Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޕާންގެ އެހީ

ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމަށް ބޭނުންވާ ތަކެތި ޖަޕާނުން ފޯރުކޮށްދީފި

15 ޖޫން 2017 | ބުރާސްފަތި 10:02

މިއީ ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޖޫން 2017 | ބުރާސްފަތި 10:02
ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުން ދިން އެހީ 

ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުން ދިން އެހީ 

ޖަޕާން ސަރުކާރުގެ ނޮން-ޕްރޮޖެކްޓް ގްރާންޓް އެހީގެ ދަށުން ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ހަވާލުކޮށްފިއެވެ.

ޖަޕާންގެ ހިލޭ އެހީގެ ދަށުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ހިންގަމުން ގެންދާ މަޝްރޫއުއަކީ ކާރިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލުކަން އިތުރުކުމުގެ ގޮތުން ހިންގޭ މަޝްރޫއުއެކެވެ. މިގޮތުން ދެ ފިޔަވައްސަކަށް ބަހާލެވިގެން ޖުމްލަ 1100 މިލިޔަން ޔެންގެ އެމެޖެންސީ ރެސްޕޯންސް އަށް ބޭނުންކުރާ ތަކެއްޗެވެ. އަދި މިތަކެތި 2018ގެ ނިޔަލަށް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރުގެ ތަކެއްޗެވެ.

Advertisement - newsAdvertisement

މިމަޝްރޫޢުގެ ދަށުން ބުރާސްފަތި ދުވަހު އެމްއެންޑީއެފްއާ ހަވާލުކޮށްފައިވަނީ ރާއްޖެ އައި ފުރަތަމަ ޝިޕްމަންޓާއި ދެވަނަ ޝިޕްމަންޓްގައި ހިމެނޭ ވަޞީލަތްތަކެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ 70 އަލިފާން ނިއްވާ ޕަންޕާއި، އޭގެ އެސެސަރީޒް އަދި ސްޕެއަރ ޕާރޓްގެ އިތުރުން ހަތަރު ފޯކްލިފްޓެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި މިހަފްލާ ގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އެމްބަސަޑަރ ކަޒޫމީ އެންޑޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުންދިން އެހީ

މި ހަފްލާގައި މިތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެންޑީއެމްސީ ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމްއެވެ.

މިހަފްލާގައި ޑެޕިއުޓީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅުތަކުގެ ތެރެއިން އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ކުރުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ވަސީލަތްތައް ހަމަކޮށް ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ސިޔާސަތު ފުރިހަމަ ކުރުމަށް މިމަޝްރޫއިން ވާގިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުންދިން އެހީ

ކަޒޫމީ އެންޑޯގެ ވާހަކައިގަ ޖަޕާން ސަރުކާރާ އެކު ގުޅިގެން މިހިންގޭ ޕްރޮޖެކްޓްގައި ކާރިސާތަކަށް އިޖާބަ ދިނުމަށް ބޭނުންކުރާނެ ތަކެތި މިއަހާރާއި މިއަންނަ އަހަރުވެސް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަހަރަކީ ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާ ޚާރިޖީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ އަހަރެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް