Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޖީ އޮފީހުގެ ތަފާސްހިސާބު

ޖޫން މަހު %80 މައްސަލަ ޕީޖީ އޮފީހަށް ސާބިތުކުރެވުނު

ޖުމުލަ 271 ދައުވާއެއް ޖޫން މަހު ކޯޓުތަކަށް ހުށަހެޅިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 08:05
ޖޫން މަހު 80 އިންސައްތަ މައްސަލަ ސާބިތު ކުރެވުނުކަމަށް ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ

ޖޫން މަހު 80 އިންސައްތަ މައްސަލަ ސާބިތު ކުރެވުނުކަމަށް ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ޖޫން މަހު 80 އިންސައްތަ މައްސަލަ ސާބިތުކުރެވުނު ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހު 281 މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅިފައިވެއެވެ. އެގޮތުން ޖޫން މަހު ފުލުހުން ވަނީ 272 މައްސަލައެއް ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށައަޅާފައެވެ. އެޗްއާރްސީއެމުންވެސް 5 މައްސަލައެއް ހުށައަޅާފައިވާއިރު، އޭސީސީން 4 މައްސަލައެއް ހުށައަޅާފައިވެއެވެ.

Advertisement - newsAdvertisement

ޖޫން މަހު އެންމެ ގިނަ ދައުވާ ހުށަހެޅިފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް 78 ދައުވާއެއް ހުށަހެޅިފައިވާއިރު، ޑްރަގް ކޯޓަށް 49 ދައުވާއެއް، އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް 16 ދައުވާއެއް ހުށަހެޅިފައިވެއެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭގޮތުގައި ޖުމުލަ 271 ދައުވާއެއް ޖޫން މަހު ކޯޓުތަކަށް ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ހުށައެޅުނު 104 މައްސަލައަކާއި އަލަށް ދައުވާ ކުރެވުނު 167 މައްސަލައެއް ހިމެނެއެވެ.

އޭގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި ދައުވާއެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ 70 ދައުވާ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 37 ދައުވާ ހުށަހެޅިފައިވެއެވެ.

މަސްތުވާތަކެތީގެ އިތުރުން، ވައްކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ބަނގުރާ ބުއިމާއި، މާރަމާރީ ހިންގުމުގެ މައްސަލަތައްވެސް ހުށައެޅިފައިވެއެވެ.

ވަކިވަކި މީހުންގެ މައްޗަށް އުުފުލާފައިވާ ދައުވާތަކަށް ބަލާއިރު، އެ 271 މައްސަލައިގައި 191 މީހަކަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރާ 25 އަހަރާ ދެމެދުގެ 48 މީހުން ހިމެނޭއިރު، 26 އަހަރާ 35 އަހަރާ ދެމެދުގެ 88 މީހުން އަދި 36 އަހަރާ 49 އަހަރާ ދެމެދުގެ 45 މީހަކު ހިމެނެއެވެ.

އޭގެ އިތުރުން 50 އަހަރުން މަތީގެ 10 މީހެއްވެސް ހިމެނެއެވެ.

ޖޫން މަހު ކޯޓުތަކުގައި ތާވަލުކުރި މައްސަލަތަކަށް ބަލާއިރު، 101 ކޯޓަކަށް ދައުވާތައް ހުށަހޅައި، 1384 މައްސަލައެއް ކުރިއަށްގެންދެވިފައިވެއެވެ.

ޑްރަގް ކޯޓު ފިޔަވައި އެހެން ކޯޓުތަކުގައި ކުރިއަށް ދިޔަ މައްސަލަތަކަށް ބަލާއިރު، އޭގެ ތެރެއިން 80 އިންސައްތަ މައްސަލަ ސާބިތުވެފައިވެއެވެ. އެއީ 146 މައްސަލައެވެ. 15 މައްސަލައެއް ސާބިތުނުވާކަމަށް ނިންމާފައިވާއިރު، 5 މައްސަލައެއްގައި މަދަނީ މިންގަނޑުން ދައުވާ ބާތިލު ކުރުމަށް ވަނީ ނިންމާފައެވެ.

ޕީޖީ އޮފީސްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު