Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އާއި ރަޝިޔާ

ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެނޭޓުން ފާސްކޮށްފި

ސެނޭޓްގެ މި ނިންމުމަށް ރިޕަބްލިކަނުންނާއި ޑެމްކްރޭޓުންވެސް ވަނީ މަރުހަބާ ކިޔާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖޫން 2017 | ބުރާސްފަތި 05:54
ސެނޭޓްގެ މި ވޯޓަށް ރިޕަބްލިކަން ޕާޓީއާ ޑެމޮކްރެޓިކް ޕާޓީން ވެސް ވަނީ މަރުހަބާ ކިޔާފަ

ސެނޭޓްގެ މި ވޯޓަށް ރިޕަބްލިކަން ޕާޓީއާ ޑެމޮކްރެޓިކް ޕާޓީން ވެސް ވަނީ މަރުހަބާ ކިޔާފަ

މިދިޔަ އަހަރު އެމެރިކާގަިއ ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް ރަޝިއާގެ މައްޗަށް ކުރެވޭ ތުހުމަތުުގައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ސެނޭޓުގެ ބޮޑު އަގްލަބިއްޔަތަކުން ފާސްކޮށްފިއެވެ.

މީގެ އިތުން އެ މެމްބަރުން ވަނީ އެ ފިޔަވަޅުތައް ކުޑަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެެއްވެސް ފިޔަވަޅެއް އެޅުމަށް ނިންމަވައިފި ނަމަ އެ ފިޔަވަޅެއް ކޮންގްރެސްއިން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅޭނެ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައެވެ.

މި ފަހަރު ފާސްކުރި ފާސްކުރުމަކީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފާސްކުރި ބިލަށް އިތުރުކޮށްފައިވާ ބައިތަކެކެވެ.

ސެނޭޓުން މި ނިންމުން ނިންމާފައި މި ވަނީ ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމުން އިންތިޚާބުގެ ދުވަސްވަރު ރަޝިއާއާ ގުޅުންތަކެއް ބާއްވާފައިވާކަމުގެ ކަންބޮޑުވުން ފެތުރިފައިވަނިކޮށެވެ.

ރައީސް ޓްރަމްޕް އަދި މޮސްކޯއިން އަބަދުވެސް ގެންދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އެ ތުހުމަތުތަކާ ގުޅިގެން އެތައް ތަހުގީގުތަކެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ޖަސްޓިސް ޑިޕާޓްމަންޓުން އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ރޮބަރޓް މުލާ ހިންގެވި ތަހުގީގު ހިމެނެއެވެ.

ރަޝިއާއާ މެދު އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި

  • ކޮރަޕްޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ވަކިވަކި ފަރުދުން
  • ސީރިޔާ ސަރުކާރާ ރައީސް ބަޝާރުލް އަސަދުގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދޭ ކޮންމެ ފަރާތެއް
  • ރަޝިއާއަށް އެހީތެރިވުމަށް އިންޓަރނެޓް މެދުވެރިކޮށް ސައިބަރ ހަމަލާތައްދޭ ކޮންމެ ފަރާތެއް
  • ރަޝިއާގެ އިންޓެލިޖެންސާއެއްކޮށް ނުވަތަ ރަޝިއާގެ ދިފާއީ ބާުރުގައި ހިމެނޭ އެއްވެސް ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތައް
  • ރަޝިއާގެ،މައިން، މައުދަން، އަދި ޝިޕިންގ އާ ރެއިލް ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ ފަރާތްތައް

ސެނޭޓްގެ މި ވޯޓަށް ރިޕަބްލިކަން ޕާޓީއާ ޑެމޮކްރެޓިކް ޕާޓީން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު