Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލު ގާނޫނު

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

އެއް ގާނޫނެއް އެކި ގޮތްގޮތައް އެކި ފަރާތްތަކުގެ މައްޗަށް އެޕްލައި އެއް ނުކުރެވޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 14:13
ހޯރަފުށީދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އެމްޖޭއޭ ގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއްކަމަށް

މީޑިއާ ކޮންޓްރޯލް ގާނޫނުގައި ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް އެ ގާނޫން އެޕްލައި ނުވާނޭ ކަމަށް ސަރުކާރުން ބުނުމަކީ ބޮޑު ޖޯކެއް ކަމަށާއި އެއީ ޒުވާނުން ރުއްސަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ އެއް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިފަދައިން ވިދާޅުވީ މީޑިއާ ކޮންޓްރޯލް ގާނޫނާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރުންގެ ތެރެއިން ރާއްޖެޓީވީ އަކީ އެންމެ ދުވަސްވީ އަދި އެންމެ މުވައްޒަފުން ގިނަ އެއް މުއައްސަސާ ކަމަށާއި އެގޮތުން ކަލެކްޓިވް ކޮށް ހުރި ހައްގުތަކަކާއި އަދި އޮގަނައިޒޭޝަންގެ ފެންވަރުގައި ހުރި ވަކިވަކި ހައްގުތަކެއްގެ މައްސަލަތަކެއް ވެސް މި ގާނޫނާ ގުޅޭގޮތުން ރާއްޖެޓީވީ އަށް ފާހަގަ ކުރެވޭ ކަމުގައެވެ.

ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެއް ފައުންޑަރު، ސަލީމް ވިދާޅުވީ މީޑިއާ ބިލް ތަސްދީގުކުރުމާ ހަމައަށް ވެސް އެ ގާނޫނު އެކުގައި ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން ވާނުވާއެއް ނޭނގޭ، އަދި ލޮލަށް ވެސް ނުފެނަނަ ގާނޫނަކަށް އަމަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ބިލު ޑްރާފްޓް ކުރި އިރު ވެސް އެއްވެސް މަޝްވަރާ އެއް ޚިޔާލެއް ދިނުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެ ގޮތުން މިއީ ގާނޫނެއް ފަރުމާ ކޮށް ވުޖޫދު ކުރުމުގެ އެންމެ އަސާސީ ސިފަތައްވެސް ފުރިހަމަ ނުވާ ގާނޫނެއް ކަމުގައި ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން އެ ބުނާ ގާނޫގައި އޮތް އެއްޗެއް ސާފު ނުވެ މުވައްޒަފުންނާއި އޯގަނައިޒޭޝަނުން އެ ގާނޫނަށް ޖާމިނު ކުރެވޭނޭ ގޮތެއް ހަމަބުއްދިން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ގާނޫނަށް އަމަލު ކުރަން އާނއެކޭ ބުންނަން ވެސް ނުވަތަ ނޫނެކޭ ބުނަން ވެސް އެނގޭނީ އެ ގާނޫނުގައި އޮތް އެއްޗެއް ވެސް އެނގި ސާފުވެގެން ކަމަށާއި އެ ނޫން ގޮތަކަށް އެ ގާނޫނަށް އަމަލު ކުރާނީ ކިހިނެއް ކަމެއް ބުނެދޭން ނޭގޭ ކަަމަށެވެ.

ކަން މިހެން ހުރިއިރު، މި ގާނޫނުގެ މައްސަލައިގައި ކޯޓަށް ނުގޮސް ވާން ނެތް ކަމަށާއި މި މައްސަލަ ރާއްޖެޓީވީގެ ގާނޫނީ ޓީމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ބޭއިންސާފުން މިކަން ނިންމި ނަމަވެސް މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަކަށް ނެތް މި މައްސަލައިގައި ކޯޓަށް ނުގޮސް ވާކަށް. ރާއްޖެ ޓީވީން މިކަން ދިރާސާ ކުރަމުން އެ ދަނީ ރާއްޖެ ޓީވީގެ ގާނޫނީ ވަކީލުން. އަޅުގަނޑުމެން ދާނަން ވަރިހަމަ ކިތަންމެ ބޭއިންސާފުން މިކަން ނިންމިޔަސް. ދެން އަޅުގަނޑު އުންމީދު ކުރަން މީގަ ވީހާވެސް ގިނަ މީޑިއާތަށް ބައިވެރިވުން. އަޅުގަނޑުމެންނަކަށް ނެތް ނުގޮސް ވާކަށް. މަޝްވަރާކުރާކަށް ވެސް ނުތިބެވޭނެ.
ހޯރަފުށަިދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ގާނޫނެއް ހަދާއިރު ވަށާޖެހޭ ގޮތަށް އެއް ގާނޫން އަނެއް ގާނޫނު ގުޅިފައި ހުންނަނީ ކިހިނެއްތޯ ބަލަން ޖެހޭނޭ ކަމަށާއި އެހެން ނަމަވެސް މިހާރު މި އޮތް މީޑިއާ ގާނޫނުގައި މިކަލަ އެއްވެސް ގުޅުމެއް ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން މިއީ ގާނޫނު އަސާސީއާ ފުށު ނާރާ ގޮތައް ހެދިފައި އޮތް ގާނޫނެއް ކަން އެނގޭނެ ކިތާބީ އެއްވެސް ހެއްކެއް ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިހާރު އެންމެ ގިނައިން ދައްކާ އެއްވާހަކަ އަކީ ރެޖިސްޓްރީ ނުކުރާ މީޑިއާ ތަކަށް މީޑިއާ ކޮންޓްރޯލް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނާ ވާހަކަ ކަމަށާއި މިއީ ބޮޑު ޖޯކެއް ކަމަށެވެ. އަދި މިއީ ޒުވާނުން ރުއްސަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ދައްކާ އެއް ވާހަކަ އަކީ، މީގަ ރެޖިސްޓްރީ ނުކުރާ މީޑިއާތަކަށް މި ގާނޫނު އެޕްލައިއެއް ނުވާނެޔޭ. މިއީ އަނެއް ޖޯކް. މިއީ ބަޔަކު ރުއްސަން، ޒުވާނުން ރުއްސަން ދައްކާ، ތާކުންތާކު ނުޖެހޭ ވާހަކައެއް. އޭގެ މާނައަކީ އެއް ގާނޫނެއް އެކި ގޮތްގޮތައް އެކި ފަރާތްތަކުގެ މައްޗަށް އެބަ އެޕްލައި ކުރެވެއޭ. އެހެނެއްވެސް ނުހެދޭނެ. ގާނޫނީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިކަން މިގޮތަކަށް ނުކުރެވޭނެ. ފޭސްބުކް ޖެހޭނީ ރެޖިސްޓްރީ ކުރަން. މިތާގަ. އަދަދު ނޫސް ރެޖިސްޓްރީ ކޮށްފަ، ޒުކަބާކް އަށް އެހެން ގޮތެއް. މިއީ ކޮން ހަމައެއްތޯ. މިއީ ބަޔަކު ރުއްސަންވެސް ދައްކަން ޖެހޭނީ ހަމަޖެހޭ ވާހަކައެއް.
ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ މީޑިއާ ކޮންޓްރޯލު ގާނޫނުގައި އެތައް ބައެއްގެ ހައްގުތައް ގެއްލޭ ގޮތަށް އެތަކެއް މައްސަލަތަކެއް ހިމެނޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ މަރުހަލާ ގައިވެސް އޭރު އޮތް ޑްރާފްޓް ގާނޫނަކީ ކުރިން ފެނިފައި ނުވާ އެއްޗެއް ކަމަށާއި، އޭރު އޮތް ޑްރާފްޓް އޮތް މިންވަރުންވެސް އެއީ ރާއްޖެޓީވީން ބަލައިގަންނަ އެއްޗެެއް ނޫން ކަމަށް ރާއްޖެޓީވީގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

އަހުމަދު ސަލީމްރާއްޖެ ޓީވީމީޑިއާ ކޮންޓްރޯލް ބިލުއެމްޖޭއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

08 ނޮވެމްބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު