Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާޑުގެ ބާވަތްތައް އެތެރެކުރުން

ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި

7460 މެޓްރިކް ޓަނުގެ ހަކުރު އަދި 12،722 މެޓްރިކް ޓަނުގެ ފުއް އެކްސްޕޯޓް ކުރަން ފަހިކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 ޖުލައި 2022 | އާދީއްތަ 11:51
އެސްޓިއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި

އެސްޓިއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި

ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފިއެވެ.

އެގޮތުން، އިންޑިއާއިން ދިވެހިރާއްޖެއަށް މެދުކެނޑުމެއްނެތި 9 ޒަރޫރީ ބާވަތެއް (ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި އަދި މުގުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި) ފަދަ ތަކެތި ހިމެނޭގޮތަށް ފޯރުކޮށްދިނުމަށް ދެ ޤައުމުގެ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން 7460 މެޓްރިކް ޓަނުގެ ހަކުރު އަދި 12،722 މެޓްރިކް ޓަނުގެ ފުއް އެކްސްޕޯޓް ކުރަން ފަހިކޮށްދީފައިވެއެވެ.

Advertisement - newsAdvertisement

ފާއިތުވި މޭ އަދި ޖޫންމަހުގައި އިންޑިއާއިންވަނީ  ދުނިޔެއަށް  ދިމާވެފައިވާ  އިޤްތިސާދީ  ހީނަރުކަމުގެ ތެރޭގައި އެޤައަމުގަ ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ހަކުރު އަދި ފުށް އެކްސްޕޯޓް ކުރުންވަނީ ހުއްޓާލާފައެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއާއިއެކު އޮންނަ ގާތްގުޅުމަށް ބިނާކޮށް އަދި މެދުނުކެނޑި ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ޙާއްސަ ހުއްދައިގެ ދަށުން، މި ދެންނެވުނު އަދަދަށް އެތަކެތި ކުރިއަށް އޮތް 3މަސްދުވަހާ 6 މަސްދުވަހުގެ ތެރޭގައި އިމްޕޯޓް ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ބޭނުންވާ އެކްސްޕޯޓް ކުރުމުގެ ހުއްދަތައް ވަނީ ހަމަޖެހިފައިއެވެ.

މިކަން މިގޮތައް ހަމަޖެހިގެން ގޮސްފައިވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ދަތިކަމަކާނުލައި ފޯރުކޮށްދިނުމައްޓަކައި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ދޫކޮށްފައިވާ ޙާއްސަ ކޯޓާގެ ދަށުންނެވެ.

މި ނިޒާމުގެދަށުން  އިންޑިއާއިންވަނީ ޖުލައި  2021 ގައި މި 9 ބާވަތް އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށް އެ ހުއްދަ 2024 ވަނަ އަހަރާއި ހަމައަށް އައު ކޮށްދީފައިއެވެ. މީގެއިތުރުން ދޫކޮށްފައިވާ މި ހުއްދައިގެ ސަބަބުން އެ ޤައުމުން މިހާރު ކަނޑައަޅާފައިވާ ނުވަތަ ކުރިއައްއޮތްތަނުގައި ކަނޑައަޅާ މިތަކެތީގެ އެކްސްޕޯޓް ކުރުމުގެ ޤަވައިދަށް ގެންނަ އެންމެހައި ބަދަލުތަކަކުން ބަރީއަވެގެންދެއެވެ.

އިންޑިއާއިން ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއެވެ. މިގޮތުން މިފަދަ ކަށަވަރުކަމެއް ފޯރުކޮށްދީފައިވާ ކޯޓާއެއް ހަމަޖައްސައިދީފައިވުމަކީ ދެ ޤައުމުގެ މި ގުޅުމުގެ ތެރެއިންވާ ޙާއްސަ އެއްކަމެވެ. އޭގެ ސަބަބުން ރާއްޖެއިން ޤައުމަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދޭނެކަމުގެ ޔަޤީންކަން ލިބިފައިވެއެވެ. ހަމައެހެންމެ މީގެން އަންގައިދެނީ ރާއްޖެއާއި އިންޑިއާގެ ކެއުމުގެ އާދަކާދަތަކުގެ އެއްގޮތްކަމާއި ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ގުޅުމެވެ.

އިންޑިއާއެސްޓީއޯ ޕީޕަލްސް ޗޮއިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު