Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ރަސްގެފާނު ސަލްމާން

ތާރީޚީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ރަޝިއާ އަށް ވަޑައިގަންނަވަނީ

ސައުދީ އަރަބިއްޔާ އާއި ރަޝިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ދެ ޤައުމު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 10:30
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަަޒީޒް

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަަޒީޒް

ތެލާއި އިންވެސްޓްމަންޓް އަދި ސީރިއާ އާގުޅޭ މަޝްވަރާތައް ބޭއްވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު، ތާރީޚީ ދަތުރުފުޅެއްގައި ރަޝިއާ އަށް ވަޑައިގެންނެވުމަށް ތައްޔާރުވެއްޖެ އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ރަޝިއާ އަށް ވަޑައިގަންނަވަނީ ރަޝިއާގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބުރާސްފަތި ދުވަހު ފަށާ މިމަޝްވަރާތަކުގައި ތެޔޮ އުފެއްދުމުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ އިތުރުން، ސީރިއާ އަދި އީރާނުގެ މައްސަލަ އާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ތަޙުތުގައި އިންނެވި ސައުދީ ރަސްކަލަކު ރަޝިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާ އާއި ރަޝިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ދެ ޤައުމެވެ. ސައުދީ ރަސްގެފާނުގެ މިދަތުރުފުޅުގައި ރަޝިއާ އާއެކު ބާއްވާ ވާހަކަތަކުގެ ތެރޭގައި ޤުދުރަތީ ގޭހުގެ ޕްރޮޖެކްޓާއި، ޕެޓްރޯކެމިކަލް ޕްލާންޓް އާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، ހަކަތައިގެ މަޝްރޫޢުތަކުގައި ދެޤައުމު ގުޅިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމުގެ ރޭވުމާއިމެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ސައުދީ ރަސްގެފާނުގެ ރަޝިއާ ދަތުރުފުޅުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއެކު ކްރެމްލިންގައި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި، ތެލުގެ އަގު ދަށްވަމުންދާ މައްސަލާގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސައުދީ އާއި ރަޝިއާ ގުޅިގެން ތެލުގެ ސިނާޢަތާއި ބެހޭ ޖަމިއްޔާ (އޯޕެކް) އިން ވަނީ، ތެލުގެ އަގު ވެއްޓެމުންދާ މައްސަލައިގައި އަންނަ މާޗް މަހުގެ ނިޔަލަށް ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ތެޔޮ އުފައްދާ އެހެން ޤައުމުތަކާއެކު އެއްބަސްވެފަ އެވެ.

އެހެންނަމަވެސް ސީރިއާގެ މައްސަލާގައި މި ދެޤައުމުގެ ޚިޔާލު ތަފާތެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަޞަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ފަރާތްތަކަށް ސައުދީގެ ތާޢީދު އޮތްއިރު، ރަޝިއާ އަދި އީރާނުންގެ އަސްކަރިއްޔާ އިން ވާގިވެރިވަނީ ބައްޝާރުގެ ސަރުކާރަށެވެ. އީރާނަކީ މެދުއިރުމަތީގައި ސައުދީގެ އެންމެ ބޮޑު ހަތުރެވެ.

ހޯމަ ދުވަހު ދިން އިންޓަރވިއުއެއްގައި ރަޝިއާގެ ހަކަތައާއި ބެހޭ ވަޒީރު އެލެގްޒެންޑަރ ނޯވާކް ވަނީ، ހަކަތައިގެ މަޝްރޫޢުތަކުގައި އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ރާވާފައިވަނީ ތެލާއި ގޭސް އަދި ކަރަންޓާއި އިޢާދަކުރަނިވި ހަކަތައާއި އެހެނިހެން މަޝްރޫޢޫތަކުގައި ދެޤައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ ބައެއްގެ ގޮތުގައި ކަމަށެވެ.

އަދި ރަޝިއާގެ ކުންފުނިތަކުން ސައުދީ އަރަބިއްޔާގައި ތެޔޮ ވަޅުތައް ކޮނުމުގެ ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން ސައުދީ އެރަމްކޯ އާއެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، ސާފުނުކުރާ ތެލުގެ ވިޔަފާރީގައި ރަޝިއާގެ ތެޔޮ ކުންފުނި ރޮސްނެފްޓްގެ ޝައުޤުވެރިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

ރަޝިއާގެ އިޤްތިޞާދީ ވަޒީރު މެކްސިމް އޮރެޝްކިން އަންގާރަ ދުވަހު ވިދާޅުވީ، ސައުދީން ބިނާ ކުރުމަށް މަސައްކަތް ކުރަމުންދާ ނިއުކްލިޔަރ ހަކަތައިގެ ޕްލާންޓަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، މީގެ އިތުރުން ރަޝިއާގެ ޝިޕިންގ ކުންފުނި ސޮވްކޮމްފްލޮޓްގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ސައުދީ އަށް ހުށަހަޅާނެ ކަމަށެވެ.

ރަސްގެފާނަށް މަރުޙަބާ ކިޔުމަށް މޮސްކޯގެ މަގުތައް ވަނީ އަރަބި ބަހާއި ރަޝިއާ ބަހުން މަރުޙަބާގެ މެސެޖުތަކާއެކު ބިލްބޯޑުތަކުން ޒީނަތްތެރި ކޮށްފައެވެ.

ރަސްގެފާނުގެ ދަތުރުފުޅުގައި ރަޝިއާގައި ބާއްވާ ވިޔަފާރީގެ ފޯރަމްގައި، ސައުދީގެ އިސް ވަޒީރުންނާއި ސަރުކާރު ޙިއްސާވާ ހަކަތައިގެ ކުންފުނިތައް ކަމަށްވާ ސައުދީ އަރަމްކޯ އާއި ގެޒްޕްރޮމްގެ އިސް ވެރިން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސައުދީގެ އިޤްތިޞާދު ތެލަށް ބަރޯސާ ވުން ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ 2030ގެ ތަސައްވުރާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީ ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާން، އެޤައުމުގެ ވަލީޢަޙުދުގެ މަޤާމަށް އައްޔަން ކުރުމުގެ ކުރިން މިދިޔަ މެއި މަހު ވަނީ ރަޝިއާ އަށް ވަޑައިގަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު