Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިނގިރޭސި ޕްރިމިއަރ ލީގު

ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ އެންމެ މޮޅު ތިން ކުޅުންތެރިން

ދުނިޔޭގެ ފުޓުބޯޅައިގައި އުފެދުނު މޮޅެތި އެތައް ކުޅުންތެރިންނަށް ސައުތު އެމެރިކާގެ ޤައުމުތަކަށް ނިސްބަތްވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2022 | ބުދަ 09:28
އަގުއޭރޯ، ސުއަރޭޒް އަދި ޓެވޭޒް

އަގުއޭރޯ، ސުއަރޭޒް އަދި ޓެވޭޒް

އިނގިރޭސި ޕްރިމިއަރ ލީގުގައި ދުނިޔޭގެ އެކި ބައްރުތަކަށް ނިސްބަތްވާ ކުޅުންތެރިން ކުޅެއެވެ. އެކި ކުލަބުތަކަށް މޮޅެތި އެތައް ކުޅުންތެރިންނެއް ކުޅެއެވެ. ޕްރިމިއަރ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 358 ކުޅުންތެރިންނަކީ ޔޫރަަޕަށް ނިސްބަތްނުވާ ކުޅުންތެރިންނެވެ.

އޭގެ ތެރެއިން އެއް ބައްރަކީ ސައުތު އެމެރިކާއެވެ. ސައުތު އެމެރިކާގައި ފުޓުބޯޅަކީ އެންމެ މަގުބޫލު ކުޅިވަރެވެ. ދުނިޔޭގެ ފުޓުބޯޅައިގައި އުފެދުނު މޮޅެތި އެތައް ކުޅުންތެރިންނަށް ސައުތު އެމެރިކާގެ ޤައުމުތަކަށް ނިސްބަތްވެއެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ ޕްރިމިއަރ ލީގުގައި ވެސް އެމީހުންގެ ލެގަޒީއެއް އުފައްދާފައެވެ. ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިން ކުޅުންތެރިންނަށް ބަލާލާނަމެވެ.

3. ކާލޯސް ޓެވޭޒް

އާޖެންޓީނާއަށް ނިސްބަތްވާ ކާލޯސް ޓެވޭޒް އެންމެ ފުރަތަމަ ޕްރިމިއަރ ލީގަށް ކުޅުނީ ވެސްޓް ހޭމް ޔުނައިޓެޑުގައި ހުރެގެންނެވެ. އެއީ 07-2006 ވަނަ ސީޒަންގައެވެ. ވެސްޓް ހޭމާއެކު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެންމެ ފުރަތަމަ އެ ޓީމަށް ކުޅެދިން 26 މެޗުގައި އޭނާ ވަނީ ހަތް ލަނޑު ޖަހާފައެވެ. ވެސްޓް ހޭމާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް ޓެވޭޒް ވަނީ އެ ޓީމުގެ "ހޭމަރ އޮފް ދަ އިޔަރ" ހޯދާފައެވެ.

ވެސްޓް ހޭމްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ބޮޑެތި ކުލަބުތަކުގެ ލޯ އޭނާއަށް އަމާޒުވިއެވެ. ލިބުނު ފުރުސަތެއްގައު ޓެވޭޒް ވަނީ 2007 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ. ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ލީގުގައި 63 މެޗު ކުޅެދީ، 19 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ޖުމުލަ ހަ ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު ދެ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރުން ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑުގައި އޭނާ މޮޅު ކުޅުމެއް ދެއްކުމުން އެ ޓީމުން ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް ވެސްޓް ހޭމާ މަޝްވަރާކޮށްފައެވެ. ނަމަވެސް އެ ޓީމާއެކު ދާއިމީ އެއްބަސްވުމެއް ހަދަން ދެކޮޅުވެ، 2009 ވަނަ އަހަރު ޓެވޭޒް ވަނީ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައެވެ. ސިޓީއާއެކު އޭނާ ވަނީ ހަތަރު ސީޒަން ހޭދަކޮށްފައެވެ. ލީގުގައި ސިޓީއަށް ކުޅެދިން 113 މެޗުގައި ޓެވޭޒް ވަނީ 58 ގޯލު ޖަހާފައެވެ. އޭނާ ވަނީ 11-2010 ވަނަ ސީޒަންގައި ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދާފައެވެ. މީގެ އިތުރުން ޓެވޭޒް ވަނީ އެ އަހަރުގެ ޕީއެފްއޭ އިން ހޮވާ ސީޒަންގެ އެންމެ މޮޅު ޓީމުގައި ވެސް ހިމެނިފައެވެ.

ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު 2013 ވަނަ އަހަރު ޓެވޭޒް ބަދަލުވީ އިޓާލިއަން ލީގުގެ ޔުވެންޓަސްއަށެވެ. އޭގެ ފަހުން އޭނާ ވަނީ ބޮކާ ޖޫނިއާސް އާއި ޗައިނާގެ ޝަންހާއީ ޝެންހުއާ ވެސް ކުޅެފައެވެ. ކުޅުން ހުއްޓާލުމަށްފަހު މިހާރު ޓެވޭޒް ކުރަނީ ކޯޗިން މަސައްކަތެވެ.

2. ލުއިސް ސުއަރޭޒް

އުރުގުއޭއަށް ނިސްބަތްވާ ލުއިސް ސުއަރޭޒް އަކީ އޭނާގެ ދުވަސްވަރު އެންމެ މޮޅު އެއް ފޯވާޑެވެ. ގޯލާ ރައްޓެހި، އިދިކޮޅު ޓީމުގެ ޑިފެންޑަރުން ޖެހިލުންވާ ކުޅުންތެރިޔެކެވެ.

އަޔެކްސްގައި ހުރުމަށްފަހު 2011 ވަނަ އަހަރު ސުއަރޭޒް ބަދަލުވީ ޕްރިމިއަރ ލީގުގެ ލިވަޕޫލަށެވެ. ލިވަޕޫލާއެކު ހޭދަކުރި މުއްދަތުގައި ސުއަރޭޒް ވަނީ އެ ޓީމަށް ލީގުގައި 110 މެޗު ކުޅެދީ، 81 ލަނޑު ޖަހާފައެވެ. ލިވަޕޫލުން 12-2011 ވަނަ އަހަރުގެ ފުޓުބޯޅަ ލީގު ކަޕް ކާމިޔާބުކުރުމުގައި ސުއަރޭޒަކީ ވަރަށް އިސް ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭގެ ފަހުން 14-2013 ވަނަ ސީޒަންގައި ލިވަޕޫލުން ލީގުގެ ދެ ވަނަ މަގާމުގައި އޮވެ ސީޒަން ނިންމާލިއިރު، ދެ ވަނަ މަގާމު ހޯދުމަށް ސުއަރޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އުމުރުން 35 އަހަރުގެ ސުއަރޭޒް ވަނީ ޕްރިމިއަރ ލީގުގެ ރަން ބޫޓު ވެސް ހޯދާފައެވެ. އެއީ 14-2013 ވަނަ ސީޒަންގައެވެ. އެ ސީޒަނުގައި އޭނާ ވަނީ ލީގުގައި ކުޅުނު 33 މެޗުގައި 31 ލަނޑު ޖަހާފައެވެ. އެ ސީޒަނުގެ މޮޅު ކުޅުމާއެކު ސުއަރޭޒް ވަނީ އެފަހަރުގެ ޕީއެފްއޭ އިން ދޭ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދާފައެވެ. ލިވަޕޫލާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު 2014 ވަނަ އަހަރު އޭނާ ވަނީ އެ ޓީމު ދޫކޮށްލާފައެވެ.

ލިވަޕޫލް ދޫކޮށް އޭނާ ބަދަލުވީ ސްޕެއިންގެ އެއް ގަދަ ބާރު ބާސެލޯނާއަށެވެ. ބާސެލޯނާގައި ސުއަރޭޒް ވަނީ 147 މެޗު ކުޅެ، 191 ލަނޑު ޖަހާފައެވެ. ބާސެލޯނާ ދޫކޮށް 2020 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ، އޭގެ ފަހުން އެ ޓީމު ދޫކޮށްލުމަށްފަހު މިހާރު ސުއަރޭޒް ކުޅެމުން އަންނަނީ އޭނާގެ ކުރީގެ ކުލަބަށެވެ.

1. ސާޖިއޯ އަގުއޭރޯ

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ އެންމެ މޮޅު އެއް ކުޅުންތެރިޔަކީ އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯއެވެ. ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު، 2011 ވަނަ އަހަރު އަގުއޭރޯ ބަދަލުވީ ޕްރިމިއަރ ލީގުގެ އެއް ގަދަ ބާރު މެންޗެސްޓަރ ސިޓީއަށެވެ. އަގުއޭރޯ ވަނީ ސިޓީއަށް ޖުމުލަ 275 މެޗު ކުޅެދީ، 184 ލަނޑު ޖަހައިދީފައެވެ. އަދި އަގުއޭރޯ އަކީ ޕްރިމިއަރ ލީގުގައި ކުޅުނު ޔޫރަޕަށް ނިސްބަތް ނުވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އަގުއޭރޯ ވަނީ 15-2014 ވަނަ ސީޒަންގައި ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދާފައެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގެ ސީޒަންގެ އެންމެ މޮޅު ޓީމުގައި ވެސް އަގުއޭރޯ ވަނީ ހިމެނިފައެވެ. ސިޓީއާއެކު ހޭދަކުރި 10 އަހަރުގައި އޭނާ ވަނީ އެ ޓީމާއެކު 15 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ފުޓުބޯޅަ ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުން ހިމެނެއެވެ.

ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު 2021 ވަނަ އަހަރު އަގުއޭރޯ ވަނީ އެ ޓީމު ދޫކޮށް، ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެފައެވެ. ބާސެލޯނާއަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެ. އަގުއޭރޯ ވަނީ ރަސްމީކޮށް އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައެވެ. އެއީ ޞިއްޙީ ގޮތުން ދިމާވި މައްސަލައަކާ ގުޅިގެން ޑަކްޓަރުން އެގޮތަށް އަމަލު ކުރުމަށް އޭނާއަށް އިރުޝާދު ދިނުމުންނެވެ.

މި ނޫން ވެސް ސައުތު އެމެރިކާއަށް ނިސްބަތްވާ އެހެން ކުޅުންތެރިން ޕްރިމިއަރ ލީގުގައި ކުޅެފައިވެއެވެ. ނަމަވެސް މިއީ އެންމެ ފާހަގަކޮށްލެވޭ ތިން ކުޅުންތެރިންނެވެ. މީގެ ތެރެއިން މި ވަގުތު ވެސް ފުޓުބޯޅަ ކުޅުމުގައި ހޭދަކުރަނީ ސުއަރޭޒް އެކަންޏެވެ. ޓެވޭޒް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ އިރު، އަގުއޭރޯ ހުރީ ކުޅުން ހުއްޓާލައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޑްރާމާ ސިލްސިލާ ރިޕަބްލިކް އޮފް ރިޕީޓް ޕްރިމިއަރ ކުރީ ރައްޔިތުންގެ މަޖިލިހުގެ ސްކްރީންގައި

ދިވެހި ޑްރާމާ ސިލްސިލާ ރިޕަބްލިކް އޮފް ރިޕީޓް ޕްރިމިއަރ ކުރީ ރައްޔިތުންގެ މަޖިލިހުގެ ސްކްރީންގައި

12 މެއި 2023
ކޮންމެ ކަމެއް ސިޔާސީކޮށް ހަތިޔާރަކަށް ނުހެދުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި

ކޮންމެ ކަމެއް ސިޔާސީކޮށް ހަތިޔާރަކަށް ނުހެދުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި

04 ޖެނުއަރީ 2023
ސައުތުގޭޓު ބޭނުންވަނީ ނަތީޖާ ނެރެ އިނގިރޭސި ނޫސްވެރިންގެ އަނގަމަތީގައި ޓޭޕު އަޅަން

ސައުތުގޭޓު ބޭނުންވަނީ ނަތީޖާ ނެރެ އިނގިރޭސި ނޫސްވެރިންގެ އަނގަމަތީގައި ޓޭޕު އަޅަން

04 ޑިސެމްބަރު 2022
ފުޓުބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑުގައި އެންމެ މެޗެއް ކުޅުނު ކުޅުންތެރިން!

ފުޓުބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑުގައި އެންމެ މެޗެއް ކުޅުނު ކުޅުންތެރިން!

31 އޯގަސްޓު 2022
ހައިސިއްޔަތެއް ނެތް ބަޔަކު ކުޅުނު ޗަރުކޭހާއެކު ޔާމީން ޖެހުނު ގުއިރޯނު

ހައިސިއްޔަތެއް ނެތް ބަޔަކު ކުޅުނު ޗަރުކޭހާއެކު ޔާމީން ޖެހުނު ގުއިރޯނު

20 އޯގަސްޓު 2022

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު