Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ނޫސްވެރިކަން

ނޫސްވެރިންގެ ރައްކާތެރިކަމާއި، ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި: އައިއެފްޖޭ

ޖޭން އާއި އެކު ބޭއްވި ބައްދަލުވުމުގައި އަންހެން ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 އޯގަސްޓު 2022 | އަންގާރަ 13:57
އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އޭޝިއާ -ޕެސިފިކް)ގެ ޑިރެކްޓަރ ޖޭން ވޯތިންޓޮން

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އޭޝިއާ -ޕެސިފިކް)ގެ ޑިރެކްޓަރ ޖޭން ވޯތިންޓޮން

ރާއްޖޭގެ ނޫސްވެރިންގެ ރައްކާތެރިކަމާއި، ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ޖަރނަލިސްޓްސް (އޭޝިއާ-ޕެސިފިކް)ގެ ޑިރެކްޓަރ ޖޭން ވޯރތިންގޓޮން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަންހެން ނޫސްވެރިންނާއި ބައްދަލުކުރުމަށް އަންގާރަ ދުވަހު ސޮލައިޓްގައި ބޭއްވި ބައްދަލުވެއްގައި "ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ ފުލުހުންނާއި ނޫސްވެރިންނާއި ދެމެދު ރަނގަޅު ގުޅުމެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. އަދި ނޫސްވެރިންނަކީ ދައުލަތާއި، އިދާރާތަކުގެ އިތުރުން އާއްމުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ވާން ޖެހޭ ކަަމަށެވެ.

Advertisement - newsAdvertisement

އަދި ކުރިއަށް އޮތް 2023ގެ އިންތިޚާބު ކަވަރު ކުރާ އިރު ނޫސްވެރިންނަށް މައުލޫމާތު ހޯދުމަށް ހުރަސްތައް ކުރިމަތިނުވާނެކަން ޔަގީންކޮށް، ނޫސްވެރިން ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރާކަން ޔަގީން ކުރަން އިންތިޚާބުގެ ކަވަރޭޖްގެ މަސައްކަތްތައް ވަރަށް ކައިރިން ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައްދަލުވެފައިވާ ކަމަށާއި ރާއްޖޭގައި ނޫސްވެރިން އެކަކު އަނެކަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށާއި ރާއްޖޭގެ ނޫސްވެރިކަން ކުރިއަރުވަން ކުރަން ޖެހޭ ގިނަ މަަސައްކަތްތަކެއް އަދި ވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެެރިން ވަނީ ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ޖޭން އާއި ހިއްސާކޮށްފައެވެ. ޚާއްސަކޮށް އަންހެން ނޫސްވެރިންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު އޭނާ އާއި ނޫސްވެރިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ އަންހެން ނޫސްވެރިން ރާއްޖޭގައި މަސައްކަތް ކުރަމުންދާއިރު އަދި ވެސް ޖިންސީ ތަފާތުކުރުންތަކާއި ދިމާވާކަން ބައެއް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ކުރިއާއި އަޅާ ބަލާ އިރު މިހާރު އަންހެން ނޫސްވެރިންނަށް މި ދާއިރާގައި ފުރުސަތު ބޮޑުކަން ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހަނގާ ކުރުމާއި ޖިންސީ ފުރައްސާރައިގެ އަމަލުތައް މަދުން ނަމަވެސް ދިމާވުމަކީ މި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުމެއް ކަމަށް ނޫސްވެރިން ފާހަގަކުރިއެވެ.

އެމްޖޭއޭނޫސްވެރިން

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
19 ސެޕްޓެމްބަރު 2025

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
18 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު

18 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު