Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހަކު މަރުވުމުން

މީހަކު މަރުވުމުގައި ޅ އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބަލަނީ

އޭނާ މަރުވީ ފަރުވާ ނުލިބި ލަސްވުމުންކަމަށް އާއިލާއިން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 08:36
ހޮސްޕިޓަލުގެ ސްޓްރެޗަރ ހުރި ހާލަތު

ހޮސްޕިޓަލުގެ ސްޓްރެޗަރ ހުރި ހާލަތު

މިދިޔަ ހުކުރު ދުވަހު ޅ ނައިފަރުގައި މީހަކު މަރުވުމުގައި އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަން އިންކުއަރީއެއް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ، ޅ ނައިފަރު، ހަވީރީ ހިޔާ، އިހުސާން އަލީ މަރުވުމާގުޅިގެން މީޑިއާގައި އާއްމުކޮށްފައިވާ ރިޕޯޓެއްގައި، އެ ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަށް ބުނެފައިވާތީީ، އެ ދުވަހު ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލައި ހޮސްޕިޓަލުގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމުގެ އިންކުއަރީއެއް ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފާހަގަކުރެވޭ ކަންކަމުގައި އަމަލުކުރާނެ ވަކިގޮތެއް ބަލައި، އިހުމާލުވެފައިވާނަމަ ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޅ އަތޮޅު ހޮސްޕިޓަލުން މިހެން ބުނެފައިވަނީ އިހުސާންއަށް އަވަސް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް އޭނާގެ އާއިލާއިން ބުނެފައިވާތީއެވެ. އޭނާގެ ކޮއްކޮ ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އިހުސާން ބަނދަރުމަތީގައި ހުއްޓައި ހާރޓްއެޓޭކެއް ޖެހިގެން ވެއްޓުމުން ވަގުތުން އެމްބިއުލާންސަށް ގުޅިކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ޖަވާބު ނުދިނުމުން ޕިކަޕަކަށް އަރުވައިގެން އޭނާ ގެންދިޔަކަމަށާއި، ހޮސްޕިޓަލަށް ގެންގޮސް އަރުވާނެ ސްޓްރެޗަރއެއް ނުލިބިގެންވެސް އެތައް އިރަކު މަޑުކުރަންޖެހުނު ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި، އެ ހޮސްޕިޓަލުގެ އެމްބިއުލާންސް ޑްރައިވަރު ކައިރީ ސްޓްރެޗަރއެއް ހޯދަން ބުނުމުން ޖަވާބުގައި ބުނީ ސްޓްރެޗަރގެ މައްޗަށް އޮތީ މުދާ އަރުވާފައި ކަމަށެވެ. އަދި މުދާތައް ނަގައި ސްޓްރެޗަރ ނެރެން ގިނައިރު ވާނެކަމަށް އެ ޑްރައިވަރު ބުނިކަމަށް އިހުސާންގެ ކޮއްކޮ ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ސްޓްރެޗަރއެއް ނުލިބުމުން ޕިކަޕުގައި ތިބި ދެ މީހުންނާއި މަގުމަތިން ދިޔަ ބަންގަލްދޭޝްގެ ރައްޔިތަކު ވެގެން އިމަޖެންސީ ރޫމުން އެނދެއް ބޭރަށް ގެނެސް އިހުސާނު އެތެރެއަށް ގެންދިޔަ ކަމަށާއި، އެވަގުތުވެސް ހޮސްޕިޓަލުގެ އެއްވެސް މީހަކު އެހީނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އިހުސާން އަލީ މަރުވެފައިވަނީ ޅ އަތޮޅުގެ ހޮސްޕިޓަލުގެ އިހުމާލުންކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އަދި މި މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެސް އެ އާއިލާއިން ބުނެއެވެ.

ޅ. ނައިފަރުޅ އަތޮޅު ހޮސްޕިޓަލްމަރު

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
10 ސެޕްޓެމްބަރު 2025

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު
21 މެއި 2024

ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވަނާ

21 މެއި 2024
ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވަނާ
30 އެޕްރީލު 2024

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
20 މާރިޗު 2024

ހޯމް މިނިސްޓަރ ވިދާޅުވީ ބޮޑެތި މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ ސާފު ނޫން ކަމަށް

20 މާރިޗު 2024
ހޯމް މިނިސްޓަރ ވިދާޅުވީ ބޮޑެތި މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ ސާފު ނޫން ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު