Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން

ތާޖު ނެތަސް، ނިއު ބަލިކޮށް ބުރު ފައިނަލަށް

ބުރު މޮޅުވީ ޕެނަލްޓީގައި ކާމިޔާބު ހޯދައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 13:39
ބުރު ސްޕޯޓްސް ކްލަބް

ބުރު ސްޕޯޓްސް ކްލަބް

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ބުރު ސްޕޯޓްްސް ކްލަބުން އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުރު ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން، ނިއުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑެއްޖަހައި ބުރުން ވަނީ ލީޑު ނަގާފައެވެ. ބުރަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަންއެވެ. ނިއުއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިއީ ގޯލުގެ ހަނިއަރިއަށް ބޯޅަ ފޮނުވާލައިގެން ބިދޭސީ ކުޅުންތެރިޔާ ކޯފީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގައި އަލުން ލީޑްނެގުމަށް ބުރަށް ލިބުނު ފުރުސަތުގެ ބޭނުމެއްނުހިފުނެވެ. ނިއުގެ ގޯލު ކުރިމަތިން ހުރަސްވި ބޯޅަ ސްޓެފަންއަށް ގޯލުގެ ތެރެއަކަށް ފޮނުވައެއްނުލެވުނެވެ.

ދެވަނަ ހާފަށް ނުކުމެ ނިއުއިން ވަނީ ލީޑްނެގުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ކޯފީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޝަހީމް ޖެހި ބޯޅަވެސް ބޭރުވީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ބުރުން ވަނީ ރަނގަޅު ކައުންޓަރ އެޓޭކެއް ކޮށްފައެވެ. މުޅިން ހުސްކޮށްލާފައި ސްޓެފަން ދިން ޕާހަކުން ތަސްނީމް ލަނޑުޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ. އޭގެ ފަހުންވެސް ކައުންޓަރ އެޓޭކެއްގައި ބުރަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ. މިރްޖާލޯލް ކަސީމޯވް ފޮނުވާލި ހިލޭ ޖެހުންވެސް ގޯލަށް އަމާޒެއްނުވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗު ބުރުން ކާމިޔާބުކުރީ 3-4ންނެވެ. ނިއުގެ ތޯރިކް ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު، ފަރޫކްގެ ޕެނަލްޓީ ކީޕަރު ޖަޒްލާން މަތަކުރިއެވެ. ބުރުގެ ސްޓެފަން ޖެހި ޕެނަލްޓީ، ހުރަސް ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްބުރު ސްޕޯޓްސް ކްލަބްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު