Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސްޓްރީ ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ކުރިއަށް

ފިލްމް ރިލީޒް ކުރިތާ ހަ ދުވަސް ތެރޭގައި މި ފިލްމަށް 54.89 ކްރޯޑް އިންޑިއަން ރުޕީޒް ވަނީ ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ސެޕްޓެމްބަރު 2018 | ހުކުރު 10:12
ސްޓްރީގެ ޕޯސްޓަރު

ސްޓްރީގެ ޕޯސްޓަރު

ލީޑް ރޯލުން ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ފެނިގެންދާ ފިލްމް "ސްޓްރީ" އަށް ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ބޮޑު އާމްދަނީއެއް ލިބެމުންނެވެ.

އެގޮތުން ފިލްމް ރިލީޒް ކުރިތާ ހަ ދުވަސް ތެރޭގައި މި ފިލްމަށް 54.89 ކްރޯޑް އިންޑިއަން ރުޕީޒް ލިބިފައިވާ ކަމަށް ޓްރޭޑް އެންލިސްޓެއް ކަމަށްވާ ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

މިދިޔަ މަހު 31 ގައި ރިލީޒްކުރި މި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު 6.82 ކްރޯޑް ރުޕީސް ލިބިފައިވާ އިރު ހަފްތާ ބަންދުގައި އެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން ހޮނިހިރު ދުވަހު ވަނީ 10.87 ކްރޯޑް ރުޕީސް އަދި އާދިއްތަ ދުވަހު ވަނީ 13.57 ކްރޯޑް ރުޕީސް ލިބިފައެވެ.

ބިރުވެރި މަޖާ ކަންތައްތަކެއް ފެނިގެންފާ މި ފިލްމްގެ ވެގެން ގޮސްފައި ވަނީ ފިލްމް އެޅުވި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރާޖްކުމަރު ރާއޯގެ ފުރަތަމަ ފިލްމަށެވެ.

ޝްރައްދާގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވާ ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި "އޭކް ވިލަން" އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ވަނީ 16 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

"ސްޓްރީ" އަށް ބޮކްސް އޮފީހުގައި ވަނީ މިއަހަރު ރިލީޒްކުރި "ސޯނޫކީ ޓީޓޫ ކި ސްވިޓީ" އަދި "ފުކްރޭ ރިޓާންސް" އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ.

މި ފިލްމާ އެއް ދުވަހެއްގައި ރިލީޒް ކުރި ލީޑް ރޯލުން ދަރްމެންދްރާ އާއި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް ފެނިގެންދާ "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" އަށް މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 8.25 ކްރޯޑް އިންޑިއަން ރުޕީސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހުކުރުގައި "ލައިލާ މަޖްނޫ"، "ގަލީ ގުލަޔާން،" އަދި "ޕަލްޓަން" ރިލީޒް ކުރުން ވެސް "ސްޓްރީ" އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ކާމިޔާބަށް ހުއްޓުމެއް ނެތި ލިބެމުންދާނެތޯ ބެލުމަށް ގިނަ ފަރާތްތަކުން ވަނީ ޝައުގުވެރިކަން އުފެދިފައެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި
07 ޖުލައި 2017

"ކޭބީސީ" ޝޯގައި ބައިވެރިވަން 19.8 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފި

07 ޖުލައި 2017
"ކޭބީސީ" ޝޯގައި ބައިވެރިވަން 19.8 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފި
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
10 މެއި 2017

ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު

10 މެއި 2017
ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު
09 މެއި 2017

ޗައިނާގެ ބޮކްސް އޮފީހުގައި "ޑަންގަލް"އަށް ބޮޑު ކާމިޔާބީއެއް

09 މެއި 2017
ޗައިނާގެ ބޮކްސް އޮފީހުގައި "ޑަންގަލް"އަށް ބޮޑު ކާމިޔާބީއެއް
01 މާރިޗު 2017

މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

01 މާރިޗު 2017
މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
15 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

15 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު