Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލްމާން ރުޝްދީއަށް ދިން ހަމަލާ

ސަލްމާން ރުޝްދީ ވެންޓިލޭޓަރުގައި، އެއް ލޮލުގެ ފެނުން ގެއްލިދާނެ: އޭޖެންޓް

13 އޯގަސްޓު 2022 | ހޮނިހިރު 03:54

ރުޝްދީއަށް ހަމަލާ ދިނީ އެމެރިކާގެ އިންސްޓިޓިއުޝަނެއްގެ ތެރޭގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 އޯގަސްޓު 2022 | ހޮނިހިރު 03:54
ސަލްމާން ރުޝްދީ

ސަލްމާން ރުޝްދީ

އިސްލާމް ދީނަށް ފާޑުކިޔައި ލިޔުންތަކެއް ލިޔެފައިވާ އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ، ސަލްމާން ރުޝްދީއަށް ހުކުރު ދުވަހު ދިން ހަމަލާއާއި ގުޅިގެން އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާގެ އޭޖެންޓް އެންޑްރޫ ވައިލީ ބުނެފިއެވެ.

ވައިލީ ނެރުނު ސްޓޭޓްމަންޓް އެއްގައި ބުނީ ރުޝްދީގެ ހާލު ރަނގަޅު ނޫން ކަމަށެވެ. އޭނާއަށް ދިން ހަމަލާއާއި ގުޅިގެން އަތުގެ ނާރުތައް ހަލާކުވެފައިވާ ކަމަށާއި ލިވަރއަށް ވަޅި ހެރުމުން ލިވަރ އަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އެއް ލޮލުގެ ފެނުން ގެއްލިގެންދިއުން ގާތް ކަމަށް ވެސް އޭނާގެ އޭޖެންޓް ވަނީ ބުނެފައެވެ.

ރުޝްދީއަށް ހަމަލާ ދީފައިވަނީ ހުކުރު ދުވަހު އެމެރިކާގެ ޝަޓޯކުވާ އިންސްޓިޓިއުޝަން ގައި ލެކްޗަރއެއް ދިނުމަށް ގޮސް ހުއްޓައެވެ. އޭނާސްޓޭޖަށް އަރަން ދިޔަ ވަގުތު މީހަކު ފަހަތުން އައިސް ހަމަލާ ދިން ކަމަށް މަންޒަރު ދުށް މީހުން ބޭރުގެ މީޑިއާތަކަށް ކިޔައިދީފައިވާއިރު އެމެރިކާގެ ފުލުހުން ވެސް ވަނީ އޭނާއާށް ވަޅިން ހަމަލާ ދީފައިވާ ކަމަށްބުނެފައެވެ.

އެމެރިކާގެ ފުލުހުންނާއި ހަވަލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ އޭނާ ކަރަށް މަދުވެގެން އެއް ފަހަރު ވަޅި ހަރާފައިވާ ކަމަށެވެ. އަދި ބަނޑަށް ވެސް މަދުވެގެން އެއް ފަހަރު ވަޅި ހަރާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އޭނާއަށް ހަމަލާ ދިނުމުން އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ ހެލިކަޕްޓަރުގައެވެ.

އޭނާ ހޮސްޕިޓަލް އަށް ގެންދިޔުމުށް ގިނަ އަދަދެއްގެ ސަރޖަރީތައް ހައްދާފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ރުޝްދީއަށް ހަމަލާދިން މީހާ ވަނީ އެ ސަރަހައްދުން އަތުލައިގެންފައެވެ. އެގޮތުން، އޭނާއަށް ހަމަލާދިން ކަމުުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ނިއުޖަރޒީއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ހާދީ މަތާރު އެވެ. އަދި މިހާތަނަށް ހަމަލާގެ ފަހަތުގައިވާ ސަބަބެއް ހޯދިފައިނުވާ ކަމަށާއި ނަމަވެސް މަތާރު މަސައްކަތް ކުރީ އެކަނި ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ފުލުހުން ވަނީ ބުނެފައެވެ.

ރުޝްދީއަށް ހަމަލާ ދިން ވަގުތު އެތަނުގައި ހަރަކާތްތެރިވި އެސޯސިއޭޓް ޕްރެސްގެ ނޫސްވެރިޔަކު ބުނި ގޮތުގައި ރުޝްދީއަށް 6 ނޫނީ8 ފަހަރު ވަޅިން ހަމަލާދިނެވެ. އޭނާ އަށްހަމަލާ ދޭން ފެށުމުން އެތަނުގައި ތިބި މީހުން ތިބީ ހަދާނެ ގޮތެއް ނޭނގިފައި ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްލާމް ދީނަށް ފާޑުކިޔައި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ރުޝްދީ މަޝްހުރުވެފައިވަނީ އޭނާގެ "ދަ ސެޓެނިކް ވަރސަސް" ފޮތާ ގުޅިގެންނެވެ. އެ ފޮތްމުސްލިމް ބައެއް ޤައުމުތަކުން މަނާ ކޮށްފައިވާއިރު އެ ފޮތާ ގުޅިގެން 1980 ވަނަ އަހަރު އީރާނުން ވަނީ އޭނާ މަރާލަން ޖެހޭ ކަމަށް ބުނެ ފަތުވާ ވެސް ނެރެފައެވެ.

ސަލްމާން ރުޝްދީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2022

ސަލްމާން ރުޝްދީއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަކީ އާޔަތުﷲ ޚުމައިނީއަށް ތާއީދުކުރާ މީހެއް

18 އޯގަސްޓު 2022
ސަލްމާން ރުޝްދީއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަކީ އާޔަތުﷲ ޚުމައިނީއަށް ތާއީދުކުރާ މީހެއް
13 އޯގަސްޓު 2022

ސަލްމާން ރުޝްދީއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލައިފި

13 އޯގަސްޓު 2022
ސަލްމާން ރުޝްދީއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލައިފި
12 އޯގަސްޓު 2022

އިސްލާމް ދީނަށް ފާޑު ކިޔާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ހަމަލާދީ ޒަހަމް ކޮށްލައިފި

12 އޯގަސްޓު 2022
އިސްލާމް ދީނަށް ފާޑު ކިޔާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ހަމަލާދީ ޒަހަމް ކޮށްލައިފި
08 އެޕްރީލު 2018

މުހައްމަދު ބިން ސަލްމާން ޕެރިހަށް ވަޑައިގަންނަވާއިރު އެޖެންޑާގެ ކުރީގައި އީރާން، ޤަތަރު މައްސަލަ

08 އެޕްރީލު 2018
މުހައްމަދު ބިން ސަލްމާން ޕެރިހަށް ވަޑައިގަންނަވާއިރު އެޖެންޑާގެ ކުރީގައި އީރާން، ޤަތަރު މައްސަލަ
04 އެޕްރީލު 2018

ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރަން އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ: ރަސްގެފާނު ސަލްމާން

04 އެޕްރީލު 2018
ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރަން އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ: ރަސްގެފާނު ސަލްމާން
24 ނޮވެމްބަރު 2017

އީރާނުގެ ރޫޙާނީ ލީޑަރަކީ މިޒަމާނުގެ ހިޓްލަރު: މުހައްމަދު ބިން ސަލްމާން

24 ނޮވެމްބަރު 2017
އީރާނުގެ ރޫޙާނީ ލީޑަރަކީ މިޒަމާނުގެ ހިޓްލަރު: މުހައްމަދު ބިން ސަލްމާން
06 ނޮވެމްބަރު 2017

ސަލްމާން ރަސްގެފާނާ ސާދު ހަރީރީ ބައްދަލުކުރައްވައިފި

06 ނޮވެމްބަރު 2017
ސަލްމާން ރަސްގެފާނާ ސާދު ހަރީރީ ބައްދަލުކުރައްވައިފި
22 އޮކްޓޯބަރު 2017

ސައުދީ ވަލީއަޙުދު ސަލްމާން އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވިކަން ފަޅާއަރައިފި

22 އޮކްޓޯބަރު 2017
ސައުދީ ވަލީއަޙުދު ސަލްމާން އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވިކަން ފަޅާއަރައިފި
04 އޮކްޓޯބަރު 2017

ތާރީޚީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ރަޝިއާ އަށް ވަޑައިގަންނަވަނީ

04 އޮކްޓޯބަރު 2017
ތާރީޚީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ރަޝިއާ އަށް ވަޑައިގަންނަވަނީ
17 އޯގަސްޓު 2017

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017
ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް