Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީ ޚިޔާނާތް

އަދީބު ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެންދެވިތަން ދުށިން: ނާޒިމް

އާންމުކޮށް އަދީބު ފައިސާ ހޯއްދަވަމުންގެންދެވީ ޗެކް ދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2022 | އަންގާރަ 13:52
ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގެތެރެއިން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގެތެރެއިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު، ރައީސް ޔާމީނުގެ ގެކޮޅު ހ. ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެންގޮސްދެއްވިކަމަށް، ރައީސް ޔާމީނުގެ ގާތް އެކުވެރިއެއްގެ ގޮތުގައި އުޅުއްވި އަހުމަދު ނާޒިމް މިވަނީ ވިދާޅުވެފައެވެ.

ދިއްގަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ނާޒިމް އެހެން ވިދާޅުވީ، ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމުގައެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމާއި، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

އެމަނިކުފާނުގެ ގެކޮޅަށް ފައިސާ ވަންކަމަށް ޚުދު ރައީސް ޔާމީނު އަމިއްލަފުޅަށް ދައްކަވަމުން ގެންދެވި ވާހަކަފުޅަށް، ނާޒިމްގެ ހެކިބަހުން މިވަނީ ވަރަށް ބޮޑަށް ބާރުލިބިގެންގޮސްފައެވެ.

ނާޒިމް ވިދާޅުވިގޮތުގައި، އަދީބު ވިޔަފާރިވެރިން އަތުން ފައިސާ ނަންގަވާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. އެ ހުރިހާ ކަމެއް ހިނގީ ރައީސް ޔާމީނުގެ ކުރިފުޅުމަތީގައިކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ ހާޒިރުގައި އަދީބު ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެންދެވިކަމަށެވެ. އާންމުކޮށް އަދީބު ފައިސާ ހޯއްދަވަމުންގެންދެވީ ޗެކް ދެއްވާފައިކަމަށާއި، އެއީވެސް އެގޮތަށް މަގުބޫލު ވިޔަފާރިވެރިއެއްގެ އަތުން ހޯއްދެވި ޗެކެއްކަމަށް ވިދާޅުވިއެވެ.

އެ ފައިސާ ގެނެސްދެއްވީ ކެމްޕޭނަށް ފައިސާއަށް ބޭނުންޖެހިފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ، ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރައީސް ޔާމީނުގެ ރިޔާސީ ކެމްޕޭންގެ ޚަރަދުތައް ފޫބެއްދެވިކަމަށްވެސް, ތަކުރާރުކޮށް ޝަރީއަތުގައި ވިދާޅުވެފައެވެ.

އެހެންނަމަވެސް އޭރު އެކަންކަމަށް ރައީސް ޔާމީނު ފިޔަވަޅު އަޅުއްވާފައިނުވާތީ، ޝަރީއަތުގައި ނާޒިމް ވަނީ ތަކުރާރުކޮށް އެކަން ފާހަގަކުރައްވާފައެވެ. އޭރު ފިޔަވަޅުއެޅުއްވިނަމަ އެމްއެމްޕީއާރްސީ ފަދަ ބޮޑު ޚިޔާނާތެއް ހިންގިޔަނުދީ ހުއްޓުވުނީސްކަން ނާޒިމް ފާހަގަކުރައްވައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް، 2015ގައި ސުޕްރީމް ކޯޓުން އިއްވާފައިވެއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ރިވިއުކުރުމަށްފަހު ހުކުމް ބާތިލުކޮށްފައެވެ. އެއީ ވެރިކަން ބަދަލުވިފަހުންނެވެ.

ނާޒިމް ސިފަކުރެއްވިގޮތުގައި، އޭނާއާ ރައީސް ޔާމީނާ ދެމެދު މިއަދު ކުރީގެ އެކުވެރި ގުޅުން ނެތީ، ނާޒިމްއަކީ މުއުމިނަކަށްވާތީއެވެ. އެގޮތުން މުއުމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރު ކައްޓެެއް ނުޖެހޭނެކަމަށް ވިދާޅުވެ، ރައީީސް ޔާމީނުގެ އެންމެ އަރިސްކޮށް އުޅުއްވި އެކުވެރިޔާ މިވަނީ ރައީސް ޔާމީނުގެ ފަތިފުށް ކޯޓުގައި ވިދާޅުވެދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ އާއިލާގެ ރުޅި މަޑު!

އަދީބުގެ އާއިލާގެ ރުޅި މަޑު!

26 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

16 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު