Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ އިނާމު

މިފަހަރު އެންމެ މޮޅު ނޫސްވެރިޔާ ހޮވޭނީ އާންމުންގެ ވެސް ވޯޓާއެކު: މީޑިއާ ކައުންސިލްގެ އެސްޖީ

15 އޯގަސްޓު 2022 | ހޯމަ 17:59

އުންމީދީ ނޫސްވެރިޔާ އާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއަށް އިނާމް ދެވިގެންދާނީ ދެ ކެޓަގަރީ އެއްކޮށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޯގަސްޓު 2022 | ހޯމަ 17:59
މީޑިއާ ކައުންސިލްގެ އެސްޖީ ޑރ. އިބްރާހިމް ސަމީރު

މީޑިއާ ކައުންސިލްގެ އެސްޖީ ޑރ. އިބްރާހިމް ސަމީރު

މޯލްޑިވިސް މީޑިއާ ކައުންސިލުން މިއަހަރު ދޭ ނޫސްވެރިކަމުގެ އިނާމުގައި އެންމެ މޮޅު ނޫސްވެރިޔާ ހޮވާނީ އާންމުންގެ ވެސް ވޯޓާއެކު ކަމަށް މީޑިއާ ކައުންސިލްގެ އެސްޖީ ޑރ. އިބްރާހިމް ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ މިފަހަރު ދެ ކެޓަގަރީ (އެއީ ބްރޯޑްކާސްޓިންގ އަދި އޮންލައިން ކެޓަގަރީ) އަށް ވަކިން އެވޯޑު ދިންނަމަވެސް އުންމީދީ ނޫސްވެރިޔާ އާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއަށް އިނާމް ދެވިގެންދާނީ ދެ ކެޓަގަރީ އެއްކޮށް ކަމަށެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ ކުރިން އެވޯޑް ދެމުން އައި އުސޫލަށް ބަލާއިރު ޕަސަންޓޭޖް ވަކިވަރަކަށް ވުރެ މަތިވާނަމަ އެވޯޑް ދެވިގެންދާ ކަމަށާއި އެހެންނަމަވެސް މިފަހަރު ޕަސަންޓޭޖް ދަށްކޮށްފައިވާ ކަމަށެވެ. އެގޮތުން މިފަހަރު 65 ޕަސަންޓަށްވުރެ މަތިނަމަ ނޮމިނޭޝަން އަށް ދާނެ ކަމަށާއި އެންމެ ރަނގަޅު ތިން ހުށަހެޅުން ހޮވާނެ ކަމަށެވެ. ސަމީރު އިތުރަށް ވިދާޅުވީ އެތިން ހުށަހެޅުމުން އެންމެ މަތިން މާރކްސް ލިބޭ ހުށަހެޅުމަކަށް އެވޯޑް ދެވިގެންދާނެ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. އޮކްޓޯބަރު މަހުގެ ތިން ވަނަ ހަފްތާގައި އެވޯޑް ހަފްލާ ބޭއްވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިނާމު ދިނުމުގެ އުސޫލު އެކުލަވާލުމުގައި އިނާމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކޮންމެ ދާއިރާއެއްގެ ޖަޖުކަން ކުރަން ޚާއްސަ ރުބްރިކްއެއް ތައްޔާރުކޮށްފައިވާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އިނާމު ދިނުމުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މިކަން ކުރުމަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށާއި، އިނާމުގެ ކަންކަން ބެލުމަށް އޮޑިޓް ފަރމް މެއްވެސް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ސަޤީފް ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ނޫސްވެރިންނާއި ނޫސްތަކުން އެގޮތަށް އެދުމުން ކަމަށާއި މިފަހަރު ދެ ކެޓަގަރީ ވަކިން އޮތުމުން ގިނަ ފަރާތްތަކުން އެވޯޑަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަޤީފް ވިދާޅުވިއެވެ.

ސަޤީފް ވިދާޅުވީ ފަނޑިޔާރުންގެ ޕެނަލް ވެސް މިފަހަރު ހަރުދަނާކޮށްފައިވާނެ ކަމަށެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވަނީ އާންމުކޮށްފައެވެ.

ނޫސްވެރިކަމުގެ އިނާމު މޯލްޑިވްސް މީޑިއާ ކައުންސިލް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
28 އޯގަސްޓު 2024

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި
21 ނޮވެމްބަރު 2023

2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް، ރާއްޖެ ޓީވީގެ ލައިސާ ނޮމިނޭޓު ވެއްޖެ

21 ނޮވެމްބަރު 2023
2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް، ރާއްޖެ ޓީވީގެ ލައިސާ ނޮމިނޭޓު ވެއްޖެ
12 ސެޕްޓެމްބަރު 2023

ނޫސްތަކުން ތެދާއި ހަޤީޤަތް އޮޅުވާލާއިރު، ބެލެނިވެރި އިދާރާތަކުން ހޭލަންޖެހޭ: ނަޒީރު

12 ސެޕްޓެމްބަރު 2023
ނޫސްތަކުން ތެދާއި ހަޤީޤަތް އޮޅުވާލާއިރު، ބެލެނިވެރި އިދާރާތަކުން ހޭލަންޖެހޭ: ނަޒީރު
09 މެއި 2023

އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުވުމަށް އެމްއެމްސީން އިލްތިމާސްކޮށްފި

09 މެއި 2023
އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުވުމަށް އެމްއެމްސީން އިލްތިމާސްކޮށްފި
23 ފެބުރުއަރީ 2023

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ

23 ފެބުރުއަރީ 2023
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް