Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްބިއުލާންސްގެ ޑްރައިވަރަށް މާލެތެރެ ނޭނގޭ!

އެމްބިއުލާންސްގެ ޑްރައިވަރަށް މާލެތެރެ ނޭނގޭ!

އެމްބިއުލާންސްތަކުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 އޯގަސްޓު 2022 | ބުދަ 10:07
ރާއްޖެއަށް ގެނައި އެމްބިއުލާންސްތަކެއް

ރާއްޖެއަށް ގެނައި އެމްބިއުލާންސްތަކެއް

ބަލި މީހަކު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަކަށް ގުޅާނީ އިމަރޖެންސީ ހާލަތެއްގައެވެ. ހޮސްޕިޓަލުތަކުގައި އެމްބިއުލާންސް އޮތުމުގެ ބޭނުމަކީ ވެސް އެއީއެވެ. އެހެންކަމަށްވާނަމަ އެ އަވަސް ޚިދުމަތް ފޯރުކޮށްދޭން ތިބެންވާނީވެސް އެކަމަށް ގާބިލު މީހުންނެވެ. ނަމަވެސް ބައެއް ފަހަރު ފެނިގެންދާ މަންޒަރުތަކުން، މި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމަށް އެންމެ ގާބިލު މީހުން ކަމާމެދު ސުވާލު އުފެދެއެވެ.

ދާދި ފަހުން މާލޭގައި މީހަކު ވަރަށް ބޮޑަށް ބަލިވެގެން އެމްބިއުލާންސަކަށް ގުޅުމުން ކަންތައްވީ، އެފަދަ އިމަރޖެންސީ ހާލަތެއްގައި ކަންކަންވާން ޖެހޭ ގޮތަކަށް ނޫނެވެ. އެމްބިއުލާންސަށް ގުޅައި އިމަރޖެންސީ ހާލަތެއްކަން ކިޔައިދިނުމަށްފަހު އެމްބިއުލާންސް ފޮނުވަންވީ ތަން ކިޔައިދިނުމުން، ފޯނު ނެގި ފަރާތަށް އެ އެޑްރެސް ނޭނގޭކަމަށް ބުންޏެވެ. މާލެއަކީ ގިނަ އަދަދެއްގެ ގެތައް ހުންނަތަނަކަށްވުމުންނާއި އެއްވައްތަރުގެ ނަން ކިޔާ ގެތައްވެސް ހުންނަ ތަނަކަށްވުމުން ސީދާ އެޑްރެސް ބުނުމުން ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ، ބިލްޑިންގ ހުންނަ ތަނާއި ބިލްޑިންގ ކައިރީގައި ފާހަގަކުރެވޭ ތަންތަންވެސް އެ މީހާ އެމްބިއުލާންސަށް ކިޔައިދިނެވެ.

ނަމަވެސް އަނެއްކާވެސް ޖަވާބުގައި އައީ އަދިވެސް އެ ބިލްޑިންގ ހުންނަތަން ނޭނގޭކަމެވެ. އެއަށްފަހު ހޮސްޕިޓަލުން އެ ބިލްޑިންގަށް ދެވެން އޮންނަ މަގުވެސް، ބަލި މީހާ ކައިރީގައި އެހީވާން ހުރި މީހާ އެމްބިއުލާންސަށް ކިޔައިދިނެވެ.

ބަލި މީހާގެ ހާލަތު ގޯސްވަމުންދާތީ އެމްބިއުލާންސް ވީހާވެސް އަވަހަށް ފޮނުވައިދިނުމަށް އެދުމުން ބަލިމީހާއަށް ކިހިނެއްވީތޯ ހޮސްޕިޓަލުން ސުވާލުކުރިއެވެ. ޖަވާބުގައި އޭނާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނުމުން، އެ ބަލި މީހާ ދެއްކީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކަށްތޯއާއި އޭނާ ދެއްކި ޑޮކްޓަރުގެ ނަން ހޮސްޕިޓަލުން އެހިއެވެ. އެ ސުވާލުތަކުގެ ޖަވާބު ދިނުމުން އެމްބިއުލާންސް ފޮނުވަނީ ކަމަށްބުނެ ފޯނު ބޭއްވީއެވެ. ނަމަވެސް ހިނގާފައި 5 މިނެޓުގެ ދުރުމިނުގައި ދެވެން ހުރި ހޮސްޕިޓަލުން އެމްބިއުލާންސަށް އެ ބިލްޑިންގއާ ހަމައަށް ދިއުމަށް 10 ވަރަކަށް މިނެޓް ނެގިއެވެ.

އެމްބިއުލާންސްގެ ޑްރައިވަރަށް އެ ބުނިތަން އޭރުވެސް ރަނގަޅަށް ނޭނގޭތީ އޭނާ އެމްބިއުލާންސް ބޭއްވީ ބިލްޑިންގ ހުންނަ މަގުގައެވެ. އެއަށްފަހު ގުޅައި، ބަލި މީހާ ތިރިއަށް ބޭލުމަށް ބުނުމުން އެކަމުގައި އެހީވެވޭނެތޯ އޭރު ބަލި މީހާކައިރީގައި ހުރި މީހާ އެމްބިއުލާންސްގެ ޑްރައިވަރާ ސުވާލު ކުރިއެވެ. ނަމަވެސް ސުވާލު ކުރަމުންދަނިކޮށް ޖަވާބުނުދީ ފޯނު ކަނޑާލީއެވެ.

އެމްބިއުލާންސްތައް ދުއްވާ ބައެއް ޑްރައިވަރުންނާއި ބައެއް ހޮސްޕިޓަލުތަކުން މި ޚިދުމަތް ދިނުމުގައި ބައެއްފަހަރު އިހުމާލުވާ ވާހަކަތަކަކީ ދޭތެރެދޭތެރެއިން އިވޭ އަޑުތަކެކެވެ. އެގޮތުން، ދާދިފަހުން ޅ. ނައިފަރުގައިވެސް އެފަދަ ކަމެއް ހިނގައި މީހަކު މަރުވިކަމަށް، އެމީހާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އެމީހާ ވެއްޓުމުން ވަގުތުން އެމްބިއުލާންސަށް ގުޅިކަމަށާއި، ނަމަވެސް ފޯނަށް ޖަވާބު ނުދޭކަމަށް މަރުވި މީހާގެ ކޮއްކޮ ވަނީ ބުނެފައެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ގާޑިޔަލެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމުން، އެތެރެއަށް ވައްދަންވެސް އެމްބިއުލާންސްގެ މީހެއްގެ ނުވަތަ ހޮސްޕިޓަލުގެ މީހެއްގެވެސް އެހީތެރިކަން ނުލިބޭކަމަށްވެސް މަރުވި މީހާގެ ކޮއްކޮ ބުންޏެވެ.

މިއީ އިމަރޖެންސީ ހާލަތެއްގައި ޚިދުމަތް ދޭން ތިބޭ ބައެއްގެ ފެންވަރު ހުންނަންޖެހޭ މިންވަރެއް ނޫނެވެ. އެފަދަ ޚިދުމަތެއް ދޭ މީހަކަށް، އެ ޚިދުމަތް ދޭ ރަށް ވަރަށް ރަނގަޅަށް އެނގެންވާނެއެވެ. އަދި ބަލި މީހާއަށް އަމިއްލައަށް ހިނގާފައި އެމްބިއުލާންސާ ހިސާބަށް ނުދެވޭނަމަ، އެމްބިއުލާންސްގެ ޑްރައިވަރު ނުވަތަ އެހީތެރިއަކު އޭނާއަށް އެ އެހީތެރިކަންވެސް ފޯރުކޮށްދޭން ޖެހޭނެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2021

ފިޓްނަސްގެ ދާއިރާގައި 27 އަހަރު، ފިޓް ބައި ނާހީ ނޭނގޭ މީހެއް ނުހުންނާނެ!

03 މާރިޗު 2021
ފިޓްނަސްގެ ދާއިރާގައި 27 އަހަރު، ފިޓް ބައި ނާހީ ނޭނގޭ މީހެއް ނުހުންނާނެ!
11 ޖެނުއަރީ 2020

ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

11 ޖެނުއަރީ 2020
ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!
09 ނޮވެމްބަރު 2019

އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

09 ނޮވެމްބަރު 2019
އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!
20 އޯގަސްޓު 2018

އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

20 އޯގަސްޓު 2018
އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
28 ޖެނުއަރީ 2018

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

28 ޖެނުއަރީ 2018
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު