Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އަފްޣާނިސްތާން

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާއަށް ނުދީފިނަމަ، އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ޓްރަމްޕް އިންޒާރު ދެއްވި ނަމަވެސް، ތާލިބާން ސަރުކާރުން ބުނަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުގެ އެއްވެސް ސަރަހައްދެއްގައި ދެން ނުބޭތިއްބޭނެ ކަމުގައި.

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 15:33
ޕަރްވާން ޕްރޮވިންސްގައި ހުންނަ ބަގްރާމް އެއާބޭސް އިން އެންމެ ފަހު އެމެރިކާގެ ސިފައިން ފޭބި ދުވަހު - ޖުލައި 2، 2021 - އަފްޣާން ސިފައިންގެ މީހަކު ގާޑު ކުރަނީ

ޕަރްވާން ޕްރޮވިންސްގައި ހުންނަ ބަގްރާމް އެއާބޭސް އިން އެންމެ ފަހު އެމެރިކާގެ ސިފައިން ފޭބި ދުވަހު - ޖުލައި 2، 2021 - އަފްޣާން ސިފައިންގެ މީހަކު ގާޑު ކުރަނީ

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފައެވެ.

ހޮނިހިރު ދުވަހު ޓްރަމްޕް މިހެން ވިދާޅުވުމުގެ ކުރިން، ތާލިބާނުން ހިންގާ ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއިން 64 ކިލޯމީޓަރު (40 މޭލު) ދުރުގައިވާ މި ބޮޑު އެއަރބޭސް އަނބުރާ ދިނުމަށް ޓްރަމްޕް ގޮވާލި ގޮވާލުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

"އަފްޣާނިސްތާނުން ބަގްރާމް އެއަރބޭސް އެތަން އިމާރާތްކުރި ފަރާތަށް، އެމެރިކާ އަށް، އަނބުރާ ނުދީފިނަމަ، ނުބައި ކަންތައްތަކެއް ހިނގާނެ!!!" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައެވެ.

ބަގްރާމަކީ ވަރަށް ބޮޑު ސަރަހައްދެއް ހިމެނޭ ތަނެކެވެ. އަދި މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ނިއުޔޯކާއި ވޮޝިންގްޓަން ގައި އަލްޤައިދާ އިން ދިން ހަމަލާއާ ގުޅިގެން ހިނގި 20 އަހަރުގެ ހަނގުރާމައިގައި އެމެރިކާގެ ސިފައިންގެ މައި މަރުކަޒެވެ.

އެމެރިކާގެ ސިފައިންގެ ފަރާތުން "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ" ގެ ނަމުގައި ހިންގި ޢަމަލުތަކުގެ ތެރޭގައި، އެތައް ހާސް ބަޔަކު ވަނީ އެއްވެސް ދަޢުވާއެއް ނުވަތަ ޝަރީޢަތެއް ނެތި އެތަނުގައި އަހަރުތަކަކަށް ބަންދުކޮށްފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާކޮށް އަދި ޓޯޗަރކޮށްފައިވެއެވެ.

2021 ވަނަ އަހަރު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފައިބައި، އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓުމާއެކު، ތާލިބާނުން ވަނީ އެ ތަނުގެ ބާރު އަނބުރާ ހޯދާފައެވެ.

ޓްރަމްޕް ވަނީ ބަގްރާމް ގެއްލުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމުގައި އެތައް ފަހަރަކު ވިދާޅުވެފައެވެ. އަދި އެތަން ޗައިނާއާ ކައިރީގައި އޮތްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެެވެ.

ބަގްރާމް އެއަރބޭސް ހޯދުމަށް އެމެރިކާ އިން މަސައްކަތް ކުރާ ކަން ފުރަތަމަ ފަހަރަށް ޓްރަމްޕް ހާމަ ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތައް ކުރެއްވި ޒިޔާރަތުގެ ތެރޭގައެވެ.

ޓްރަމްޕް އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމެރިކާ އިން އެތަން ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

ނަމަވެސް، އަފްޣާނިސްތާނުގެ އިސްވެރިން ވަނީ އެމެރިކާގެ ސިފައިން އަލުން އެތަނަށް އައުމާމެދު ދެކޮޅުހަދާފައެވެ.

ޒާކިރު ޖަލާލް ނަމަކަށް ކިޔާ އަފްޣާނިސްތާނުގެ ޚާރިޖީ ވުޒާރާގެ އިސްވެރިއަކު ހުކުރު ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ލިޔުއްވާފައި ވަނީ އެމެރިކާ އިން ޖެހޭނީ ސީދާ އަފްޣާނިސްތާނާ އެކު މުއާމަލާތް ކުރަން ކަމަށާއި، އަދި އެއީ އެމެރިކާ އިން އަފްޣާނިސްތާނުގެ އެއްވެސް ސަރަޙައްދެއްގައި ސިފައިން ނުބައިތިއްބާ ގޮތައް ކަމަށްވެސް އޭނާ ލިޔުއްވާފައިވެއެވެ.

އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ފޭބުމުގައި އެ އެއަރބޭސް ގެއްލުނީ ކުރީގެ ރައީސް ޖޯ ބައިޑެން ޢަމަލުކުރެއްވި ގޮތުން ކަމަށް ވިދާޅުވެ ޓްރަމްޕް މީގެ ކުރިން ތަކުރާރުކޮށް ފާޑުވިދާޅުވެފައެވެ.

އަދި ޓްރަމްޕް ވަނީ އަފްޣާނިސްތާނުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ ކަމާމެދު ވެސް ޝަކުވާ ކުރައްވާފައެވެ.

އެ އެއަރބޭސް އަލުން ހޯދުމަށް ސިފައިން ފޮނުވާނެތޯ ހޮނިހިރު ދުވަހު ނޫސްވެރިޔަކު ސުވާލުކުރުމުން، ޓްރަމްޕް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވީ: "އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާނަން." ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އަފްޣާނިސްތާންބަގްރާމް އެއަރބޭސްތާލިބާންއަފްޣާނިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު