Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިފަރުގައި ކަރަންޓުގެ މައްސަލަ ދިމާވުން

ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ

ނައިފަރުގައި ކަރަންޓުގެ ޚިދުމަތް ދެމުން ދަނީ ފެނަކައިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2024 | ހުކުރު 08:40
ނައިފަރު

ނައިފަރު

ދެ ދުވަސް ވީ އިރުވެސް ޅ.ނައިފަރަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށާއި ފެނަކައިން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމަށް ޅ. ނައިފަރު ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ނައިފަރުގައި ކަރަންޓުގެ ޚިދުމަތް ދެމުން ދަނީ ފެނަކައިންނެވެ. މިދިޔަ ދެ ދުވަހު ވަރަށް ގިނަ ފަހަރު ރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެ، އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ ވެސް އެތައް އިރެއް ވަންދެން ރަށުން ކަރަންޓު ކެނޑި ކަނު އަނދިރީގައި އާއްމުން ތިބެން ޖެހުނު ކަމަށް އެ ރަށު ބައެއް މީހުން ވަނީ ބުނެފައެވެ. މި ކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން، ނައިފަރު ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ އަށް އަދި ހައްލެއް ނުލިބޭ ކަމަށެވެ.

މިދިޔަ ދެ ދުވަހު ވެސް އެ ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެމުންދާކަމަށާއި އަދި ދެ ގަޑިއިރު ވަރު ކަރަންޓު ލިބުމަށް ފަހު އަނެއްކާވެސް ކަރަންޓު ކެނޑޭކަމަށް އޭނާ ވިދާޅުވިއެވެ. އަދ މި މައްސަަލަ އަށް ދެ ދުވަސްވި އިރު ވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް ރަޝީދު ވިދާޅުވިއެވެ. މީގެއިތުރުން އެ ރަށުގެ އާބާދީ އަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ކެޕޭސިޓީ މިވަގުތު އެ ރަށުގައި ނެތް ކަމަށާއި އަދި އެއްވެސް އިންޖީނަކަށް މައްސަލަ އެއް ޖެހިއްޖެ ނަމަ ރަށުގެ ބޮޑުބަޔަކުން ކަރަންޓު ކެނޑޭކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މި މައްސަލަ މެނޭޖުކުރަމުން ދަނީ ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑައިގެން ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އާއްމުންގެ ވިޔަފާރިތަކަށާއި އާއްމުންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާތީ އެކަމާއި މެދު ކަންބޮޑުވުންތައް ހުރިކަަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މީގެ ކުރިން ވެސް ދިމާވަމުން އައި މައްސަލައަކަށް ވާއިރު މި ކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު ރަށުގައި ހުރީ 800 މެގަވޯޓުގެ ޖެނަރޭޓަރާއި، 600 މެގަވޯޓް އަދި 700 މެގަވޯޓުގެ ޖަަނަރޭޓަރ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖެނެރޭޓަރުތަކަކީ ފުރިހަމައަށް ކަރަންޓު އުފައްދާދެވޭ ގޮތަށް ހުރި ޖެނެރޭޓަރުތަކެއް ނޫންކަމަށް ވެސް ރަޝީދު ފާހަގަކުރެއްވިއެވެ.

މިހާރުވެސް 6000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރުގައި އަދިވެސް އާބާދީ ދަނީ އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވުމާ އެކު އިތުރަށް ކަރަންޓު ބޭނުން ކުރާނެތީ މިކަމަށް ދުރާލާ ތައްޔާރުވާން ޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރު ރަޝީދު ވިދާޅުވީ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މި ވަގުތު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ރަށުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އުންމީދީ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޅ. ނައިފަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ

ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ

02 އޮކްޓޯބަރު 2023
ބިން ހިއްކުމާއި 200 ހައުސިންގ ޔުނިޓާއި އިތުރު ބޮޑެތި ވައުދުފުޅުތަކެއް ނައިފަރަށް

ބިން ހިއްކުމާއި 200 ހައުސިންގ ޔުނިޓާއި އިތުރު ބޮޑެތި ވައުދުފުޅުތަކެއް ނައިފަރަށް

31 އޯގަސްޓު 2023

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު