Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޒެލެންސްކީގެ ވިސްނުންފުޅު މިހާރު ހައްދުފަހަނައަޅައި ހިނގައްޖެ: ރަޝިއާ

9 އޯގަސްޓު 2022 | އަންގާރަ 18:11

ހަނގުރާމައިގެ ޒިންމާ ރަޝިއާގެ ހުރިހާ ރައްޔިތުން ނަގަންޖެހޭނެކަމަށް ޒެލެންސްކީ ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 އޯގަސްޓު 2022 | އަންގާރަ 18:11
ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ, ރަޝިއާގެ ރައްޔިތުން ހުޅަނގަށް ދަތުރުކުރުން މަނާކުރުމަށް ގޮވާލެއްވި ގޮވާލެއްވުމަކީ ދެކޮޅުޖެހޭކަމެއް ނޫންކަމަށް ރަޝިއާއިން ބުނެފިއެވެ.

ޒެލެންސްކީގެ ވާހަކަފުޅުތަކަކީ ދެކޮޅުޖެހޭ ވާހަކަފުޅުތަކެއް ނޫންކަމަށް ބުނެ ރަޝިއާއިން ވަނީ، ދުވަސްކޮޅަކުން ޒެލެންސްކީގެ ވާހަކަފުޅުތަކާހުރެ، ދައްކަންޖެހޭ ބިލްތައް ދެއްކުމުގައި ޔޫރަޕަށް ގޮތެއް ނިންމަންޖެހޭނެ ކަމަށް ބުނެފައެވެ.

ދަ ވޮޝިންގްޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވަނީ، ހުޅަނގުގެ ގައުމުތަކަށް ރަޝިއާގެ ރައްޔިތުން އެތެރެވިޔަނުދިނުމަށް ޔޫރަޕުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. ޒެލެންސްކީ ވަނީ މިއީ ރަޝިއާގެ ރައީސްގެ އަމަލުފުޅުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ދޭހަވާ އިބާރާތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރަޝިއާގެ ވިސްނުން ބަދަލުވަންދެން އެގައުމު އެކަހެރިކޮށްލަންޖެހޭކަމަށް ޒެލެންސްކީ ވިދާޅުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކޮންމެ މީހަކު ނަމަވެސް، ރަޝިއާ މީހެއްނަމަ، އަނބުރާ ގައުމަށް ފޮނުވާލުމަށް ޒެލެންސްކީ ވަނީ ގޮވާލައްވާފައެވެ.

އެމީހުން ފޮނުވާލަން އުޅުމުން، ހަނގުރާމައިގެ ޒިންމާ މުޅިގައުމުގެ ހުރިހާ ރައްޔިތުން ނަގަން ނުޖެހޭނެ ކަމަށް ބުނަންއުޅޭނެ ކަމަށާއި، އެހެންނަމަވެސް މިހާރު ހަނގުރާމައިގެ ޒިންމާ އެގައުމުގެ ހުރިހާ ރައްޔިތުން ނަގަންޖެހޭނެކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ރަޝިއާގެ މިހާރުގެ ސަރުކާރަކީ އެގައުމުގެ ރައްޔިތުން ގެނައި ސަރުކާރެއް ކަމަށާއި ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް ރައްޔިތުން އަޑު އުފުލައި ދެކޮޅުހަދަމުން ނުދާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ، ދުނިޔެއިން ރަޝިއާ އެކަހެރިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިންގެ ރައީސްގެ ކޮންމެ ކަމަކަށް އިޖާބަދީ އެއްބާރުލުން ދިނުމަކީ ޔޫރަޕުން ހުއްޓުމެއްނެތި ކުރަންޖެހޭ ކަމެއްތޯވެސް ޕެސްކޮވް ވަނީ ސުވާލުކުރައްވާފައެވެ.

ޕެސްކޮވް ވަނީ ޒެލެންސްކީގެ ވިސްނުންފުޅު މިހާރު ހައްދުފަހަނައަޅައިގޮސްފައިވާކަމަށް ވިދާޅުވެފައެވެ. ރަޝިއާ އެކަހެރިކޮށްލުމަށް ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށްވެސް ޕެސްކޮވް ވިދާޅުވިއެވެ.

މާ ގިނަދުވަސްތަކެއް ނުވެ، ޒެލެންސްކީ ކުރައްވާ ކަންތައްތަކާމެދު ޔޫރަޕުން ސުވާލު އުފައްދަން ފަށާނެކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ

04 އޮކްޓޯބަރު 2017
ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ
16 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

16 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
26 އޯގަސްޓު 2017

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް