Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022

ކުޑަ އައްޔަގެ ޖާދޫ މާލޭ ރާޅުގަނޑު ކޮޅުން ނުކުމެ ދުނިޔޭގެ ރާޅުތަކަށް!

ޑްރޮޕް ނީގެ ސެމީ ފައިނަލުގައި ކުޑަ އައްޔަ ބަލިވީ ދުނިޔޭގެ ޗެމްޕިއަންކަން 8 ފަހަރު ހޯދާފައިވާ ޑޭވިޑް ހަބާޑުއާ ވާދަކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2022 | އާދީއްތަ 05:29
ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ

ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ

ދުނިޔޭގެ ފެންވަރުގެ މޮޅެތި އެތުލީޓުންނާއެކު ވާދަކޮށްލުމުގެ ފުރުސަތު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހި އެތުލީޓުން ތިއްބާ، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިސްނަގައިގެން އައިބީސީގެ ވޯލްޑް ޓުވަރއެއް ރާއްޖޭގައި ބާއްވާނެ ފުރުސަތު ހޯދިއެވެ. ދެ އަހަރުގެ ބުރަ މަސައްކަތުން މުބާރާތް ރާއްޖޭގައި ބޭއްވޭނެކަމުގެ ޔަގީންކަން ލިބުމުން އެންމެ ބޮޑު އުފަލެއް ލިބުނު އެއް އެތުލީޓަކީ، ޤައުމީ ބޮޑީބޯޑިން ޗެމްޕިއަން އަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ) އެވެ. ސަބަބުތައް ގިނަ ގުނައެވެ.

ކުޑަ އައްޔަގެ ކެރިއަރުގައި އޭނާއަށް ޤައުމީ ފެންވަރުވައި ނުލިބޭ ވަނަ އެއް ނެތެވެ. ކާމިޔާބު ނުކުރެވޭ މުބާރާތެއް ނެތެވެ. ކުޅިވަރުގެ ދާއިރާއިން ނުލިބޭ އެވޯޑެއް ވެސް ނެތެވެ. ކުޅިވަރުގެ ކުޅެގެން ޤައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދިން އެވޯޑު އޭނާ އަށް ވަނީ ލިބިފައެވެ. ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް ކުޑަ އައްޔަ އަށް ވަނީ ލިބިފައެވެ.

މި ހުރިހާ ވަނަތަކާއިއެކުވެސް ކުޑަ އައްޔަގެ ކެރިއަރުގެ އެންމެ ބޭނުންވާ އަމާޒަށް ވާސިލް ނުވެވެއެވެ. މާލީ ގޮތުން ބަލާއިރު ރާއްޖޭގެ ބޮޑީބޯޑިން އެހާ ކުރިއަރާފައި ނެތުމުން އައިބީސީގެ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ފުރުސަތު އޭނާ އަށް ނެތުމެވެ. އައިބީސީ ވޯލްޑް ޓުއާގެ މުބާރާތްތައް އޮންނާނީ ޔޫރަޕްގެ ގައުމުތަކާއި ދެކުނު އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުގައެވެ. އަހަރަކު 7 މުބާރާތުގައި ވާދަކޮށްލަން ކުރަން ޖެހޭ ހަރަދަކީ އެމްބީބީއޭގެ އަހަރީ ބަޖެއްޓަށް ވުރެވެސް ބޮޑު ޚަރަދެކެވެ. އޭޝިއާ ސަރަހައްދުގައި ވޯލްޑް ޓުއާގެ މުބާރާތެއް ނުބާއްވާތީ ކުޑަ ހަރަދަކުން މުބާރާތައް ދެވޭނެ ފުރުސަތު އޮތީ ނުލިބިފައެވެ.

އެހެންނަމަވެސް މިއަހަރު އެ މަންޒަރު ބަދަލުވެއްޖެއެވެ. އޭޝިއާ ސަރަހައްދުގައި ބޭއްވި ފުރަތަމަ ވޯލްޑް ޓުއާ މުބާރާތް، ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އާއިއެކު ރާއްޖޭގެ ބޮޑީބޯޑިންއަށް އާ ދިރުމެއް ލިބިއްޖެއެވެ. ކުޑަ އަައްޔަގެ ކެރިއަރުގެ އެންމެ ބޮޑު ހުވަފެނުގައި ކުލަޖެއްސުމަށް ފުރުސަތު ލިބިއްޖެއެވެ. ދުނިޔޭގެ ޗެމްޕިއަނުންނާއިއެކު ވާދަކޮށްލަން ފުރުސަތު ލިބިއްޖެ އެވެ. ރާއްޖޭގެ ހުނަރުވެރިންގެ ފެންވަރު ދައްކާލާނެ މަގު ފަހި ވެއްޖެއެވެ.

އަބަދުވެސް ޤަބޫލުކުރެވިފައި އޮންނަނީ ބޭރުގެ މަތީ ފަންތީގެ އެތުލީޓުންނާ ދިވެހި އެތުލީޓުންނަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެހެން ހީވެސް ވެދާނެއެވެ، ސަބަބަކީ ވަސީލަތްތަކާއި، ވާދަކުރަން ލިބޭ މުބާރާތްތަކުގެ އަދަދަށް ބަލާއިރު، ދިވެހި އެތުލީޓުންނަށް މީގެ ކުރިން އެފަދަ ފުރުސަތުތަކެއް ލިބިފައި ނެތުމެވެ. ރާއްޖޭގެ ބޯޑަރުންނަކީ ހުނަރުވެރި ބައެއްކަަން ސާބިތުކޮށްދިނީ ކުޑަ ކުޑަ ދިވެހިރާއްޖޭގެ ކުޑަ އައްޔައެވެ.

މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ތިން ވަނަ ބުރުގެ ހީޓު ފަހެއްގައި ކުޑަ އައްޔަ ވާދަކުރަން ޖެހުނީ ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޓަނާ މެކް ޑެނިއެލްއާއެވެ. ލެވެލްގެ ގޮތުން ބަލާ ނަމަ، ކުޑަ އައްޔަ އަށްވުރެ ހުރިހާ ގޮތަކުން ޓަނާ މޮޅެވެ. ޓަނާ އަކީ ބޮޑީބޯޑިންގައި ދުނިޔޭގެ އެތައް ރެކޯޑެއް އޮތް އެތުލީޓެކެވެ. ވޯލްޑް ޓުވަރގެ އެކި މުބާރާތްތަކުން ވަނަ ހޯދުމުގެ އިތުރުން ޓަނާ އަކީ ބޮޑީ ބޯޑިންގެ މަތީ ފަންތީގެ މުބާރާތެއްގައި 20.00 ގެ ސްކޯއެއް ހޯދި ފުރަތަމަ އެތުލީޓެވެ.

ތިން ވަނަ ބުރުގައި މިފަހަރު ޓަނާ އަށް ގަދަ އެއް ނުދެއްކުނެވެ. މިފަހަރު ޖެހުނީ ރާޅުގަނޑުގެ ބޮޑެތި ރާޅުތަކުގައި ކުޑަ އައްޔަގެ ފަހަތުން އިސްޖަހާލާށެވެ. ގައުމީ ޗެމްޕިއަން ކުޑަ އައްޔަ އަތުން ޓަނާ ބަލިވުން ވެގެންދިޔައީ މިފަހަރުގެ މޯލްޑިވްސް ޕްރޯގައި އެންމެ ގިނަ ބަތަކަށް ސިހުން ގެނުވި ނަތީޖާ އަށެވެ. އެންމެ ގިނަ ބަޔަކު ކެނޑިނޭޅި ދެއްކި ބޮޑު ވާހަކައަށެވެ. ދިވެހިރާއްޖޭގެ ބޮޑީބޯޑިން އަށް ދުނިޔޭގެ އެތުލީޓުން ބަލަމުން އައި ގޮތް ބަދަލުކޮށްލަން މަޖުބޫރުވި ނަތީޖާއަކަށެވެ.  

ޓަނާ ބަލިކުރުމަށްފަހު ހަތަރު ފިރިހެން އޯޕަން ބައިގެ ހަތަރުވަނަަ ބުރުގައިވެސް ކުޑަ އައްޔަ ތަފާތު ދެއްކިއެވެ. ޓަނާ ބަލިކުރީ ނަސީބަކުން ނޫންކަން ސާބިތުކޮށްދިނެވެ. ދުނިޔޭގެ ރޭންކިންގައި އުޅޭ ފްރާންސްގެ ޔަން ސަލައުން ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދިއެވެ.

ދެން އޮތީ ޑްރޮޕް ނީ ބައެވެ. މި ބައިގެ ސެމީ ފައިނަލާއި ހަމައަށް އައްޔަ ދަތުރުކޮށް ދުނިޔޭގެ ރޭންކިންގެ ތެރެއަށް ޖެހިލިއެވެ. މިއީ ހަމަ ޔަގީނުންވެސް އައްޔަގެ ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ސެމީ ފައިނަލުގައި އޭނާ ބަލިވީ ދުނިޔޭގެ ޗެމްޕިއަންކަން 8 ފަހަރު ހޯދާފައިވާ ޑޭވިޑް ހަބާޑުއާއެވެ. އެ މެޗަށް ފަހު ހަބާޑު ވަނީ ރާއްޖޭގެ އެތުލީޓުންގެ ފެންވަރަށް ތައުރީފުކޮށްފައެވެ. އަލަށް މިފަދަ ބޮޑު މުބާރާތެއްގައި ވާދަކޮށް ދިވެހި އެތުލީޓުން ދައްކައިދިން ފަންވަރާއި ހިތްވަރު އޭނާ ފާހަގަކުރިއެވެ.  

ކުޑަ އައްޔަގެ ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ. ދިވެހި ދިދަ ވޯލްޑް ޓުއާ މުބާރާތުގެ އެންމެ މަތީ ފަންތީގައި ވިހުރާލެވިއްޖެއެވެ. ކެރިއަރުގެ މުހިންމު ހިސާބެއްގައި ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކުރެވިއްޖެއެވެ. ދުނިޔޭގެ ޗެމްޕިއަނުންގެ ލޯތްބާއި އިހުތިރާމު ހޯދައިފިއެވެ. ދުނިޔޭގެ ރޭންކިންގެ ގަދަ 12 އަށް ޖެހިލައިިފިއެވެ. ވޯލްޑް ޓުއާ މުބާރާތްތަކުގައި ވާދަކޮށް ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރެވޭނެކަން އައްޔަ ދައްކާލިއެވެ. ކުޑަ އައްޔަ ސާބިތުކޮށްދިނީ މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަމެވެ. މާލޭ ވަރުނުލާ ރާޅުގަނޑުން ނުކުމެ ދުނިޔޭގެ ރާޅުތަކާއި ހަމައަށް އޭނާގެ ޖާދޫތައް މިހާރު ފޯރައިފިއެވެ.  

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)އަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ)އައިބީސީ ބޮޑީބޯޑިންގ ވޯލްޑް ޓުވަރކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު