Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަރުލަމާނީ ނިޒާމު

ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައިޖެހުން ފިޔަވައި އިތުރު މޮޅު ކަމެއް ނުވާނެ: އިމްރާން

ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 އޯގަސްޓު 2022 | ހޯމަ 17:56
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ބަރުލަމާނީ ނިޒާމަކީ މިރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިމޭރުމުން ޓްވީޓްކުރެއްވީ، ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސްއަށް، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނާނެ އިސްލާހުތަކާއި ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވާފައިވަނިކޮށެވެ.

ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވައި އިމްރާން ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވާނެކަމަށެވެ. އަދި ރައްޔިތުން ބައިބައިވެ ހާލުގައިޖެހުން ފިޔަވައި އިތުރު މޮޅުކަމެއް ނުވާނެކަމަށް އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ހިންގުމުގެ އެންމެ އިސްފަރާތަކީ ބޮޑުވަޒީރު ކަަމަށެވެ. ސަރުކާރު އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުންކަމަށާއި، އެއް ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީއަކާ ނުވަތަ ޕާޓީތަކަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު، އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަން އޮންނާނެކަން ގާނޫނު އަސާސީގައި ބަޔާންކުރާނެކަމަށެވެ.

އަދި ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތު ގާނޫނު އަސާސީގައި ބަޔާންކުރުމާއި، ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ސަރުކާރު އެކުލަވާ ނުލެވިއްޖެނަމަ މަޖިލިސް އުވާލިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރަންވާނޭ ކަމާއި، އައު އިންތިޚާބަކަށް ދާންޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ކަނޑައަޅާ މީހެއްކަމަށް ގާނޫނު އަސާސީގައި ބަޔާންކުރުމާއި، ވަޒީރުންގެ މަޖިލިސް އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މެންބަރުންގެ ތެރެއިންކަން ގާނޫނު އަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

އަދި ކެބިނެޓް ޕޯޓްފޯލިއޯތަކުގެ އަދަދު ކަނޑައެޅުމާއި، ވަޒީރުކަމަށް އައްޔަންކުރުމަށްޓަކައި މަޖިލީހުން ރުހުން ހޯދުމަށް މަޖިލީހަށް ނަން ހުށަހެޅުމަކީ ބޮޑުވަޒީރަށް ލިބިގެންވާ ބާރެއްކަން ގާނޫނު އަސާސީގައި ބަޔާންކުރުން ހިމެނެއެވެ. އަދި ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކުކަން ބަޔާން ކުުރުމަށްވެސް ހުށަހަޅާފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ބަރުލަމާނީހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
04 އޮކްޓޯބަރު 2023

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

04 އޮކްޓޯބަރު 2023
އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް
03 އޮކްޓޯބަރު 2023

ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

03 އޮކްޓޯބަރު 2023
ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު
03 އޮކްޓޯބަރު 2023

ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު