Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާޑެއްދޫ ބަނދަރުގެ މަސައްކަތް

ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަަސައްކަތް ނިންމާލައިފި

ކާޑެއްދޫ ބަނދަރުގެ ބައެއް ވެއްޓި އެތަން ބޭނުން ކުރުމުގައި ދަތިތައް ވަނީ ކުރިމަތިވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އޯގަސްޓު 2022 | ހޯމަ 21:27
ގދ. ކާޑެއްދޫ ބަނދަރު

ގދ. ކާޑެއްދޫ ބަނދަރު

ގދ.ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތްކޮށް ނިންމާލައިފިއެވެ.

ކާޑެއްދޫ ބަނދަރުގެ މަސަައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ގދ. އަތޮޅަކީ 21،000 ރައްޔިތުންގެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެކެވެ. މި އާބާދީގެ ބޮޑު ބައެއް ވައިގެ މަގުން ގދ. އަތޮޅަށް ދަތުރުކުރުމަށް ބޭނުންކުރާ މައިގަނޑު މަންޒިލަކީ ކާޑެއްދޫ އެއަރޕޯޓެވެ. ނަމަވެސް އެ ރަށުގެ ބަނދުރު ހަލާކުވެ ބައެއް ވެއްޓުމުން ރަށަށް އަރައި ފޭބުމުގައި އެއަަރޕޯޓަށްދާ ރައްޔިތުންނަށް ވަނީ ދަތިވެފައެވެ.

ކާޑެއްދޫގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ މީގެ 28 އަހަރު ކުރިން އެރަށުގެ އެއަރޕޯޓް ތަރައްގީ ކުރިއިރު ހަދާފައިވާ ބަނދަރެކެވެ. ކާޑެއްދޫގެ ބަނދަރަކީ ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުންތަކެއް ޚިދުމަށް ހޯދަމުން އަންނަ ބަނދަރެއް ކަމުން އެ ބަނދަރު ތަރައްގީ ކުރުމުން ހިދުމަތް ހޯދާ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 9.52 މިލިއަން ރުފިޔާއަށެވެ.

ގދ. ކާޑެއްދޫކާޑެއްދޫ އެއާޕޯޓު އެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު