Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޑަހުވަދޫ މުޒާހަރާ

ދ. ކުޑަހުވަދޫ ހަމަނުޖެހުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ހަމަނުޖެހުމާއި ގުޅިގެން 17 މީހަކު ހައްޔަރު ކުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 07:36
ކުޑަހުވަދޫގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

ކުޑަހުވަދޫގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާގެ ތެރެއިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ދ. ކުޑަހުވަދޫ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 17 މީހަކު ބުރާސްފަތި ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 14 މީހަކު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ކުޑަހުވަދޫ ޒުވާނަކަށް ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި އިތުރު ފަރުވާއަށް މާލެ ގެންނަން އެމީހާ ފްލައިޓަށް ނޭރުވޭނެކަމަށް ބުނެ ލަސްވުމުން މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކުރި ބައެއް ރައްޔިތުން ބުނީ ބަލިމީހުން ފްލައިޓްގައި ނުއުފުލާ މައްސަލަ ދިމާވަނީ އަލަށް ނޫން ކަމަށާއި މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާ އެއަރއާއި ފްލައިމީއަށް އަންގާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން މަންތާ އެއަރއާއި ފްލައިމީ އޮޕަރޭޓްކުރާ ފަރާތްތަކަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން އެމިނިސްޓްރީން އަންގާފައިވާކަމަށާއި، އެކަން ނުކޮށްފިނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

މަންތާ އެއަރގެ ފްލައިޓަކަށް ބަލި މީހަކު އަރުވަން ދެކޮޅުހެދިކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައިގައި މުޒާހަރާކުރި މީހުން ވަނީ މަންތާގެ ފްލައިޓްގައި ދަތުރުކުރި ފަތުރުވެރިން ހައިޖެކްކޮށްފައިކަމަށް، އެ އެއަރލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވަނީ ވިދާޅުވެފައެވެ.

މަންތާ އެއަރއިން ވަނީ މަންތާ އެއަރއިން ބޭނުންކުރާ ސީޕްލޭންތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަމަށް ވެސް ބުނެފައެވެ. އަދި އެއީ ވައިގެ ދަތުރުފަތުރުގެ ގާނޫނުތަކާ އެއްގޮތަށް ބެލި ނަމަވެސް ކުރެވޭނެކަމެއް ނޫންކަމުގައި އެ އެއަރލައިނުން ބުނެއެވެ.

ކުޑަހުވަދޫމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު