Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕާކިސްތާނު ޕޫރީ

ޕޫރީއަށް ނޫނެކޭ ބުނަން ޕާކިސްތާނަށް މަޖުބޫރުވެއްޖެ

ޖުލައި މަހުގެ ކޮންޒިއުމާ ޕްރައިޒް އިންފްލޭޝަން ރޭޓް ވަނީ 24.9 ޕަސެންޓަށް އަރާފައި، އެއީ ފާއިތުވީ 14 އަހަރު ދުވަހުގެ ތެރޭގައި ރެކޯޑް ކުރެވުނު އެންމެ މަތީ ރޭޓް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 06:25
އިންފްލޭޝަނާ ހެދި އާންމުކޮށް ގަނެ އުޅޭ ސާމާނުގެ އަގުތައްވެސް އުފުލިފައިވާއިރު، އެމީހުންނަށް ލިބޭ ހުރިހާ ފައިސާ އެއް ޚަރަދު ކުރަނީ އެ ސާމާނު ގަންނަން

އިންފްލޭޝަނާ ހެދި އާންމުކޮށް ގަނެ އުޅޭ ސާމާނުގެ އަގުތައްވެސް އުފުލިފައިވާއިރު، އެމީހުންނަށް ލިބޭ ހުރިހާ ފައިސާ އެއް ޚަރަދު ކުރަނީ އެ ސާމާނު ގަންނަން

ޕޫރީއަކީ މިއަދު ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އާންމުކޮށް ފެންނަ ޕޫރީއާ ޚިލާފަށް، ޕާކިސްތާނުގައި ޕޫރީއޭ ކިއާ އުޅެނީ މުރަނަކޮށް ތެލުލާފައި އޮންނަ ރޮއްޓަކަށެވެ. ގޮދަން ފުށުން ތައްޔާރުކޮށްފައި އޮންނަ ޕޫރީއަކީ ހެނދުނުގެ ނާސްތާގެ އިތުރުން ލުއިކާނާއެއްގެ ގޮތުގައިވެސް ބައެއް ފަހަރު ބޭނުން ކުރާ އެއްޗެކެވެ. ކުޅި ރިހައެއްގެ ގޮތުގައި ޕޫރީ ބާޖީ ކައި އުޅޭ އިރު، ފޮނި އެއްޗެއްސާ ޖަހައިގެންވެސް ޕާކިސްތާނުގައި ޕޫރީ ކައެވެ. އެހެން ކަމުން، ޕޫރީއަކީ ކުޅި ރަހައިގެ އިތުރުން ފޮނި ރަހައަށް ލޯބިކުރާ މީހުންގެ މެދުގައިވެސް މަގުބޫލު ލުއިކާނާއަކަށް އޮންނަނީ ވެފައެވެ. ޖީބަށްވެސް އެހާމެ ލުއިވީމައެވެ.

އެއީ މާޒީއެވެ. މި ދުވަސްވަރަކީ ޕާކިސްތާނުގެ ބާޒާރުތަކުގައި ފަތުއަޑުކިއާފައި ތަކެތީގެ އަގުތައް އުފުލެމުންދާ ދުވަސްވަރެއް ކަމުން، ފައިސާ ދަބަހުގެ ގޮށް ބާރުކޮށްލުމަށް ޕާކިސްތާނުގެ ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ. އެންމެ ބޮޑު ޝިކާރައަކަށް ވީ ޕޫރީ ފޭނުންނެވެ. ލުއިކާނާއެއްގެ ގޮތުގައި، މަގުތަކުންވެސް ލިބެން ހުރި ޕޫރީއަށް ނޫނެކޭ ބުނަން މަޖުބޫރުވެއްޖެއެވެ.

ޕާކިސްތާނުގެ ތަފާސް ހިސާބުތަކާ ބެހޭ ބިއުރޯއިން އޯގަސްޓް 1 ވަނަ ދުވަހު އާންމު ކުރި ޖުލައި މަހުގެ ކޮންޒިއުމާ ޕްރައިޒް އިންފްލޭޝަން ރޭޓް ވަނީ 24.9 ޕަސެންޓަށް އަރާފައެވެ. އެއީ ފާއިތުވީ 14 އަހަރު ދުވަހުގެ ތެރޭގައި ރެކޯޑް ކުރެވުނު އެންމެ މަތީ ރޭޓްއެވެ.

ޕޫރީއަށް ވަކިން ބަލާލަމާ ހިނގާށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޕުރީގެ އަގު އުޅުނީ 20 ޕާކިސްތާން ރުޕީޒް ނުވަތަ 0.09 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް މިއަދު އަގު ދެގުނަ ބޮޑެވެ.

ތަފާސް ހިސާބުތަކާ ބެހޭ ބިއުރޯގެ ރެކޯޑްތަކަށް ބަލާއިރު، ޕާކިސްތާނަށް ލިބޭ އާމްދަނީއިން ބޮލަކަށް ޖެހޭ ނިސްބަތް ނުވަތަ ޕަރ ކެޕިޓާ އިންކަމް އުޅެނީ އަހަރެއްގެ މައްޗަށް 1666 ޑޮލަރުގައެވެ. އެއަކަށް ބަދަލެއް ނާދެއެވެ. އަސަރު ފޯރަނީ މުދާ ގަންނަ މިންވަރަށެވެ.

ޕާކިސްތާނުގައި ކަޑައެއް ހިންގާ މުޙައްމަދު ޖާވިދު އައްބާސީ ލަފާ ކުރާ ގޮތުގައި، އޭނާގެ ކަޑައިން ޤަވައިދުން ޕޫރީ ކަމުން ދިޔަ ކަސްޓަމަރުންގެ 2 ބައިކުޅަ 1 ބައި މީހުން މިހާރު އެ ކަން ހުއްޓާލައިފިއެވެ.

ޕާކިސްތާނުގައި ޕޫރީގެ އަގު ބޮޑުވެފައި ވަނީ، އެ ތައްޔާރު ކުރަން ބޭނުން ވާ ސަމާނުގެ އަގު ބޮޑުވެގެންނެވެ. ގޮދަން ފުށުގެ އަގު 7 ޕަސެންޓް ބޮޑުވެފައި ވާ އިރު، ކަރަންޓަށް ކުރަން ޖެހޭ ހޭދަ، 52 ޕަސެންޓް ބޮޑުވެއްޖެއެވެ. ތަފާސް ހިސާބުތަކާ ބެހޭ ބިއުރޯއިން އާންމު ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު ކުކިންގް އޮއިލްގެ އަގު ވަނީ 74 ޕަސެންޓަށް އުފުލިފައެވެ.

އެހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ތަރުކާރީއާއި ކިރުގެ އަގުވެސް އިންތިހާ ބޮޑުވެ، ލުއި ކާނާއެއް ކާލާނެ ތަނަވަސްކަން ވަނީ ކުޑަވެފައެވެ.

ކޮންމެ ހާލެއްގައި ޤައުމު އޮތް ކަމުގައި ވީ ނަމަވެސް، ފޯރުންތެރިކަން ހުރި މީހުންނަށް ޚިދުމަތް ދިނުމަށް، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި އަދިވެސް ޕޫރީ ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

ލުއިކާނާޕޫރީޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު