Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ދައުވާއިން ސަލާމަތްވެއްޖެ

ވަގުތީ ޓެސްޓްކިޓުން ޓެސްޓްކުރި އިރު، މެޓަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އޯގަސްޓު 2022 | ހުކުރު 23:55
ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެތި

ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެތި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއެއްގެ މައްޗަށް އުފުލި ދައުވާއިން ސަލާމްވެއްޖެއެވެ.

މި ބިދޭސީ މީހާއަކީ ފެބްރުއަރީ 9، 2020 ވަނަ ދުވަހުގެ ރޭ 10:50 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުލައިޓަކުން ރާއްޖެއަށް އައި މީހެކެވެ. މީނާ އަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ އަހުމަދު ބެލާލްއެވެ.

ކްރިމިނަލް ކޯޓުން ހުރި ހުކުމްގައި ބުނެފައިވަނީ އަހުމަދު ބެލާލް ނަމަކަށް ކިޔާ މި މީހާ ގެނައި ލަގެޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ސްކޭންކޮށް ބެލިއިރު، ލަޖެގް ތެރޭގައި އޮތް 2 ފައިވާން ޖޯޑުގެ ތެރެއަށް އެއްޗެއް ކޮންސީލްކޮށްފައި ހުރިކަމަށް ތުހުމަތުކުރިވެގެން ބަލާ ފާސްކުރި އިރު، އެދަބަސްގެ ތެރެއިން ނެގި ފޮތި ކޮތަޅެއްގެ ތެރެއިން ނެގި ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ނެގި 2 ފައިވާން ކޯޓުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ ތަކެތި ވަގުތީ ޓެސްޓްކިޓުން ޓެސްޓްކުރި އިރު، މެޓަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 10 ޕެކެޓް ފެނުނު އިރު ޖުމްލަ 200 ގްރާމް ހުރިކަމަށް މި ހުކުމްގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ 2 ފައިވާން ޖޯޑުގެ އެތެރެއަށް ސީލްކޮށްގެން ކަމަށެވެ. އަދި މަސްތުވާތަކެތި ކޮންސީލްކޮށްފައި ހުރި ފައިވާން އޮތީ ބޭރުން ޓޭޕް އޮޅާފައިވާ ޕްލާސްޓިކް ކޮތަޅެއްގައި ކަމަށެވެ. އެ ކޮތަޅު އޮތީ ލަޖެގްގެ ތެރޭގައި އޮތް ފޮތިކޮތަޅެއްގެ ތެރޭގައި ކަމަށެވެ. އާންމު ވިސްނުމުގެ މިންގަނޑުން ބަލާއިރު، އެފަދަ ގޮތަކަށް މަސްތުވާތަކެތި ކޮންސީލްކޮށްފައި ހުރުމުން ބަލާބެލުމަކަށް އެކަމެއް ނޭނގޭނެކަމަށް ބުނެފައިވެއެވެ. އަދި ކަސްޓަމްސް އޮފިސަރުންނަށް ވެސް އެއްޗެއް ކޮންސީލްކޮށްފައި ހުރިކަން ޝައްކުވެފައިވަނީ ސްކޭން މެޝިނުން އެ ބެލުމުން ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އަހުމަދު ބެލާލްގެ ކުޑަކަމުދާތަކެތި ނެގި ތަހުލީލްކުރެވިފައިވާ ކަމަށާއި، ނަމަވެސް މަސްތުވާތަކެތީގެ އެއްވެސް ބާވަތަކަށް ފޮޒިޓިވްވެފައި ނުވާކަމަށް ވަނީ ބުނެފައެވެ. މަސްތުވާތަކެތީގެ ބާވަތްތަކަށް ޕޮޒިޓިވްވިނަމަ، މަސްތުވާތަކެތި ބޭނުންކުރާ އެތަކެތި ގެންގުޅޭ މީހެއްކަމުގެ އިހްތިމާލު އުފެއްދިދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފަދަ އިހްތިމާލެއް ކުރުމުގެ ޖާގައެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ބަންދުކޮށްފައިވާ އެއްޗަކުން ނުވަތަ ސީލްއަކުން ނުވަތަ ޓޭފްއަކުން އަހުމަދު ބެލާލްގެ ފިންގަޕްރިންޓް ލިފްޓްކުރެވިފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހުށަހެޅިފައިވާ ހެތްކާއި ގަރީނާއަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށުގެ މާއްދީ ރުކުން ސަބިތުވެފައިވީނަމަވެސް، ކުށުގެ މައުނަވީ ރުކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޕްރޮސެކިއުޝަނަށް ސާބިތުކޮށްދެވިފައިވާ ކަމަށް ޝަރީއަތަށް ބުރަ ނުވެވޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން އަހުމަދު ބެލާލްގެ މައްޗަށް ކޮށްފައިވާ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅާ މިގޮތުގެ މަތިން ހުކުމްކޮށްފައިވެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓްމޯލްޑިވްސް ކަސްޓަމްސް ސާރވިސް މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު