Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގުން އަޅާ ސަބްމެރިން ކޭބަލް

ސަބްމެރިން ކޭބަލްގެ ލޭންޑިންގ ސްޓޭޝަން އަޅަން ދިރާގުން ބިމެއް ހޯދައިފި

މިއީ 19،200 ކިލޯމީޓަރުގެ ކޭބަލެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2022 | ހުކުރު 13:28
ދިރާގާއި އެޗްޑިސީއާއި ދެމެދު ވެވުނު އެއްބަސްވުން

ދިރާގާއި އެޗްޑިސީއާއި ދެމެދު ވެވުނު އެއްބަސްވުން

ރާއްޖެ އަށް ހައި ސްޕީޑް އިންޓަރނެޓުގެ ޚިދުމަތް ދިނުމަށް ދިރާގުން އަޅާ "ގްލޯބަލް ސުޕާ ހައިވޭ ސީމީވީ 6" ސަބްމެރިން ކޭބަލްއާއި ގުޅާލާ ލޭންޑިން ސްޓޭޝަން އެޅުމަށް އެ ކުންފުންޏަށް އެޗްޑީސީ އިން ބިމެއް ކުއްޔަށް ދޫކޮށްފިއެވެ.

ބިން ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދުއެވެ.

Advertisement - businessAdvertisement

ދިރާގުން ބުނީ އެ ސަބްމެރިން ކޭބަލް އަކީ ދުނިޔޭގެ 13 ގްލޯބަލް ޓެލެކޮމް އަދި ޓެކް ކުންފުންޏަކާ ސީދާ ގުޅުވާދޭނެ ކޭބަލެއް ކަމަށެވެ. މި އަހަރު ކުރީކޮޅު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އެ ކޭބަލުގެ ޒަރީއާއިން ދެކުނު އޭޝިއާ އާއި ޔޫރަޕު ސަރަހައްދުގައި ހިމެނޭ އެ ކުންފުނިތަކުގެ މައި އިންޓަރނެޓު އެކްސްޗޭންޖު ޕޮއިންޓުތަކަށާއި ޑޭޓާ ސެންޓަރުތަކަށް އެކްސެސް ވެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން ރާއްޖެއާ ގުޅާދޭން މަސައްކަތް ކުރާ ސަބްމެރިން ކޭބަލްއަކީ 19،200 ކިލޯމީޓަރުގެ ކޭބަލް އެއް ކަމަށެވެ. މި ކޭބަލްގެ ޒަރީއާއިން ދެކުނު އިރުމަތީ އޭޝިއާ އާއި ޔޫރަޕްއާއި ހުޅަނގުގެ 11 ގައުމެއްގެ ގްލޯބަލް ހަބުތަކާ ރާއްޖެ ގުޅުވައިދޭނެއެވެ.

ދިރާގުން ބުނީ ހުޅުމާލެއިން ހޯދި ބިމުގައި އެ ސަބްމެރިން ކޭބަލް ރާއްޖެއާއި ގުޅާދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް އަޅާ މި ކޭބަލް ސިސްޓަމްގެ މަސައްކަތް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.

މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމަންޓް އެކެވެ. ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަރނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން ފައިވް-ޖީ ފަދަ އަލަށް ތައާރަފުވާ ޓެކްނޮލޮޖީތަކާއި އާރޓިފިޝަލް އިންޓެލިޖެންސްއާއި އޭއާރުގެ ކުރިއެރުންތައް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

ދިރާގުހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު