Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރިފަރެންޑަމް ބާއްވާނަމަ ރަޝިއާ އާއިއެކު މަޝްވަރާތައް ނުކުރެވޭނެ: ޒެލެންސްކީ

ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އެއްވެސް ސަރަހައްދެއް ރަޝިއާއަށް ނުދޭނެކަމަށް ބުނާބުނުން ތަކުރާރު ކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 8 އޯގަސްޓު 2022 | ހޯމަ 12:58
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ރިފެރެންޑަމް ބާއްވާނަމަ އެގައުމާއެކު ސުލްހައިގެ މަޝްވަރާތައް ނުކުރެވޭނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޒެލެންސްކީ ވަނީ ރަޝިއާއިން ރިފެރެންޑަމް ބާއްވާނަމަ ޔޫކްރެއިންއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކާއެކު ރަޝިއާއަށް ސުލްހައިގެ މަޝްވަރާތައް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އިރުމަތީ ޔޫކްރެއިންގެ ބޮޑު ސަރަހައްދެއް ރަޝިއާއިން ވަނީ އެގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ރަޝިއާއިން ބުނަމުންދަނީ އެގައުމުން ޔޫކްރެއިންގައި ކުރިއަށްގެންދަނީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އެގައުމުގެ އަތްދަށަށްދާ ސަރަހައްދުތައް މިނިވަންކުރާ ވާހަކައާއި އެސަރަހައްދުތަކުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރިފެރެންޑަމް އަކަށް ދާނެ ވާހަކަ ވަނީ ދައްކާފައެވެ.

ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ރައީސް ދެއްވަމުން އަންނަ ވީޑިއޯ ހިތާބުތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ދެއްވި ހިތާބުގައި ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އެއްވެސް ސަރަހައްދެއް ރަޝިއާއަށް ނުދޭނެކަމަށް ބުނާބުނުން ތަކުރާރު ކުރައްވާފައެވެ.

އެގޮތުން ޔޫކްރެއިނުން މިހާރުވެސް މިއޮތީ އެންމެ ފުރަތަމަ ދުވަހުވެސް އެގައުމުން ގަބޫލުކުރަމުން އައި ގޮތުގައި ހިފައިގެން ކަމަށާއި އެގައުމުގެ އެއްވެސް އެއްޗެއް ނުލިބޭނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ރަޝިއާއިން ޔޫކްރެއިންގެ ބަހަށް ބީރުކަންފަތެއްދީ ރިފެރެންޑަމްތައް ބާއްވައިފި ނަމަ އެގައުމަށް ޔޫކްރެއިންއާއި ޔޫކްރެއިނަށް ވާގިވެރިވާ ގައުމުތަކާއެކު މަޝްވަރާކުރުމުގެ މަގު ބަންދުވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާތަކާއެކު ފެށުނު ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް ހަ މަސްވެފައިވާއިރު، ފެބްރުއަރީ އަދި މާޗް މަހު ދެގައުމުން ވަނީ ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް މި މަޝްވަރާތަކުން މާބޮޑު ނަތީޖާއެއް ފެނިފައިނުވާ އިރު، މާޗް މަހުގެ ފަހުން ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

އިރުމަތީ ޔޫކްރެއިންގެ ޚާސަން ސަރަހައްދުގެ ބޮޑުބައެއް އޮތީ ރަޝިއާގެ އަތް ދަށުގައެވެ. އެސަރަހައްދުގެ އޮފިޝަލުން ވަނީ ރަޝިއާ އާއި ގުޅުމަށް ރިފެރެންޑަމެއް ބޭއްވުމަށް ހުށަހަޅާފައެވެ. އަދި ކުރިއަށްއޮތް ހަފުތާތައް ނުވަތަ މަސްތަކުގެ ތެރޭގައި ބޭއްވޭނެ ކަމަށް ވަނީ ބުނެފައެވެ.

2014 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދިޔަ ހާއްސަ އަސްކަރީ އޮޕަރޭޝަނަށްފަހު ބޭއްވި ރިފެރެންޑަމަކަށް ފަހު ރަޝިއާއިން ވަނީ ލުހާންސްކް އަދި ޑޮނެސްކް އަކީ މިނިވަން ދެ ދައުލަތްކަމަށް ބަލައިގަނެފައެވެ. އެގޮތުން މިހާރު ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަނަކީ ޕީޕަލްސް ރިޕަބްލިކް އޮފް ލުހާންސްކް އާއި ޕީޕަލްސް ރިޕަބްލިކް އޮފް ޑޮނެސްކްގެ ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރާ ކަމެއްކަމަށްވެސް ރަޝިއާއިން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު