Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މޮޅަކާއެކު އެތުލެޓިކޯއިން ލީގު ފަށައިފި

ގެޓާފޭގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2022 | އަންގާރަ 02:14
އެތުލެޓިކޯއިން ކުޅުނު މެޗުގެ ތެރެއިން

އެތުލެޓިކޯއިން ކުޅުނު މެޗުގެ ތެރެއިން

ގެޓާފޭ ބަލިކޮށް އެތުލެޓިކޯއިން މޮޅަކާއެކު ސްޕެނިޝް ލީގު ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 3-0 އިންނެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޖާއޯ ފެލިކްސްގެ އެހީތެރިކަމާއެކު އެތުލެޓިކޯއަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ. އިތުރު ލަނޑު ޖެހުމަށް އެތުލެޓިކޯއިން މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ.

އެތުލެޓިކޯގެ ދެ ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ވެސް މޮރާޓާ ޖެހީ ފެލިކްސްގެ އެހީތެރިކަމާއެކުއެވެ. އެ ޓީމުގެ ފަހު ލަނޑު ފެލިކްސްގެ އެހީތެރިކަމާއެކު އެންޓޮއިން ގްރީޒްމަން ޖެހީ 75 ވަނަ މިނެޓުގައެވެ.

ލީގުގައި ކޮންމެ ޓީމެއް ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. ލީގުގެ އެއް ވަނަ މަގާމުގައި އެތުލެޓިކޯ އޮތީ ތިން ޕޮއިންޓާއެކު، ފައިދާ ގޯލުންނެވެ. ދެ ވަނަ މަގާމުގައި ރެއާލް ބެޓިސް އޮތް އިރު، ތިން ވަނަ މަގާމުގައި އޮތީ ވިލަރެއާލްއެވެ. އޮސަސޫނާ ހަތަރު ވަނަ މަގާމުގައި އޮތް އިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އޮތީ ފަސް ވަނަ މަގާމުގައެވެ. ވާދަވެރި ބާސެލޯނާ އޮތީ ފުރަތަމަ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 11 ވަނައިގައެވެ.

ސްޕެނިޝް ލީގުއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު