Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ އިދިކޮޅު ޕާޓީތައް

ލަންކާގެ އިދިކޮޅު ޕާޓީން ރަނިލްއާ ބައްދަލުކޮށްފި

ގުޅިފައިވާ ސަރުކާރެއް އުފެއްދުމަށް ހުށަހެޅުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އޯގަސްޓު 2022 | ހޮނިހިރު 00:25
ލަންކާގެ އިދިކޮޅު ޕާޓީތަކުން ރައީސް ރަނިލްއާ ބައްދަލުކުރުން

ލަންކާގެ އިދިކޮޅު ޕާޓީތަކުން ރައީސް ރަނިލްއާ ބައްދަލުކުރުން

ސްރީލަންކާގެ އިދިކޮޅު ޕާޓީ ސަމާގީ ޖަނަ ބަލަވެގަޔާ (އެސްޖީބީ) އިން ރައީސް ރަނިލް ވިކްރަމްސިންގހަ އާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރުމަކީ ހުރިހާ ސިޔާސީ ޕާޓީއެއް ގުޅިގެން ސަރުކާރު އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ލަންކާގެ ނިއުސް ވަޔަރ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މި ބައްދަލުކުރުމުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަލްޓި ޕާޓީ ސަރުކާރެއް ނުވަތަ ސިޔާސީ ޕާޓީތައް އެކުލެވޭ ސަރުކާރެއް ނުވަތަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ގޮތަކާ މެދު ކަމަށް އެސްޖީބީގެ މަޖިލިސް މެންބަރު ހަރްޝާ ޑި ސިލްވާ ވިދާޅުވެފައިވާކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

އެސްޖީބީގެ ލީޑަރު ސަޖިތު ޕްރެމަޑާސާ، އެލިއަންސް ލީޑަރުންކަމުގައިވާ މަނޯ ގަނޭސަން، ރައުފް ހަކީމް އަދި އެސްޖީބީގެ މެނޭޖްމަންޓު ކޮމިޓީން ވަނީ ރައީސް ރަނިލްގެ އޮފީސްކޮޅުގައި ބޭއްވެވި މި ބައްދަލުވުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ސަޖިތު ވިދާޅުވެފައިވަނީ މަޝްވަރާތައް ޕޮޒިޓިވް ކަމަށާއި، އުއްމީދަކީ މަޖިލިސް މެދުވެރިކޮށް ހުރިހާ އެންމެން އެކުއެކީގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވިގެން ދިއުން ކަމަށެވެ. އަދި އިދިކޮޅުން ބޭނުންވަނީ އެމަރޖެންސީ ގާނޫނު ހުއްޓުވުމަކަށް ގެނެސް، އަރަގަލަޔާ ބަންދު މީހުން ދޫކޮށްލުން ކަމަށާއި، މުޒާހަރާ ކުރަމުންދާ މީހުން ހައްޔަރުކުރުން ހުއްޓުވުން ވެސް އެދޭ ކަމަށެވެ.

މީގެއިތުރުން ޑި ސިލްވާ ވެސް ވިދާޅުވެފައިވަނީ ބައެއް ބޭފުޅުން މި މަޝްވަރާގައި ޕޮޒިޓިވް ކަމަށާއި، ބައެއް ބޭފުޅުން ދެކޮޅު ކަމަށެވެ. ނަމަވެސް އެންމެން އެއްބަސްވި އެއްކަމަކީ ލަންކާ އޮތް ހާލަތުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ. އަދި ރައީސް ރަނިލް، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހެޅުއްވި ކަމަށްވެސް ވަނީ ބުނެފައެވެ.

ސްރީލަންކާއެސްޖޭބީގެ ލީޑަރު ސަޖީތު ޕްރޭމަދާސަސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު