Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

ކޮމަންވެލްތު ގޭމްސްގައި ކުޅުނު މެޗުތަކުން މޮޅުވުމުން އިތުރު ހިތްވަރެއް ލިބުނު: ރަފާ

9 އޯގަސްޓު 2022 | އަންގާރަ 06:19

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް ކުއާޓާ ފައިނަލްގައި ރަފާ ވަނީ ކުޅެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2022 | އަންގާރަ 06:19
ރާއްޖޭގެ ޓީޓީ ތަރި އައިޝަތު ރަފާ ނާޒިމް

ރާއްޖޭގެ ޓީޓީ ތަރި އައިޝަތު ރަފާ ނާޒިމް

ކޮމަންވެލްތު ގޭމްސްގައި ކުޅުނު މެޗުތަކުން މޮޅުވުމަކީ، އިސްލާމިކް ސޮލިޑާރިޓީ ގޭމްްސްގައި ރަނގަޅަށް ކުޅުމަށް ލިބުނު ހިތްވަރެއް ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ތަރި އައިޝަތު ރަފާ ނާޒިމް ބުނެފިއެވެ.

ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ރަފާ ވަނީ ގްރޫޕް ސްޓޭޖްގެ އެއްވަނަ ހޯދައި، ގަދަ 32 ކުޅުންތެރިންގެ ހިމެނޭ ބުރުގައި ވާދަކޮށްފައެވެ. ނަމަވެސް އެ ބުރުގައި ރަފާއަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް އިން ރަފާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ރަފާ ދަތުރުކުރީ ކުޅުނު ފުރަތަމަ މެޗާއި، ގަދަ 16 ގެ މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ރަފާ ނިކުތީ އުޒްބެކިސްތާނުގެ ރޮޒެލީނާ ހާދީޖޭވާއާ ދެކޮޅަށެވެ. ރަފާ ވަނީ 3-0 އިން ރޮޒެލީނާ ބަލިކޮށްފައެވެ.

ގަދަ 16 ގައި ރަފާ ކުޅުނީ، ޖޫބޫޓީގެ އޮމާރް ނާސިމާ ދެކޮޅަށެވެ. މި މެޗު ވެސް ރަފާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް ކުއާޓާ ފައިނަލްގައި ކެމަރޫންގެ ސާރާ ގަބްރިއޭލާއާ ވާދަކޮށް ރަފާ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. ރަފާ އަކީ ޓީޓީ އިން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ގަދަ އަށެއްގައި ހިމެނުނު ފުރަތަމަ ކުޅުންތެރިޔާއެވެ.

ރަފާ ބުނީ އޭނާގެ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް، ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ގޮސް، ގަދަ 32 ގައި ކުޅެލަން ލިބުމަކީ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. ރަފާ ބުނީ ކޮމަންވެލްތު ގޭމްސްގެ މެޗުތަކުގެ ސަބަބުން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މެޗުތަކުގައި ކުޅުމަށް ވަރަށް ބޮޑު ކޮންފިޑެންސް އެއް ލިބުނު ކަމަށެވެ. މީގެ އިތުރުން ރަފާ ބުނީ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލީޑަރިޓީ ގޭމްސްގައި ދެއްކުނު ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ރަފާ ބުނީ އިސްލާމިކް ސޮލީޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލަކީ މޮޅު ނުވެވޭނެ މެޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރަފާ ބުނީ އާންމު ގޮތެއްގައި ކުޅެލަން ލިބެނީ އޭޝިއަން ގޭމްސް ނުވަތަ ސައުތު އޭޝިއަން ގޭމްސްގައި ކަމަށެވެ. ރަފާ ބުނީ އެ މުބާރާތްތަކުގައި ކުޅޭ ސްޓައިލާއި، މެދު އިރުމަތީގެ ޤައުމުތައް އަދި ޔޫރަޕުގެ ޤައުމުތަކުން ކުޅޭ ސްޓައިލް ތަފާތު ކަމަށެވެ. ނަމަވެސް އެ ސްޓައިލްގެ ކުޅުންތެރިންނާއެކު ވެސް ކުޅެލަން ލިބުމަކީ ރަނގަޅު ތަޖުރިބާއެއް ކަމަށް ރަފާ ބުންޏެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދެން އޮތީ ޓީމު އިވެންޓެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް