Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާމޯސް މެސީއަށް ތައުރީފުކުރުން

މެސީއާ އެއް ޓީމެއްގައި ހުރެވުމަކީ ނަސީބެއް: ރާމޯސް

ރާމޯސް ބުނީ މެސީ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2022 | ބުރާސްފަތި 07:13
ޕީއެސްޖީން ރަސްމީކޮށް މެސީ އަދި ރާމޯސް ދައްކާލި ދުވަހުގެ ތެރެއިން

ޕީއެސްޖީން ރަސްމީކޮށް މެސީ އަދި ރާމޯސް ދައްކާލި ދުވަހުގެ ތެރެއިން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އެއް ޓީމެއްގައި ހުރެވުމަކީ ނަސީބެއް ކަމަށް ސާޖިއޯ ރާމޯސް ބުނެފިއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް ރާމޯސް ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ހަމަ އެއަހަރު މެސީ ވަނީ ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ. ލަލީގާގައި ކުޅުނު ދުވަސް ވަރު މި ދެ ކުޅުންތެރިންނަކީ ވަރަށް ވާދަވެރި ދެ ކުޅުންތެރިންނެވެ. ދަނޑު މަތީގައި މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނެއެވެ.

މެސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރާމޯސް ބުނީ، މެސީއާ އެއް ޓީމެއްގައި ހިމެނުނަކީ އޭނާ އަށް ލިބޭ ނަސީބެއް ކަމަށާއި، މެސީއަށް މަރުހަބާ ކިޔާކަށް ނުޖެހޭނެކަމަށެވެ. ރާމޯސް ބުނީ މެސީ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އިނގޭނެ ކަމަށާއި، އޭނާގެ އުންމީދަކީ އެގޮތުގައި މެސީ ދެމިހުރުން ކަމަށެވެ.

ރަމޯސްގެ އިތުރުން ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ވެސް ބުނީ މެސީ އަކީ އޭނާގެ މަގާމުގައި ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ. މީގެ އިތުރުން މާކީނިއޯސް ބުނީ އައު ކޯޗަށް ކުޅުންތެރިން އެންމެ އެކަށީގެންވާ މަގާމުތައް އިނގޭނެ ކަމަށާއި، މެސީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ.

މެސީއާއެކު ޕީއެސްޖީން އަންނަނީ ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ބުރަ މަސައްކަތް ކުރަމުންނެވެ.

ލިއޮނެލް މެސީސާޖިއޯ ރާމޯސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު