023

ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ
21 ސެޕްޓެމްބަރު 2023

ނިޒާމީ ވޯޓާގުޅޭ ޤަރާރާމެދު އީސީން ޤާނޫނީ ލަފާ ހޯދަނީ

21 ސެޕްޓެމްބަރު 2023
ނިޒާމީ ވޯޓާގުޅޭ ޤަރާރާމެދު އީސީން ޤާނޫނީ ލަފާ ހޯދަނީ
20 ސެޕްޓެމްބަރު 2023

ޤާނޫނީ ހަމަތަކުން، މިހާރު އޮތް ޤަރާރު ޤަރާރެއްގެ ސިފައިގައި ފާސްކުރެވޭނެކަމަށް ނަޝީދުވެސް ދެކިވަޑައިނުގަންނަވާ

20 ސެޕްޓެމްބަރު 2023
ޤާނޫނީ ހަމަތަކުން، މިހާރު އޮތް ޤަރާރު ޤަރާރެއްގެ ސިފައިގައި ފާސްކުރެވޭނެކަމަށް ނަޝީދުވެސް ދެކިވަޑައިނުގަންނަވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް