Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

ރިފްރެޝަރ ކޯސް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ލޯނަށް މިހާރު އެދެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އޯގަސްޓު 2022 | ހޯމަ 21:01
އައްޑު ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް

އައްޑު ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުން، އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީބައި ފުރިހަމަކުރުމަށް ލޯނު އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހޯމަ ދުވަހު ހުޅުވާލި މި ފުރުސަތުގެ ދަށުން ލޯނަށް އެދި ކުރިމަތިލެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގައި އެ ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަން ޖެހޭ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެކަންޏެވެ.

Advertisement - newsAdvertisement

މި ލޯނަށް އެދުމުގެ ފުރުސަތު މި އޮގަސްޓް 15 ވާ ހޯމަ ދުވަހުގެ މެންދުރު 1:30 އަށް ހަމަވާނެއެވެ. މި މުއްދަތުގެ ތެރޭގައި ލޯނަށް އެދި ހަޔަރ އެޑިއުކޭޝަންގެ ޕޯޓަލްhttps://myedu.egov.mvމެދުވެރިކޮށް ހުށައެޅޭނެއެވެ. ލޯނަށް އެދޭއިރު މިނިސްޓްރީން ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯހުގައި މިހާތަނަށް 65 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 35 ދަރިވަރަކު ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިފްރެޝަރ ކޯހަކީ އޭއޭއޭ އިން އައްޑޫގައި ހިންގި ފްލައިންގ ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ ކޯހެކެވެ. އެގޮތުން އެ ކޯސް ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ވަނީ ފުރުސަތު ދީފައެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއަކީ ޤައުމީ އެއަރލައިން، މޯލްޑިވިއަން އާއި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އުފެއްދި ފްލައިންގ ސްކޫލެކެވެ. މި ސްކޫލް ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ގުޅިގެންނެވެ. މި ފްލައިންގ ސްކޫލް ހުޅުވީ އެކި ސަބަބުތަކާހުރެ އޭއޭއޭ އަށް ފްލައިންގ ސްކޫލް ނުހިންގި ގިނަ ދުވަސްވުމުން އެތަން ބަންދު ކުރުމާ ގުޅިގެންނެވެ.

ފްލައިން ސްކޫލްހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު