Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބޫ ބަކުރު އަލް ބަގްދާދީ

ބަޣްދާދީ މަރާލެވިއްޖެ ކަމާމެދު އެމެރިކާ، އިރާގު ޝައްކު

މީގެ ކުރިންވެސް އެތައް ފަހަރަކު ބަގްދާދީ މަރާލައިފި ކަމަށް ބުނެ ޚަބަރު ފަތުރާފައިވޭ

| 16 ޖޫން 2017 | ހުކުރު 18:17
އަބޫބަކުރު އަލް ބަގްދާދީ - އައިސިސް ޖަމާއަތުގެ ލީޑަރު

އަބޫބަކުރު އަލް ބަގްދާދީ - އައިސިސް ޖަމާއަތުގެ ލީޑަރު

ރަޝިޔާއިން ދިން ހަމަލާއެއްގައި އައިސިސްގެ ލީޑަރު އަލްބަޣްދާދީ މަރާލެވިއްޖެ ކަމަށް ރަޝިޔާއިން ހުކުރު ދުވަހު ފެތުރި ޚަބަރާ މެދު އެމެރިކާ އާއި އިރާގުން ޝައްކު އުފައްދައިފިއެވެ.

ރަޝިއާ އިން ހުކުރު ދުވަހު ބުނެފައިވަނީ ބަގްދާދީ މަރުވީ ރަޝިޔާގެ ފައުޖުތަކުން މެއި މަހު ވައިގެ މަގުން ދިން ހަމަލާއެއްގައި ކަމަށެވެ.

މި ޚަބަރާ ގުޅިގެން އިސާހިތަކު އެމެރިކާއިން ބުނެފައިވަނީ، އެއީ ކަށަވަރު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އިރާގުން ހުކުރު ދުވަހު ބުނީ އެކަމަކީ ޝައްކު ކަމެއް ކަމަށެވެ.

2014 ވަނަ އަހަރު ބަގްދާދީ އިސްލާމިކް ސްޓޭޓްގެ ނަމުގައި އަމިއްލަ ދައުލަތެއް އިރާގުގައި އިއުލާން ކުރި ފަހުން އެތައް ފަހަރަކު އޭނާ މަރާލައިފި ކަމަށް ނުވަތަ ޒަޚަމް ކޮށްލެވިއްޖެ ކަމަށް ބުނެ ޚަބަރުތައް ފަތުރާފައިވާކަން ފާހަގަ ކުރެވެއެވެ.

މި ޚަބަރަކީ ތެދު ޚަބަރެއް ކަމަށް ވެއްޖެނަމަ އެއީ އިސްލާމިކް ސްޓޭޓަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވެގެންދާނެ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. އައިސިސް އިން އިރާގާއި ސީރިއާގައި ކޮންޓްރޯލް ކުރާ ސަރަހައްދު ދުވަހެއް ދުވަހަކަށް ކުޑަވެ، އެ ޖަމާއަތުގެ ހަނގުރާމަވެރިން އަންނަނީ ބަލިވަމުންނެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގައި މިކަމާ ބެހޭ ގޮތުން ބުނެފައިވަނީ ބަގްދާދީ މަރާލި ވާހަކަ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަގްދާދީ މަރާލީ ސީރިއާގެ ރައްގާ ގައި ބަގްދާދީ ބައިވެރިވި ބައްދަލުވެއް ހިނގަމުންދާ ކަމުގެ ސިއްރު މައުލޫމާތު ރަޝިއާގެ ފައުޖުތަކަށް ލިބުމުން އެ ބައްދަލުވުން އޮތް ތަނަށް ދިން ހަމަލާއެއްގައެވެ.

މި ބައްދަލުވުން އޮތީ މެއި މަހުގެ 28 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުން އޮތް ތަނަށް ދިން ހަމަލާގައި އައިސިސްގެ ލީޑަރު ބަގްދާދީ ނައްތާލެވިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އެކަން ކަށަވަރު ކުރުމަށް ގިނަ ފަރާތްތަކުން މައުލޫމާތު ހޯދަމުންދާ ކަމަށެވެ.

މި ޚަބަރާ ގުޅޭ ގޮތުން އިރާގުގެ ކާނަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރަޝިއާއިން ބުނާ ތާރީޚްގައި ބަގްދާދީ ސީރިއާގައި އުޅުނު ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، ރަޝިއާއިން ބުނާ ހަމަލާގައި މަރުވީ ބަގްދާދީގެ ގާތް މީހެއް ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

އިރާގުގެ ކާނަލް ބުނެފައިވަނީ ބަގްދާދީ ހަރަކާތްތެރިވާ ކަމަށް އެނގިފައި އޮތީ ގާތް މަދު ބަޔަކާއެކު އިރާގު ސީރިއާ ބޯޑަރު ސަރަހައްދުގައި ވަރަށް ސިއްރުން ކަމަށާއި، މުވާސަލާތީ އެއްވެސް އާލާތެއް އޭނާ ބޭނުން ނުކުރާކަން އެނގިފައިވާ ކަމަށެވެ.

ރަޝިއާގެ ބަޔާނުގައި ބުނެފައިވަނީ ބަގްދާދީ މަރާލި ހަމަލާ ދިންތަނާއި ވަގުތާ ބެހޭ މައުލޫމާތު އެމެރިކާއާ އެކު ކުރިން ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު