Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލްމާން ރުޝްދީއަށް ހަމަލާދިން މީހާ

ސަލްމާން ރުޝްދީއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަކީ އާޔަތުﷲ ޚުމައިނީއަށް ތާއީދުކުރާ މީހެއް

18 އޯގަސްޓު 2022 | ބުރާސްފަތި 02:17

އިރާނުން ވަނީ ސަލްމާން ރުޝްދީއަށް ދިން ހަމަލާގައި އެގައުމުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ބުނެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އޯގަސްޓު 2022 | ބުރާސްފަތި 02:17
ސަލްމާން ރުޝްދީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހާދީ މަތާރު

ސަލްމާން ރުޝްދީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހާދީ މަތާރު

އިސްލާމް ދީނަށް ފާޑުކިޔައި ލިޔުންތައް ލިޔެފައިވާ ސަލްމާން ރުޝްދީއަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާއަކީ އިރާނުގެ ކުރީގެ ރޫހާނީ ލީޑަރ އާޔަތުﷲ ޚުމައިނީއަށް ތާއީދުކުރާ މީހެއްކަމަށް އެމީހާ ބުނެފިއެވެ.

ނިއު ޔޯކް ޕޯސްޓަށް ވީޑިއޯ މެދުވެރިކޮށް ދިން އިންޓަރވިއުގައި ސަލްމާން ރުޝްދީއަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހާދީ މަތާރު ބުނީ އޭނާ އާޔަތުﷲ ޚުމައިނީ އަށް އިޚުތިރާމްކުރާ ކަމަށެވެ. އަދި ސަލްމާން ރުޝްދީ އޭނާގެ ލިޔުންތަކުގެ ބޭނުންކޮށްގެން އިސްލާމްދީނަށް އިހާނެތިކޮށް ކަންކުރާކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.

އިރާނުން ވަނީ ސަލްމާން ރުޝްދީއަށް ދިން ހަމަލާގައި އެގައުމުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ބުނެފައެވެ.

ސަލްމާން ރުޝްދީއަކީ މަރާލަންޖެހޭ މީހެއްކަމަށް ބުނެ 1989ގައި ޚުމައިނީ ވަނީ ފަތުވާއެއް ނެރެފައެވެ. މިހާތަނަށްވެސް އިރާނުން އެފަތުވާ ބާތިލުކޮށްފައެއްނުވެއެވެ.

ޖަލުގައި ހުރެގެން ނިއު ޔޯކް ޕޯސްޓާ ވާހަކަދައްކަމުން ހާދީ ބުނީ އާޔަތުﷲ އަކީ ވަރަށް ރަނގަޅު މީހެއްކަމަށް އޭނާ ގަބޫލުކުރާ ކަމަށާއި އާޔަތުﷲ އަށް އިހުތިރާމްކުރާކަމަށެވެ.

ރުޝްދީއަށް ހަމަލާ ދީފައިވަނީ ހުކުރު ދުވަހު އެމެރިކާގެ ޝަޓޯކުވާ އިންސްޓިޓިއުޝަނުގައި ލެކްޗަރެއް ދިނުމަށް ގޮސް ހުއްޓައެވެ. އޭނާ ސްޓޭޖަށް އަރަން ދިޔަ ވަގުތު މީހަކު ފަހަތުން ގޮސް ހަމަލާ ދިންކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ސަލްމާން ރުޝްދީއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާގެ އޭޖެންޓް އެންޑްރޫ ވައިލީ ވަނީ ކުރިން ބުނެފައެވެ. ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާކަމަށާއި ވާހަކަދެއްކޭކަމަށް ސަލްމާން ރުޝްދީގެ އެޖެންޓް ވަނީ ބުނެފައެވެ. ނަމަވެސް ހަށިގަނޑުގެ 10 ތާކަށް ވަޅި ހަރާފައިވުމުގެ ސަބަބުން އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ދެން އުޅެންޖެހޭނީ އެޒަޚަމްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއެކު ކަމަށާއި އެއް ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތުވެސް އެބައޮތްކަމަށް އެޖެންޓް ވަނީ ބުނެފައެވެ.

މިހަމަލާއާ ގުޅިގެން އީރާންގެ މީޑިޔާގައި އެކިގޮތްގޮތަށް ވާހަކަތައް ހުރި ނަމަވެސް، ހޯމަ ދުވަހު ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާނީ ވަނީ، އެހަމަލާއާ އީރާނާ ގުޅުވުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ބުނެފައެވެ. ތަރުޖަމާނު ބުނީ، ބަސްބުނުމުގެ މިނިވަން ކަމުގެ ނަމުގައި އިސްލާމް ދީނަށް އިހާނެތިވާގޮތަށް ސަލްމާން ރުޝްދީއަށްވެސް ލިއުންތައް ނުލިޔެވޭނެކަމަށެވެ. އަދި މިހަމަލާއާ ގުޅިގެން އީރާނުން ކުށްވެރިކުރާނީ ހަމައެކަނި ލިއުންތެރިޔާއާއި އޭނާގެ ސަޕޯޓަރުން ކަމަށާއި، މިހަމަލާއާއި ގުޅޭގޮތުން މީޑިޔާގައި ހާމަވި އެއްޗެއް ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އީރާނަށް ނޭނގޭކަމަށްވެސް ބުނެފައިވެއެވެ.

ނިއުޔޯކް ޕޯސްޓާ ވާހަކަދައްކަމުން ހާދީ ވަނީ އިރާނުގެ ރިވޮލިޔުޝަނަރީ ގާޑާ އެއްވެސް ގުޅުމެއް ނޯންނަކަމަށް ބުނެފައެވެ. އަދި ސަލްމާން ރުޝްދީ ލިޔެފައިވާ "ދަ ސެޓަނިކް ވަރސަސް"ގެ ކުޑަ މިންވަރެއް ކިޔާފައިވާކަމަށާއި ސަލްމާން ރުޝްދީގެ ވީޑިއޯ ޔޫޓިޔުބުން ބަލާފައިވާކަމަށެވެ. އަދި ރުޝްދީ އަކީ އޭނާ އަށް އެއްގޮތަކަށްވެސް ކަމުދާ މީހެއް ނޫންކަމަށް ވަނީ ބުނެފައެވެ.

1988 ވަނަ އަހަރު  އޭނާ ލިޔުނު ލިޔުނު ފޮތް "ދަ ސެޓަނިކް ވަރސަސް"ގެ ސަބަބުން ފާއިތުވި 30ށް ވުރެ ގިނަ އަހަރު އޭނާއަށް ވަނީ މަރުގެ އިންޒާރުތައް ލިބިފައެވެ. އެއާއެކު އޭނާ އުޅެމުންދިޔައީ ފިލައިގެންނެވެ.

ސަލްމާން ރުޝްދީއީރާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް