Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޫރިޔާގެ ޕިސްޓާޝިއޯ ނަޓް

ހަނގުރާމައަށް ފަހު ހަނަފަސްކަން: ސޫރިޔާގެ "ރަން ގަސްތަކުން" ވިދުން ގެއްލި، ދަނޑުވެރިން މާޔޫސް ކަމެއްގައި!

ދަނޑުވެރިންނަށް މިހާރު ބިންނަން ލިބެނީ، ހަނގުރާމައިގެ ކުރިން ބިން ވަރާއި އަޅާ ބަލާއިރު، އޭގެ 4 ބައިކުޅަ 1 ބައި ހާ ޕިސްޓާޝިއޯ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2022 | ހޮނިހިރު 05:40
ސޫރިޔާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލެއް ވިދާޅުވާ ގޮތުގައި، ޕިސްޓާޝިއޯ ދަނޑުތަކަށް އެންމެ ބޮޑު އަސަރެއް ފޯރާފައި ވަނީ ހަނގުރާމައިގެ ސަބަބުން

ސޫރިޔާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލެއް ވިދާޅުވާ ގޮތުގައި، ޕިސްޓާޝިއޯ ދަނޑުތަކަށް އެންމެ ބޮޑު އަސަރެއް ފޯރާފައި ވަނީ ހަނގުރާމައިގެ ސަބަބުން

އެތައް އަހަރެއްގެ ހަނގުރާމައަށް ފަހު ސޫރިޔާގެ ރައްޔިތުން މިހާރު ދަނީ، އިހު އުޅުނު އާންމު ދިރިއުޅުމުގެ އާދަތައް އިޔާދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ދުނިޔެ ސިއްސުވާލި ވަރުގަދަ ޓެރަރިސްޓް ޖަމާއަތުގެ ވަކިތަކުން ސަލާމަތްވެ، ހިންދެމި ނުލެވި އުޅެނިކޮށް، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ވަކި ހިއްޕާލިއެވެ. މިވަރުން އަދި ކާރިސާގެ ލިސްޓު ނިމުނީކީ ނޫނެވެ.

ސޫރިޔާއަށް މިއަދު ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާވެސް ކުރިމަތިލާން ޖެހިފައެވެ. ހަނގުރާމައަށްފަހު ދިރިއުޅުން އަލުން ކޮޅަށް ޖެހުމުގެ ފޮނި އުއްމީދުގައި ތިބި ސޫރިޔާގެ ޕިސްޓާޝިއޯ ދަނޑުވެރިންގެ އަމާޒަށް ވާސިލުވުމަށް މިއަދު ކުރިމަތި ވެފައި ވާ އެންމެ ބޮޑު އެއް ހުރަހަކީވެސް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ހިތްދަތި އަސަރުތައް ކަން، ހަނދާން ނައްތާލެވޭކަށް ނެތެވެ.

ބިލަމަގުމާ ކުލަ ނުވަތަ މެރޫން ކުލައަކަށް ދާ ކޯނިކޯންޏަށް އަޅާފައި އޮންނަ ޕިސްޓާޝިއޯ ނަޓް ބިނުމުގެ މަސައްކަތް ސޫރިޔާގައި އާންމުކޮށް ކުރިއަށް ގެންދަނީ ހޫނު މޫސުމުގެ ދުވަސްވަރުގައެވެ. ޕިސްޓާޝިއޯ ގަހަކީ ސޫރިޔާގައި ސިފަ ކުރާ ގޮތުން ނަމަ، "ފަޤީރު ބިމެއްގައި ހުރި ރަން ގަހެވެ". އެގަސް މިގޮތަސް ސިފަ ކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މެދުއިރުމަތީގެ އެހެން ޤައުމުތަކާއި ވިލާތަށް ޕިސްޓާޝިއޯ ވިއްކައިގެން ލިބޭ ތަނަވަސް އާމްދަނީގެ ރަމްޒެއްގެ ގޮތުން ސިފަ ކުރާ ގޮތެކެވެ.

ނަމަވެސް، މިއަދު މި ޙަޤީޤަތް ބަދަލުވެއްޖެއެވެ. ސޫރިޔާގެ ހުޅަނގު-އުތުރު މާން އަވަށުގައި ޕިސްޓާޝިއޯ ދަނޑުވެރިކަން ކުރާ ނާއިފު އިބްރާހީމް ބުނާ ގޮތުގައި، މިއަދު ސޫރިޔާގައި ބިންނަން ލިބޭ ޕިސްޓާޝިއޯގެ އަދަދު މަދުވެއްޖެއެވެ. ދަނޑުވެރިންނަށް މިހާރު ބިންނަން ލިބެނީ، ހަނގުރާމައިގެ ކުރިން ބިން ވަރާ އަޅާ ބަލާއިރު، އޭގެ 4 ބައިކުޅަ 1 ބައި ހާ ޕިސްޓާޝިއޯ ކަމަށް އޭނާ ބުނެއެވެ.

ނާއިފް އިބްރާހީމް އާއި އޭނާގެ އާއިލާ، އެ ސަރަހައްދު ދޫކޮށް ދިޔައީ 2011 ވަނަ ސޫރިޔާގައި ކުރަން ފެށި ހަނގުރާމައިގެ މައިދާނަކަށް އެ ތަން ބަދަލުވުމުންނެވެ. އެނބުރި އެ ފަސްގަނޑަށް ދިޔައީ ސަރުކާރަށް އެއްބާރުލުން ދޭ ފައުޖުތަކުން، އިދިކޮޅު ހަނގުރާމަވެރިން ފައްސާލުމުން، 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އެ ފަސްގަނޑަށް އެނބުރި ދިޔައިރު ކަމަކު ދާކަށް ނެތެވެ. ޕިސްޓާޝިއޯ ގަސްތައް ވަނީ "ތަޅާ ތިރިކޮށްފަ"އެވެ. އަންދާލާފައެވެ. އާ ގަސްތަކެއް އިންދައިގެން، ޕިސްޓާޝިއޯގެ ރަހަ ބަލާލަން ލިބުމާ ދެމެދު އަދި 12 ވަރަކަށް އަހަރު ހޭދަވާނެއެވެ.

ނާއިފް އިބްރާހީމްގެ ޕިސްޓާޝިއޯ ދަނޑުން ކާމިޔާބު ކަމާއެކު އެއްޗެއް ލިބެން އަދި ވަކިން ގިނަ ދުވަސް ނަގާނެއެވެ. ދަނޑުބިންތައް ކޮޅަށް ޖެހުމަށް ކުރަން ޖެހޭ މަސައްކަތަށް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ފޯރަމުންދާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ފާއިތުވީ 70 އަހަރުވެސް ކުރިމަތި ނުވާ ފަދަ އިންތިހާ ހަނަފަސްކަމާ ސޫރިޔާއަށް ކުރިމަތިލާން ޖެހުނީ 2021 ވަނަ އަހަރުއެވެ. އިންޓަރނޭޝަނަލް ރެސްކިއު ކޮމިޓީއިން ބުނާ ގޮތުގައި، ސޫރިޔާގެ އެކި ހިސާބުތަކުގައި ހައްދަމުން ދިޔަ ދަނޑުބިންތަކަށް އެ ކަމުގެ ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ.

ނާއިފް އިބްރާހީމް ލަފާ ކުރާ ގޮތުގައި، މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އޭނާގެ ދަނޑުބިންތަކަށް ވާރޭ ވެހުނު މިންވަރު ވަނީ ދެބައިކުޅަ އެއްބައި މަދުވެފައެވެ. ނަމަވެސް ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، ޕަމްޕް ކޮށްގެން ދަނޑުތަކަށް ފެން ދެވޭހާ ތަނަވަސްކަމެއް އެނާގެ އަތަކު ނެތެވެ.

ދަނޑުތަކަށް އިތުރު ފުރިހަމަކަމާއި މުއްސަނދިކަން ގެނެސްދޭނެ ގަހުކާނާގެ ބާވަތްތަކާއި، ބިންގަނޑު ހެޔޮ ކުރާނެ މާއްދާތައް ގަންނާނެ ތަނަވަސްކަމެއްވެސް މިއަދު ނާއިފް އިބްރާހީމްގެ އަތަކު ނެތެވެ.

ތެލާއި ގަހުކާނާގެ އިތުރުން ސޫރިޔާގެ ދަނޑުބިންތަކަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯރޓް ކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ފާއިތުވީ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅަނގުން އަޅަމުން ދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސޫރިޔާގެ ފައިސާގެ އަގު ދަށަށް ދިއުމާއި، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލިގެން ދާ ދިއުން، މި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

2011 ވަނަ އަހަރު ސޫރިޔާގައި ފެށުނު ހަމަނުޖެހުންތަކުގެ ތެރޭގައި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން ކަމަށް ބުނެ، ހުޅަނގުގެ ބާރުތަކުން ސޫރިޔާގެ ސަރުކާރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. ނަމަވެސް ސޫރިޔާގެ ރައްޔިތުން ބުނާ ގޮތުގައި، އެ ފިޔަވަޅުތަކުގެ އަސަރު ކުރަމުން ދަނީ ސޫރިޔާގެ އާންމު ފަރުދުންނަށެވެ.

ބައެއް ދަނޑުވެރިން ދަނީ އެމީހަކަށް ވީ ވަރަކުން، ޒަމާނީ ޓެކްނޮލޮޖީގެ މަންފާ ހޯދޭތޯވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދަނޑުބިންތަކަށް ބޭނުންވާ ފެން ސަޕްލައި ކުރުމަށް އިރުގެ އަވިން ހަކަތަ ހޯދުމަށް ސޯލަރ ޕެނަލް ހަރުކޮށްފައިވެސް އެބަހުއްޓެވެ.

ޕިސްޓާޝިއޯ ކޯނިތައް ބިންނަނީ ކޮންމެ ދުވަހެއްގެވެސް ފަތިސް ވަގުތާއި އިރުއޮއްސޭ ވަގުތުގައެވެ. އެއީ ޤުދުރަތީ ގޮތުން، ޕިސްޓާޝިއޯގެ ބޭރު ދޮށިގަނޑު ފެޅިފައި ހުންނަ ވަގުތުތަކެކެވެ. ބިނަންވީ ގަހާ ދިމާއަށް ދަނޑުވެރިން މިސްރާބުކޮށްދޭ ސަމުގާއަކީ، އެ ޕިސްޓާޝިއޯގެ ތޮށިތައް ފެޅެމުންދާ އަޑެވެ.

ދަނޑުތަކުން ބިންނަ ޕިސްޓާޝިއޯ ކޯނިތައް ނޮޅާ ސާފުކޮށް، ކުޑަ-ބޮޑުމިނަށް ބައި ކުރެއެވެ. އަދި 50 ކިލޯގްރާމްގެ ބަސްތާތައް، "ޙަލަބު ޕިސްޓާޝިއޯ" ގެ ލޭބަލްގައި ބަންދު ކުރެއެވެ. އެއީ މުޅި މެދުއިރުމައްޗަށްވެސް މަޝްހޫރު ބްރޭންޑް އެކެވެ.

ދަނޑުން ލިބުނު ޕިސްޓާޝިއޯކޮޅެއް އަތަށް އަޅައިގެން، ހިތްހަމަނުޖެހިފައި ހުރި އެއް ދަނޑުވެރިއަކީ ޔޫސުފް އިބްރާހީމްއެވެ. މި ފަހަރު ލިބުނު ޕިސްޓާޝިއޯގެ ސައިޒް މާ ކުޑަ ކަމަށް ޔޫސުފް އިބްރާހީމް ބުނެއެވެ. އެކަށީގެންވާ ގޮތުގައި ދަނޑުތަކަށް ފެން ލިބޭނަމަ، އެކަން އެހެން ނުވީސް ކަމަށް އޭނާ ބުނެއެވެ.

މިއީ ސޫރިޔާގެ ގިނަ ދަނޑުވެރިންތަކެއްގެވެސް ޝަކުވާއެވެ. ދަނޑުބިންތަކުން ލިބޭ އުފެއްދުންތަކުގެ އަދަދު މަދުވެފައި ވާ އިރު، ސޫރިޔާގެ އާބާދީގެ ގިނަ ބަޔަކަށް، ކާބޯތަކެތީގެ ކަށަވަރުކަން ކުޑަވެފައި ވާ ކަމަށް އދއިންވެސް ވަނީ ބުނެފައެވެ.

ސޫރިޔާގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ އޮފިޝަލެއް ކަމަށް ވާ ޖިހާދު މުޙައްމަދު ވިދާޅުވާ ގޮތުގައި، ޕިސްޓާޝިއޯ ދަނޑުތަކަށް އެންމެ ބޮޑު އަސަރެއް ފޯރާފައި ވަނީ ހަނގުރާމައިގެ ސަބަބުންނެވެ. މައްސަލައަކީ ގަސް ކެނޑުމުގެ މައްސަލަ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.  

މި ހުރިހާ ގޮންޖެހުންތަކާއެކުވެސް، ސޫރިޔާގައި ޕިސްޓާޝިއޯ ހައްދާ ދަނޑުވެރިން ދަނީ ވީ ވަރަކުން ދުނިޔޭގެ ބާޒާރުތަކަށް، އެ ދަނޑުބިންތަކުގެ އުފެއްދުންތައް ވިއްކަމުންނެވެ. ސޫރިޔާގެ ޕިސްޓާޝިއޯ ވިއްކާ ބާޒާރުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިޞްރު، އުރުދުން އަދި ލުބްނާން ހިމެނޭ ކަމަށް ސޫރިޔާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ޔޫސުފް އިބްރާހީމް؛ ސޫރިޔާގެ ދަނޑުވެރިއެއްނާއިފް އިބްރާހީމް: ސޫރިޔާގެ ދަނޑުވެރިއެއްޕިސްޓާޝިއޯ ގަސްސީރިޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު