Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

ތިން ގަޑިއިރު ހިނގާފައި، ހިލޭ ޕާން ލިބިދާނެކަމުގެ އުންމީދުގައި ސަލާން ޖަހަން

16 އޯގަސްޓު 2022 | އަންގާރަ 12:49

އަފްޣާނިސްތާނުގެ އަހަރީ ބަޖެޓުގެ %80 އަކީ ބޭރުގެ އެހީކަމަށްވާއިރު، އެހީ ބަންދުކޮށްލުމުން ވަނީ ވަރަށް ބޮޑަށް ހައިހޫނުކަން ފެތުރިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޯގަސްޓު 2022 | އަންގާރަ 12:49
އަފްޣާނިސްތާނުގައި ރެސްޓޯރަންޓެއްދޮށަށް ސަލާންޖަހަން ގޮސްތިބި އަންހެނުންތަކެއް

އަފްޣާނިސްތާނުގައި ރެސްޓޯރަންޓެއްދޮށަށް ސަލާންޖަހަން ގޮސްތިބި އަންހެނުންތަކެއް

އަފްޣާނިސްތާނުގައި ތޯލިބާނުންގެ ވެރިކަމެއް ދެވަނަ ފަހަރަށް އައިފަހުން މިއޮގަސްޓް މަހުގެ 15 ވަނަ ދުވަހަށް އެއްއަހަރު ވީއިރު އެގައުމުގެ ހާލަތު ވަނީ ގޯހުންގޯހަށް ގޮސްފައެވެ. ކާބޯތަކެތީގެ ދަތިކަން ހުރި މިންވަރަކީ; ތިންގަޑިއިރު ހިގާފައި ވެރިރަށް ކާބުލްގެ ރެސްޓޯރަންޓަކުން ކަސްޓަމަރުން ދިއްކޮށްލާނެ ބާކީ ޕާންފަދަ ކާއެތިކޮޅަކަށް އުންމީދުކޮށްގެން ސަލާންޖަހަން ދާ މީހުން ގިނަކަމެވެ.  

އެތަނުން އެކަކީ ޝަކީލާއެވެ. އޭނަ ކިޔައިދިން ގޮތުގައި; އެފަދަ ދިގު ދަތުރެއް ފައިމަގުފައި ކުރަން މަޖުބޫރުކުރުވަނީ ބަޑުހައިހޫނުކަމެވެ. ކުދިންނަށް ކާންދެވޭނެ ގޮތެއް ނެތުމެވެ. އޭނާ ބުނިގޮތުގައި، ރޭގަޑުގެ ކެއުމަކީ އެމީހުންނަށް ކޮންމެ ދުވަހަކު ލިބޭ އެއްޗެއް ނޫނެވެ. އަފްޣާނިސްތާނުގެ ހާލަތު ގޯސްވެފައިވާތާ ދެތިން އަހަރު ވެއްޖެކަމަށާއި، އޭގެ ތެރެއިންވެސް ފާއިތުވި އަހަރެއްހާދުވަހުގެ ތެރޭގައި ފަގީރުކަން ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ޝަކީލާ ބުންޏެވެ.

އދ.ން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އަފްޣާނިސްތާނުގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބަޔަކީ ބަޑުހައިހޫނުކަމުގައި ދުވަސްތައް ހޭދަކުރަމުންދާ މީހުންނެވެ. އިންޓަރނޭޝަނަލް ރެސްކިއު ކޮމިޓީން މޭ މަހު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން އަފްޣާނިސްތާނުގެ 43 އިންސައްތަ މީހުންނަކީ ރެޔަކާއިދުވާލު އެއްފަހަރު ކައިގެން ތިބޭ މީހުންނެވެ. އަދި އެގައުމުން ސަރވޭ ކުރެވުނު މީހުންގެ 90 އިން ސައްތަ ބުނެފައިވަނީ އެމީހުންނަށް އެންމެ ދަތިވެފައިވަނީ ކާނެ އެއްޗެއް ލިބުމުގެ މައްސަލަކަމަށެވެ.

ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތެއްގެގޮތުގައި މުޅިދުނިޔެވެސް ދަންނަ ތޯލިބާން ޖަމާއަތުން ދެވަނަ ފަހަރަށް އަފްޣާނިސްތާނަށް ވެރިވެގަތުމުން އެކަމުގެ އަދަބެއްގެގޮތުން އެމެރިކާއިން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި އެހީގެގޮތުގައި ދެވިފައި ސެންޓްރަލް ބޭންކުގައި ހުރި 9 ބިލިއަން ޑޮލަރު އެމެރިކާއިން ވަނީ އަތް ނުލެވޭގޮތް ހަދައި "ފްރީޒް"ކޮށްފައެވެ. އަފްޣާނިސްތާންގެ އަހަރީ ބަޖެޓުގެ 80 އިންސައްތައަކީ ބޭރުގެ އެހީކަމަށްވާއިރު، އެފައިސާ ބަންދުކޮށްލުން ވީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ގެނުވިކަމަކަށެވެ. ނަތީޖާއެއްގެގޮތުން އިންތިހާ ދަރަޖައަށް ފަގީރުކަން އިތުރުވެ، ހަނަފަސްކަން ފެތުރި، ކުޑަކުދިންގެ ހަށިގަނޑު ރަނގަޅަށް ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، މެލްނިއުޓްރިޝަންގެ މައްސަލަތައް އިތުރުވެފައިވެއެވެ. ތޯލިބާން ޖަމާއަތުގެ ވެރިކަމުގެދަށުގައި ކުރިމަތިވި އެންމެ ބޮޑު އަނެއް މައްސަލައަކީ އަންހެނުން ވަޒީފާއަދާކުރުން ބަންދުކުރެވި އަންހެންކުދިންނަށް ސެކަންޑަރީ ތައުލީމު ބަންދުކޮށްލުމެވެ. އަންހެނުންގެ ހައްގުތައް ނިގުޅައިގަނެވި އެމީހުންގެ މުސްތަގުބަލު ބަނަވެފައިވެއެވެ.

ތޯލިބާނުންގެ ވެރިކަމަށް އަހަރެއްވީއިރުވެސް އަދި އެއްވެސް ގައުމަކުން އެސަރުކާރު ބަލައިގެންފައެއްނުވެއެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން ބުނަނީ އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާރަށް އެހީ ބަންދުކޮށްލީ ހަތިޔާރުއެޅި ޓެރަރިސްޓުންގެ ކަންކަމަށް ޚަރަދުކުރާނެތީކަމަށެވެ. އެމެރިކާއިން އެންމެ ބޮޑަށް ހޯދަމުން އައި އެކަކު ކަމަށްވާ އަލްގާއިދާގެ ލީޑަރު އައިމަން އައްޒަވާހިރީ ވަނީ އަފްޣާނިސްތާނުގައި ހުއްޓާއި އެމެރިކާ ސިފައިންގެ ޑްރޯން ހަމަލާއެއްގައި ދާދި ފަހުން މަރާލާފައެވެ.  

އަފްޣާނިސްތާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް