Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޓަރނީ ޖެނެރަލް އޮފީހުގެ މަސައްކަތްތައް

އަދުލު އިންސާފު ދާއިރާއާއި ގާނޫނީ ދާއިރާގެ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަން ފަށައިފި

މަސައްކަތް ކުރިއަށްގެންދާނީ 3 މަރުހަލާއަކަށް ބަހަލާއިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 13:55
އޭޖީ ރިފްއަތު

އޭޖީ ރިފްއަތު

ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، މި ދެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، މިއީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، އެ ދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅު ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމާއެކު، އެކަންކަން ތަންފީޒުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަމުގައި ހައްލު ހޯދުމަށްޓަކައި ބޭނުންވާ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ދެނެގަނެ، ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާގޮތުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި، އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ދިރާސާކޮށް، އެ ހުރިހާ ފިޔަވަޅުތަކެއް އެނގޭނެ ކަރުދާހެއް ތައްޔާރުކުރުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މަރުހަލާގައި، އެ ކަރުދާހުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ވަކިވަކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި ފިޔަވަޅުތައް ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމާއެކު، މި ތަންފީޒުކުރުމުގެ މަސައްކަތުގައި ހުރި ދަތިތައް ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ދެނެގަންނާނެއެވެ. މީގެ އިތުރުން ތިންވަނަ މަރުހަލާގައި، ތަންފީޒުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްލޭނަށް ބިނާކޮށް، ބައިނަލްއަގުވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެކިއެކި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަންވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ލަފާކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކެޑެމީއާއި، ހުރިހާ ކޯޓުތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ޖަމްއިއްޔާތައް ޝާމިލުވާގޮތަށެވެ.

ބަންޑާރަނައިބުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

12 އޮކްޓޯބަރު 2025
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

09 އޮކްޓޯބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

08 އޮކްޓޯބަރު 2025
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު