Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީޕޮކްސް

މަންކީޕޮކްސްއަށް ކިޔާނެ އައު ނަމެއް ހޯދަނީ

މަންކީޕޮކްސްގެ ނަން ދީފައިވަނީ 1958 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 އޯގަސްޓު 2022 | ހޮނިހިރު 21:08
މަންކީޕޮކްސް އަށް ޓެސްޓް ކޮށްފައިވާ ޓިއުބްތަކެއް

މަންކީޕޮކްސް އަށް ޓެސްޓް ކޮށްފައިވާ ޓިއުބްތަކެއް

މަންކީޕޮކްސް އަށް ކިޔާނެ އައު ނަމެއް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުޅުވާލައިފިއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ މި ވައިރަސްއަށް މަންކީޕޮކްސްގެ ނަން ދީފައިވަނީ 1958 ވަނަ އަހަރު ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލައި، ވަކި ސަޤާފަތަކަށް، ވަކި ޤައުމަކަށް، ވަކި ޕްރޮޕެޝަންއަކަށް ނިސްބަތްނުވާ ގޮތަށް އައު ނަމެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ. އެ ޖަމިއްޔާއިން ވަނީ އޯޕަން ފޯރަމެއް ހުުޅުވާ، މި ވައިރަސްއަށް ދޭނެ އައު ނަން ހުށަހެޅުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލާފައެވެ.

މި ނަން ބަދަލުކުރުމަށް ޑަބްލިޔުއެޗްއޯ އިން ނިންމާފައިވަނީ މި ވައިރަސްއާމެދު ހުރި ކުށްހީތައް ނައްތާލުމުގެ ބޭނުމުގައެވެ. މިހާތަނަށް ޖުމްލަ 45 ޤައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ.

މަންކީ ޕޮކްސްއަކީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މަންކީޕޮކްސް އަކީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއް ކަމަށް ކަނޑައެޅީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވި ކަމާއެކު ބަލި ފެތުރެމުންދާތީއެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން އޮތް ކަންބޮޑުވުމެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ހެލްތު އިމަޖެންސީއަކަށް ހަދައި އެންމެ މަތީ އެލާޓް ނެރެފައިވާއިރު މި އެލާޓާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯގެ މެމްބަރު ޤައުމުތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭނެއެވެ.

މިއަހަރުގެ ޖޫން މަހުން ފެށިގެން ދުނިޔެގެ އެކި ޤައުމުތަކުގައި މިބަލި ފެތުރެމުންދާއިރު އެންމެ ގިނައިން ބަލި ޖެހެނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ކަމަށް ވަނީ ދިރާސާތަކުން ދައްކާފައެވެ. މި ވައިރަހުގެ ކޭސްތައް މި ސަރަހައްދުގެ ޤައުމުތަކުން ވެސް ވަނީ ފެނިފައެވެ.

މަންކީޕޮކްސް ޖެހޭ މީހުން 2-4 ހަފްތާ ތެރޭގައި ރަނގަޅުވާ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެއެވެ.

މަންކީ ޕޮކްސްޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
07 ޖޫން 2025

ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖޫން 2025
ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
27 އޯގަސްޓު 2024

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

27 އޯގަސްޓު 2024
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟
06 އެޕްރީލު 2024

"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"

06 އެޕްރީލު 2024
"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު