Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރުގެ ރަނިންގ މޭޓް

ޖާބިރުގެ ރަނިންގމޭޓަކަށް ޝީރީން

ޖާބިރު ވަނީ އޭނާގެ ވެރިކަމެއްގައި އެކުލަވާލާނެ ވުޒާރާތަކާއި ވުޒާރާތަކަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ވެސް ހާމަކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އޯގަސްޓު 2022 | ހޮނިހިރު 19:39
 އަބްދުﷲ ޖާބިރު އާއި ރަނިންގމޭޓް ފާތުމަތު ޝީރީން އަބްދުﷲ

އަބްދުﷲ ޖާބިރު އާއި ރަނިންގމޭޓް ފާތުމަތު ޝީރީން އަބްދުﷲ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރަނިންމޭޓަކަށް ފާތުމަތު ޝީރީން އަބްދުﷲ ހަމަޖައްސަވައިފިއެވެ.

ޖާބިރުގެ ރަނިންގމޭޓަކު ކަނޑައެޅުމާއި ގުޅޭގޮތުން ޑީއާރުޕީން ނެރެފައިވާ ގަރާރުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރ ހ.ތިމާވެށި އަބްދުﷲ ޖާބިރުކަމަށް ކައުންސިލުގެ މެމްބަރުން ކަނޑައަޅާފައިވާކަމަށެވެ. އެކަން ޖާބިރު ގަބޫލުކުރައްވާ ރަނިންގމޭޓަކަށް ޖާބިރު ބޭފުޅަކު ކަނޑައަޅުއްވާފައިވާކަމަށެވެ. ޖާބިރު ވެރިކަމަށް ކުރިމަތިލައްވާނީ އަންހެން ކެނޑިޑޭޓަކާއި އެކުގައި ކަމަށް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެގޮތުން ރަނިންގމޭޓަކަށް ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ އަތޮޅުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ މ.ސެރީން ފާތުމަތު ޝީރީން އަބްދުﷲ ކަމަށެވެ.

ޖާބިރު ވަނީ އޭނާގެ ވެރިކަމެއްގައި އެކުލަވާލާނެ ވުޒާރާތަކާއި ވުޒާރާތަކަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ވެސް ހާމަކުރައްވާފައެވެ.

އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް ޝިހާމް، ފޮރިން މިނިސްޓަރަކަށް ދިޔާނާ، ބަންޑާރަ ނައިބަކަށް އިޝްރާގް ތައުފީގު، ހޯމް މިނިސްޓަރަކަށް މުހައްމަދު ޖާބިރު، ޑިފެންސް މިނިސްޓަރަކަށް އައިމިނަތު ޖާބިރު، ކެބިނެޓް ސެކެޓްރީއަކަށް އައްޒާމް، އިސްލާމިކް މިނިސްޓަރަކަށް އަފީފް، ޖެންޑަރ މިނިސްޓަރަކަށް ރިސާލަތު، ޕްލޭނިންގ އަދި ހައުސިން މިނިސްޓަރަކަށް ރިޝްފާ، ފިޝަރީޒް މިނިސްޓަރަކަށް އެންސިސް ވަސީމް، އެޑިއުކޭޝަން މިނިސްޓަރަކަށް މަސްއޮޑި ނައީމް އަދި ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަން އެންޑް ހެރިޓޭޖް މިނިސްޓަރަކަށް މުއާޒް އަބްދުﷲ ޖާބިރު އައްޔަން ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ސިޔާސީ ނުފޫޒެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރެއްވޭނީ އޭނާއަށް ކަމަށް ޤަބޫލުކުރައްވާތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

އަބްދުﷲ ޖާބިރުDRPރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2024

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި
05 ޑިސެމްބަރު 2023

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް
21 ނޮވެމްބަރު 2023

ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

21 ނޮވެމްބަރު 2023
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު
05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
05 އޮކްޓޯބަރު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ
03 އޮކްޓޯބަރު 2023

ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ

03 އޮކްޓޯބަރު 2023
ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ
02 އޮކްޓޯބަރު 2023

"ދިޔަރެސް" އިން ރައީސް ޞާލިހާ ދެކޮޅަށް "ރާވައިގެން ދޮގު މައުލޫމާތު" ފެތުރި: އީޔޫ

02 އޮކްޓޯބަރު 2023
"ދިޔަރެސް" އިން ރައީސް ޞާލިހާ ދެކޮޅަށް "ރާވައިގެން ދޮގު މައުލޫމާތު" ފެތުރި: އީޔޫ
20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު