Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެރިން ސައިންސް ސިމްފޯޒިއަމް

ދެމެހެއްޓެނެވި ތަރައްޤީ އަށް ކަނޑުތަކާއި ގުޅޭ ދިރާސާތައް މުހިންމު: މިނިސްޓަރ

ސިމްޕޯޒިއަމްގައި ހިއްސާކުރުމަށް ހަމަޖެހިފައި ވަނީ 34 ކަރުދާސް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2022 | ހޮނިހިރު 09:49
މެރިން ސައިންސް ސިމްފޯޒިއަމްގައި މިނިސްޓަރ ޑރ.ހުސެއިން ރަޝިދު ވާހަކަދައްކަވަނީ

މެރިން ސައިންސް ސިމްފޯޒިއަމްގައި މިނިސްޓަރ ޑރ.ހުސެއިން ރަޝިދު ވާހަކަދައްކަވަނީ

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކާ ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މެރިންސައިން ސިމްފޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރިއާއި އަޅާ ބަލާ އިރު އިހު ދިވެހިންގެ ބޭނުންތަކާއި މިހާރު ދިވެހިންގެ ބޭނުންތަކާއި ވަރަށް ބޮޑަށް ތަފާތުކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ގުދުރަތީ ނިޒާމަށް ގެއްލުން ނުވާނެހެން ކާބަފައިންގެ އާދަތައް ބެހެއްޓި ނަމަވެސް މިހާރު އެކަން ތަފާތުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަށީގެންވާ ރަނގަޅު ދިރާސާތަކެއް ކޮށްގެން، އޭގެ އަލީގައި ނިންމުންތައް ނިންމާ ނަމަ މަޝްރޫޢުތަކުން ގުދުރަތީ ނިޒާމް އާއި ވެށްޓަށް ކުރާ އަސަރު ކުޑަކުރެވޭނެ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަށް ފައިދާ ހުރި ގޮތުގައި ދެމެހެއްޓެނެވި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް އަކީ ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތައް އެ ސިމްޕޯޒިއަމް އަކަށް ހުށަހަޅާ އެ ހުށަހެޅުންތަކާއި މެދު ވާހަކަދެކެވޭ ސިމްޕޯޒިއަމް އެކެވެ. އެހެން އަހަރުތަކުގައި މި ސިމްޕޯޒިއަމް ކުރިއަށް ދަނީ އެއް ދުވަހަށެވެ. އެހެންނަމަވެސް މި ފަހަރުގެ ސިމްޕޯޒިއަމް 2 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސިމްޕޯޒި އަމް އަށް 40 އަަށް ވުރެ ގިނަ ކަރުދާސް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ސިމްޕޯޒިއަމްގައި ހިއްސާކުރުމަށް ހަމަޖެހިފައި ވަނީ 34 ކަރުދާހެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް